ޗެލްސީގެ ހަވާޓްޒް އާސެނަލަށް، މައުންޓް ޔުނައިޓެޑަށް

Jun 30, 2023, 2:22 AM
ޗެލްސީގެ ހަވާޓްޒް އާސެނަލަށް، މައުންޓް ޔުނައިޓެޑަށް

ލަންޑަން (ޖޫން 30) - ޗެލްސީ އަށް ކުޅެމުން އަންނަ ޖަރުމަނުގެ ފޯވާޑް، ކައި ހަވާޓްޒް އާސެނަލަށް ސޮއިކުރިއިރު، ޗެލްސީގެ އިނގިރޭސި މިޑްފީޑަރު، މޭސަން މައުންޓް މެންޗެސްޓާ ޔުނައިޓަށް ބަދަލުވާން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

ޖަރުމަނުގެ ބަޔާ ލެވަކޫސަން ދޫކޮށް 2020 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވި ހަވާޓްޒް ހޯދަން އާސެނަލުން 75 މިލިއަން ޑޮލަރު ދެއްކި އެވެ. ހަވާޓްޒް، އާސެނަލާ އެކު ސޮއިކޮށްފައިވަނީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

ހަވާޓްޒް ވަނީ ޗެލްސީ އަށް ކުޅެދިން ތިން ސީޒަނުގައި 139 މެޗުން 32 ގޯލު ޖަހައިފަ އެވެ. އޭގެ ތެރޭގައި، 2021 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މެންޗެސްޓާ ސިޓީ ކޮޅަށް ޖެހި ގޯލު ހިމެނެ އެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ އެ ޓީމުން ކުޅޭ ސްޓައިލަށް ބަލާއިރު، ހަވާޓްޒްގެ ބޭނުން ވަރަށް ބޮޑަށް ހިފޭނެ ކަމަށާއި އޭނާ އަކީ ވަރަށް ހުނަރުވެރި މޮޅު ކުޅުންތެރިއެއް ކަމަށެވެ.

އާސެނަލުން އަންނަނީ ކްލަބް ރެކޯޑް އަގެއްގައި ވެސްޓް ހޭމް އަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރު ޑެކްލަން ރައިސް ގަންނަން ތައްޔާރުވަމުންނެވެ. އެ ގޮތުން، އާސެނަލުން އެންމެ ފަހުން ހުށަހެޅި، ޖުމްލަ އެކު 135 މިލިއަން ޑޮލަރުގެ ހުށަހެޅުމެއް ވެސްޓް ހޭމް އިން ރުހުންދީފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެެވެ.

ޔުނައިޓެޑުން މައުންޓް، 24، ގަންނަން ފުރަތަމަ ކުރި ތިން ބިޑް ވެސް ޗެލްސީން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އެކަމަކު، އެންމެ ފަހުން ޔުނައިޓެޑުން ހުށަހެޅި 69 މިލިއަން ޑޮލަރުގެ ބިޑް ޗެލްސީން ވަނީ ގަބޫލުކޮށްފަ އެވެ. އެ ގޮތުން، ޔުނައިޓެޑުން ވަނީ ފަސް އަހަރުގެ ކޮންޓްރެކްޓެއް މައުންޓަށް ދޭން ނިންމައިފަ އެވެ. އަދި އެ ކޮންޓްރެކްޓްގެ މުއްދަތުގައި މައުންޓް ދައްކާ ކުޅުމަށް ބެލުމަށް ފަހު އިތުރު އެއް އަހަރު އާ ކުރެވޭ ގޮތަށް ވެސް އެއްބަސްވުމުގައި ހިމަނާނެ އެވެ.

ޗެލްސީގެ އެކެޑަމީން އައި މައުންޓް ވަނީ ސީނިއާ ޓީމަށް ޕްރިމިއާ ލީގުގައި ކުޅެދިން 129 މެޗުން 27 ގޯލު ޖަހައި، 22 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެެވެ.

މިދިޔަ ސީޒަނުގައި ޗެލްސީން ބޮޑު ހަރަދުތަކެއް ކުރި ނަމަވެސް ލީގުގެ 12 ވަނައިގައި ނިންމާލަން ޖެހުމުން އެ ކްލަބަށް ވަނީ ކުޅުންތެރިންތަކެއް ވިއްކާލަން ޖެހިފަ އެވެ. އެ ގޮތުން ޗެލްސީގެ ތިން ކުޅުންތެރިއަކު ވަނީ ސައުދީ ޕްރޯ ލީގުގެ ކްލަބްތަކަށް ވެސް ސޮއިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox