ކުރިން ރާއްޖެ އަކީ ވެސް ބަލިކުރަން އުނދަގޫ ޓީމެއް: ޗެތުރީ

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް މެޗުތަކުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗެތުރީ ވާހަކަ ދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް މެޗުތަކުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗެތުރީ ވާހަކަ ދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މީގެ ތިނެއް ނޫނީ ހަތަރު އަހަރު ކުރިއަށް ބަލާއިރު، ރާއްޖެ އަކީ ވެސް ބަލިކުރަން އުނދަގޫ ޓީމެއް ކަމަށް އިންޑިއާގެ ކެޕްޓަން، ސުނިލް ޗެތުރީ ބުނެފި އެވެ.

އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ މޮޅު ކުުޅުންތެރިޔާގެ މަގާމު ހޯދި ޗެތުރީ، 38، ވަނީ މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ފަސް ގޯލު ޖަހައިފަ އެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ޗެތުރީ ހިމެނެ އެވެ.

ސާފް ޗެމްޕިއަންޝިިޕްގެ ސެމީ ފައިނަލް މެޗުތަކުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗެތުރީ ވަނީ އޭނާގެ ކުޅުމުގެ ކެރިއަރާއި އިންޑިއާ ފުޓްބޯޅައިގެ އިތުރުން ސާފްގެ ފުޓްބޯޅައާ ބެހޭގޮތުން ގިނަ ވާހަކަތަކެއް ދައްކައިފަ އެވެ.

އެ ގޮތުން ޗެތުރީ އަށް އަމާޒުވި އެއް ސުވާލަކީ އިންޑިއާ އިން މިހާރު ފުޓްބޯޅައިން ހޯދަމުން އަންނަ ކުރިއެރުމާއި މި ހުރިހާ ކަމަކަށް ބަލާއިރު، އެ ޓީމު އެ ދަނީ ސާފްގެ އެހެން ގައުމުތަކަށް "އަތްނުފޯރާ ފަށަށް" ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އެކަމާ މެދު ހާއްސަކޮށް މި ސަރަހަައްދުގެ ފުޓްބޯޅައިގެ ހާލަތާ މެދު ދެކެނީ ކިހިނެއްތޯ އެހުމުން ޗެތުރީ ބުނީ އިންޑިއާ އިން އޭޝިއަން ކަޕްގައި ވާދަކުރާތީ އެ ޓީމު ވަރަށް ބޮޑަށް ކުރިއަރައިގެން ދިޔަ ކަމަށް ބެލެވިދާނެ ކަމަށާއި އެކަމަކު، ހަގީގަތަކީ ކޮންމެ ގައުމެއްގެ ފުޓްބޯޅައިގައި ވެސް އެކި ހާލަތްތައް އަންނާނެ ކަމަށެވެ.

"ބަންގްލަދޭޝަކީ އެއް މިސާލެއް. އެ މީހުން ވަރަށް ރަނގަޅަށް މަސައްކަތް އެބަކުރޭ. އަހަންނަށް ޔަގީން ނޭޕާލް ވެސް ދެން އެހެން ޓީމުތަކުން ވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރާނެ ކަމަށް. ރާއްޖެ އަކީ މީގެ ތިނެއް ނޫނީ ހަތަރު އަހަރު ކުރިން ބަލިކުރަން އުނދަގޫ ޓީމެއް. އެެހެންވީމަ އަހަންނަށް ހީވަނީ ކޮންމެ ޓީމަަކަށް ވެސް އެބަ އާދޭ ފޭސް އެއް. އެ ނިމުމަށް ފަހު މަސައްކަތް ކޮށްގެން ހާލަތު ބަދަލުކުރެވޭނެ،" ޗެތުރީ ބުންޏެވެ.

ޗެތުރީ ބުނީ އިންޑިއާ މި ވަގުތު ދުނިޔޭގެ ރޭންކިންގެ 100 ވަނަ އަށް އެރި ނަމަވެސް އެ ގައުމުގައި މި ވަގުތު އޮތް ޓީމަކީ ތާރީހުގައި ވެސް ފެނުނު އެންމެ މޮޅު އިންޑިއާ ޓީމޭ ބުނަން ނޭނގޭނެ ކަމަށެވެ. އަދި އެ ގޮތަށް އެއް އިރެއްގެ ޓީމަކާއި އަނެއް އިރެއްގެ ޓީމެއް އަޅާކިޔުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ނުވާނެ ކަމަށް ޗެތުރީ ވަނީ ބުނެފަ އެވެ.

"އަހަރެން ކުރާ ކަމެއް ނޫން، އެއް ޖީލު އަނެއް ޖީލާ އަޅާކިޔުމަކީ، ތާރީހީ ގިނަ ކަންކަން އިންޑިއާ ފުޓްބޯޅައިގައި އެބަހުރި،" ޗެތުރީ ބުންޏެވެ.

އިންޑިއާ އިން ދިގު ސީޒަނަކަށް ފަހު މިދިޔަ މެއި މަހު މެދުތެރޭގައި އިންޓަ ކޮންޓިނެންޓަލް ކަޕާއި ސާފް ޗެމްޕިއަންޝިޕަށް ޕްރެކްޓިސް ފެށިއިރު، ހުރިހާ ކުޅުންތެރިން ތިބީ ވަރަށް ވަރުބަލިކޮށް ކަމަށް ޗެތުރީ ވަނީ ބުނެފަ އެވެ. އެކަމަކު، ޕްރެކްޓިސް ފަށައިގެން ހަފްތާއެއް ތެރޭ ހުރިހާ ކުޅުންތެރިން ރަނގަޅު ހާލަތަށް އައިސް، އެއް ރޫހެއްގައި މަސައްކަތް ކުރުމުގެ ނަތީޖާ އަކަށްވީ އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކުރެވުން ކަމަށާއި ބޭނުންވަނީ އެ ފޯކަސް ގެއްލުވައިނުލައި ސާފް ޗެމްޕިއަންޝިޕްގައި ވެސް ކުރިއަށް ދިއުމަށް ކަމަށް ޗެތުރީ ވަނީ ބުނެފަ އެވެ.

އިންޑިއާ އިން ވަނީ އިންޓަކޮންޓިނެންޓަލް ކަޕްގައި ލެބަނަންއާ ދެ ފަހަރު ކުޅެފަ އެވެ. އެއް މެޗުން 0-0 އިން އެއްވަރުވިއިރު، ފައިނަލުގައި ޗެތުރީގެ ވެސް ލަނޑަކާ އެކު، އިންޑިއާ މޮޅުވީ 2-0 އިންނެވެ. މިރޭ، ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ލެބަނަންއާ ކުޅޭއިރު، އެ ޓީމުން ކުރިން ދެ މެޗުގެ ބަދަލެއް ހިފަން ވިސްނާނެ ކަމަށް ޗެތުރީ ވަނީ ބުނެފަ އެވެ.

ލެބަނަންގެ ކޯޗު އަލެކްސަންޑަ އިލިކް ވަނީ ޗެތުރީ އަކީ އޭރިއާތެރޭގެ ކޮންމެ ހިސާބަކުން ބޯޅަ ލިބުނު ކަމުގައި ވިޔަސް ނުރައްކާކުރާ ކުޅުންތެރިއެއް ކަމަށް ބުނެފަ އެވެ. އަދި ޗެތުރީގެ އިތުރުން އިންޑިއާ އެޓޭކްގައި ބައިވެރިވާ ހުރިހާ ކުުޅުންތެރިންނަށް މުޅި މެޗުގައި ލެބަނަން އިން ސަމާލުވާން ޖެހޭނެ ކަމަށް އިލިކްގެ ވާހަކައިގައި ފާހަގަކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox