ފަތުރުވެރިން ގޮވައިގެން ޓައިޓޭނިކް ކައިރިއަށް ދަތުރު ކުރަމުން ދަނިކޮށް ކަނޑު އަޑިން ގޮވި ސަބްމެރީންގެ ބައިތައް އެއްގަމަށް ގެނެސްފި އެވެ.
ސަބްމެރީން ގޮވުމުން ފަސް މީހުން މަރުވި އެވެ. އޭގެ ބައިތައް ފެނުނީ ގެއްލިގެން ބޮޑު އޮޕަރޭޝަަނެއް ހިންގަމުން ދަނިކޮށެވެ.
ފޮޓޯތަކުން ފެންނަނީ ސަބްމެރީންގެ ދަގަނޑު ބައިތަކެއް އެއްގަމަށް ގެނައި މަންޒަރެވެ. އެމެރިކާގެ ކޯސްޓުގާޑުން ބުނީ ފެނުނު ބައިތަކުގެ ތެރޭގައި ލޭންޑިން ފްރޭމަކާއި ރިއާ ކަވަރެއް ހިމެނޭ ކަމަށެވެ.

އެންމެ ފަހުގެ މައުލޫމާތުން އެނގޭ ގޮތުގައި ޓައިޓޭނިކް ކައިރިން ކަނޑުގެ އެންމެ އަޑީގައި ހުރި ސަބްމެރީންގެ ބައިތަކުގެ ތެރެއިން ބޮޑު ފަސް ބައެއް ހިމެނެ އެވެ.
އެމެރިކާ އާއި ކެނެޑާއިން ވެސް ވަނީ އެ ހާދިސާ ހިނގައިދިޔަ ގޮތް ބަލަން ތަހުގީގެއް ފަށައިފަ އެވެ.
ސަބްމެރީން އޮޕަރޭޓް ކުރި އޯޝަންގޭޓް އެކްސްޕެޑިޝަންސުން ރައްކާތެރިކަމަށް ސަމާލުކަން ނުދޭ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.










