އަބަދުވެސް ދަގަނޑޭގެ ސަޕޯޓަރެއް، ރެކޯޑަކާ މެދު ޗެތުރީ ނުވިސްނާ

އަބަދުވެސް ދަގަނޑޭގެ ސަޕޯޓަރެއް، ރެކޯޑަކާ މެދު ޗެތުރީ ނުވިސްނާ

އޭނާ އަކީ އަބަދުވެސް ރާއްޖޭގެ ފުޓްބޯޅަ ތަރި، އަލީ އަޝްފާގު (ދަގަނޑޭ)ގެ ސަޕޯޓަރެއް ކަމަށާއި އެއްވެސް އިރެއްގައި ރެކޯޑަކާ މެދު ނުވިސްނާ ކަމަށް އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ބުނެފި އެވެ.

ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ބަންގުބަންދު ޗެމްޕިއަންޝިޕް 2023 ގެ ސެމީ ފައިނަލްގައި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލެއްގެ ޖަވާބު ދެމުން ޗެތުރީ ބުނީ ދަގަނޑޭއާ ވާހަކަ ދެކެވޭ ކަމަށާއި އަބަދުވެސް އޭނާ އަށް ސަޕޯޓްކުރާ ކަމަށެވެ.

"އަޝްފާގަށް އަހަރެން އަބަދުވެސް ސަޕޯޓް ކުރަން. އަހަރެން އަބަދުވެސް ވަރަށް ބަލައިގަންނަ ޕްލޭޔަރެއް އެއީ. މިއީ އަހަރެން މޮޑެސްޓްވާން ބުނާ އެއްޗެއް ނޫން، އަހަންނަކީ އެއްވެސް އިރެއްގައި ރެކޯޑަކަށް ބަލައިގެން މަސައްކަތް ކުރާ މީހެއް ނޫން،" ދަގަނޑޭ އަތުގައި ކުރިން އޮތް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަކުގެ ގޯލު ޖެހުމުގެ ރެކޯޑް މުގުރާލުމާ ބެހޭގޮތުން ސުވާލުކުރުމުން ޗެތުރީ، 38، ބުންޏެވެ.

ދަގަނޑޭއާ ގުޅުން އޮވޭތޯ ސުވާލުކުރުމުން ޗެތުރީ ބުނީ "އީދު، ދިވާލީ ނުވަތަ އެ ނޫން ވެސް ހާލަތްތަކުގައި މެސެޖް ކުރެވޭ" ކަމަށާއި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މި ފަހަރު ނުކުޅެވޭތީ ވެސް ވާހަކައެއް ދެކެވުނު ކަމަށެވެ.

"އަޝްފާގަކީ އަބަދުވެސް އަހަރެން ވަރަށް ބަލައިގަންނަ ކުޅުންތެރިއެއް، އަހަރެންް އޭނަ އަށް ވަރަށް ސަޕޯޓް ކުރަން،" ޗެތުރީ އޭނާގެ ވާހަކަ ތަކުރާރުކުރި އެވެ.

ދަގަނޑޭ އާއި ޗެތުރީ ވަނީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތްތަކުގައި ޖުމްލަ އެކު، 23 ގޯލު ޖަހައިފަ އެވެ. އެންމެ ފަހުން ދެ ސާފް ޗެމްޕިއަންޝިޕަށް ބަލާ ކަމަށްވާނަމަ ޗެތުރީ ވަނީ 10 ގޯލު ޖަހައިފަ އެވެ. އެންމެ ފަހުން 2021، ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ޗެތުރީ ޖެހީ ފަސް ގޯލެވެ. މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ވަނީ ފަސް ގޯލު ޖަހައިފަ އެވެ.

ޗެތުރީ ވަނީ އިންޑިއާ ގައުމީ ޓީމަށް 132 މެޗުން 91 ގޯލު ޖަަހައިފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޗެތުރީ ވާހަަކަ ދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަށް ފަހަރު ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދާފައިވާ އިންޑިއާ އަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. ޗެތުރީ ބުނީ މި ފަހަރުގެ މުބާރާތަށް ދައުވަތު ދީގެން ކުޅޭ ކުވެއިތާއި ލެބަނަންގެ ސަަބަބުން މުބާރާތުގެ "ލެވަލް" މައްޗަށް ގޮސްފައިވާ ކަމަށެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި މާދަމާ އިންޑިއާ އިން ލެބަނަން އާއި ކުޅޭއިރު، އަނެއް ސެމީގައި ކުވެއިތު ކުޅޭނީ ބަންގްލަދޭޝްއާ އެވެ. ޗެތުރީ ބުނީ އިންޑިއާ އާއި ބަންގްލަދޭޝް ފައިނަލަށް ދިއުމަކީ އޭނާ އެދޭ ގޮތް ކަމަށެވެ. އެކަމަކު، އެ ގޮތަށް އެކަން ނުހިނގައި އިންޑިއާ ފައިނަލަށް ނުގޮސް ހަަމައެކަނި، ބަންގްލަދޭޝް ފައިނަލަށް ގޮސްފިނަމަ އެ ޓީމަށް ވެސް ކާމިޔާބަށް އެދޭނެ ކަމަށް ޗެތުރީ ވަނީ ބުނެފަ އެވެ.

"މިއީ ސާފް ކަޕް، އަހަރެން ބޭނުން ސާފްގެ ޓީމަކަށް އެދެން، އަހަރެން މިހެން ބުނާއިރު އެންމެންނަށް ވެސް އެނގޭނެ ދަނޑުމަތީގައި އެއްވެސް އިރެއްގައި އަހަންނަށް ބަންގްލަދޭޝް ޓީމުގެ ފަރާތުން ފަސޭހައެއް ނުކުރޭ، އަހަރެމެންނާ ބަންގްލަދޭޝް ކުޅޭއިރު އެއީ ހަަމަ ހަނގުރާމައެއް،" ޗެތުރީ، ބުންޏެވެ.

އިންޑިއާ އިން ވަނީ ދާދި ފަހުން އެ ގައުމުގައި ބޭއްވި އިންޓަ ކޮންޓިނެންޓަލް ކަޕްގައި ލެބަނަން ބަލިކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ. ޗެތުރީ ބުނީ މާދަމާގެ މެޗުގައި ލެބަނަން އިން ނުކުންނާނީ އިންޑިއާގެ ކިބައިން "ބަދަލުހިފަން" ކަމަށާއި އެ އަށް ވިސްނައިގެން އެ ޓީމަށް ކުރެވޭނެ ހުރިހާ ކަމެއް ކުރާނެ ކަމަށެެވެ.

އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް އަށް މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ދެއްކި ދެ ވަނަ ރަތް ކާޑުގެ ސަބަބުން މާދަމާ މެޗަށް އޭނާ އަށް ބެންޗަށް ނާދެވޭނެ އެވެ. ޗެތުރީ ބުނީ ކޯޗު ސްޓިމަކަށް ބެންޗުގައި ނުހުރެވުނަސް ޓީމު ތައްޔާރުކުރުމުގައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާ ކަމަށާއި އެސިސްޓަންޓް ކޯޗު މަހޭޝް ގޯލީ އާއި އެހެން ކޯޗިން ސްޓާފުން ވެސް ޕްލޭނާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox