ރާއްޖޭގެ ބާރު ކަނޑުވާލައި ލެބަނަން ސެމީ އަށް

ލެބަނަން ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ލެބަނަން ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސާފް ބަންގުބަންދު ޗެމްޕިއަންޝިޕް 2023 ގައި ރާއްޖެ އަތުން 1-0 އިން މޮޅުވެ، ލެބަނަން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ސެމީ ފައިނަލުގައި ލެބަނަން ކުޅެން ޖެހޭނީ އިންޑިއާއާ އެވެ. ދާދި ފަހުން އިންޑިއާގައި ކުޅުނު އިންޓަ ކޮންޓިނެންޓަލް ކަޕްގެ ފައިނަލުގައި އިންޑިއާ އިން ވަނީ 2-0 އިން ލެބަނަން ބަލިކޮށްފަ އެވެ.

މި މެޗުން ބަލިވެ، ރާއްޖެ އަށް މިހާރު ސެމީ އަށް ދިއުމުގެ އަމިއްލަ ބާރު ވަނީ ގެއްލިފަ އެވެ. ރާއްޖެ އަށް ސެމީ ފައިނަލުގެ ފުރުސަތެއް އޮތީ މި ގްރޫޕުގައި މިރޭ ބޫޓާނުން ދެ ގޯލު ނޫނީ ތިން ގޯލުގެ ފަރަގުން ބަންގްލަދޭޝް ބަލިކޮށްފިނަމަ އެވެ. ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތެއްގައި މިހާތަނަށް ރާއްޖެ ގްރޫޕް ސްޓޭޖުން ކަޓާފައެއް ނުވެ އެވެ.

ލެބަނަން ގްރޫޕް ބީގެ އެއް ވަނަ ހޯދީ ކުޅުނު ތިން މެޗުން މޮޅުވެ، ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބަންގްލަދޭޝާއި ތިން ވަނައިގައި އޮތް ރާއްޖެ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ބޫޓާން އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ރާއްޖޭން މި މެޗަށް ނެރުނު ފުރަތަމަ އެގާރަ އަަށް ވަނީ ތިން ބަދަލެއް ގެނެސްފަ އެވެ. އެ ގޮތުން، ނާއިޒު ހަސަން (ދާދު) އާއި އަލީ ފާސިރު (ސެންޓޭ) އަދި ސަސްޕެންޝަންގެ ސަބަބުން މި މެޗުގައި ނުކުޅެވުނު މުހައްމަދު އިރުފާން (އިރޭ)ގެ ބަދަލުގައި، ފުރަތަމަ އެގާރައިގައި ހިމަނައިފައިވަނީ، ހަސަން ޝިފާޒް (ޑުންގާ) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. ހަންނަ މި މެޗުގައި ކުޅުނީ ސަސްޕެންޝަނަކަށް ފަހު އެވެ. އެއީ ފުރަތަމަ މެޗުގައި ބޫޓާން އަތުން މޮޅުވި މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން، އައި އެއް މެޗުގެ ސަސްޕެންޝަނަކާ ހެދި ބަންގްލަދޭޝް މެޗު ގެއްލުމަށް ފަހު އެވެ.

ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ފަށައިގެން ރާއްޖޭން ކުރިއަށް ޖެހިގެން އެޓޭކްތަކެއް ކުރެވޭތޯ ބެލި އެވެ. އެ ގޮތުން، ރާއްޖޭގެ އިބްރާހިމް އައިސަމް އާއި ޑުންގާ އަދި ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ)، އޭރިއާބޭރުން ޖެހި ބޯޅަތައް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ލެބަނަން އިން ލީޑުނެގީ މެޗުގެ 23 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ އެ ޓީމުގެ ކެޕްޓަން، ހަސަން މާތޫކް އެވެ. އޭރިއާ ރޮނގުމަތިން ލިބުނު ހިލޭ ޖެހުމެއްގައި މާތޫކް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. އޭގެ ފަހުން، ލެބަނަން އިން އިތުރު ގޯލެއް ޖަހަން ގާތްގާތުގައި ލިބުނު ދެ ފުރުސަތެއް ނަގާލި އެވެ.

ރާއްޖޭން ދެ ވަނަ ހާފަށް ނުކުތީ އިއްބެގެ ބަދަލުގައި ދާދު ކުޅެން އަރުވައިގެންނެވެ.

ދެ ވަނަ ހާފުގައި ރާއްޖޭން ލެބަނަން ހާފުގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެ ފުރުސަތެއް ލިބޭތޯ މަސައްކަތް ކުރަމުންދިޔަ އެވެ. އެ ގޮތުން މެޗުގެ 76 ވަނަ މިނިޓްގައި ރާއްޖޭގެ ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ޝޮޓެއް ބްލޮކްވެގެން އޭރިއާތެރެއިން ދާދު އަށް ލިބުމުން އޭނާ ޖާގައެއް ހޯދާފައި ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މެޗުގެ 80 ވަނަ މިނިޓްގައި ރާއްޖޭގެ ހަމްޕު، ލެބަނަންގެ އޮފްސައިޑް މަޅިން ސަލާމަތްވެ، ހުސްކޮށް ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރި ވަގުތު އޭނާ އަތުގައި ބޯޅަ ޖެހުމުން ލައިންސްމަން ވަނީ އެކަން ރެފްރީގެ ސަމާލުކަމަށް ގެނެސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox