ސިޓީ ދޫކޮށް ގުންޑޮގާން ބާސެލޯނާ އަށް

Jun 26, 2023, 11:47 PM
ސިޓީ ދޫކޮށް ގުންޑޮގާން ބާސެލޯނާ އަށް

ބާސެލޯނާ (ޖޫން 27) - މެންޗެސްޓާ ސިޓީއާ އެކު ހަދާފައިވާ ކޮންޓުރެކްޓް ހަމަވުމާ އެކު، އެ ކްލަބުގެ ކެޕްޓަންގެ ގޮތުގައި ހުރި ޖަރުމަންގެ މިޑްފީލްޑަރު އިލްކޭ ގުންޑޮގާން ސްޕެއިންގެ ބާސެލޯނާ އަށް ސޮއިކޮށްފި އެވެ.

މިދިޔަ ސީޒަންގައި ސިޓީއާ އެކު އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ގުންޑޮގާން ،32، ބާސެލޯނާއާ ގުޅުނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އިތުރު އެއް އަހަރަށް ކޮންޓުރެކްޓް އާކުރުމުގެ މާއްދާއެއް ހިމަނާފައިވާއިރު، އޭނާގެ ރިލީޒް ކްލޯސް (ކޮންޓްރެކްޓް އުވާލަންދައްކަން ޖެހޭ ފީ) އަކަށް ކަނޑައަޅާފައިވަނީ 436 މިލިއަން ޑޮލަރު އެވެ.

ގުންޑޮގާން، ބާސެލޯނާ އަށް ސޮއިކުރިކަން އިއުލާންކުރުމުގެ ގޮތުން އެ ކްލަބުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ ގުންޑޮގާން އަކީ ފާއިތުވި 10 ވަރަކަށް އަހަރަށް ބަލާއިރު ޔޫރަޕްގައި އެންމެ މޮޅު ކުޅުމެއް ދެއްކި އެއް މިޑްފީލްޑަރު ކަމަށެވެ.

ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑް އިން 2016 ވަނަ އަހަރު ސިޓީ އަށް ބަދަލުވި ގުންޑޮގާން އަކީ އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. ގުންޑޮގާން އަކީ ސިޓީގެ ކޯޗުކަމާ ސްޕެއިންގެ ޕެޕް ގާޑިއޯލާ ހަވާލުވެ، އެ ކްލަބަށް ގެނައި ފުރަތަމަ ކުޅުންތެރިޔާ އެވެ. ގުންޑޮގާންގެ ކޮންޓުރެކްޓް އާކުރަން އެ ކްލަބުން މަސައްކަތްކުރި ކަމަށް ގާޑިއޯލާ ވަނީ ކުރިން ބުނެފަ އެވެ.

ގުންޑޮގާން ވަނީ ސިޓީ އަށް ކުޅުނު 304 މެޗުގައި 60 ލަނޑު ޖަހައިފަ އެވެ. އަދި އެ ކްލަބާ އެކު ޖުމްލަ 12 ތަށި އޭނާ ހޯދި އެވެ.

ގުންޑޮގާން ނެތްތަން ފޫބެއްދުމަށް ސިޓީން ވަނީ ޗެލްސީ އަށް ކުޅެމުންދިޔަ ކްރޮއޭޝިއާގެ މިޑްފީލްޑަރު މަޓެއޯ ކޮވަސިޗް ގެންނަން ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox