މަސްތުވާތަކެތި އިންޖެކްޓް ކުރުން ވަރަށް ބޮޑަށް އިތުރުވެއްޖެ: އދ.

މަސްތުވާތަކެތި އިންޖެކްޓް ކުރުމުން ސިއްހީ ނުރައްކާ ބޮޑުވޭ. -- ފޮޓޯ: އައިސްޓޮކް

މަސްތުވާތަކެތި އިންޖެކްޓް ކުރުމުން ސިއްހީ ނުރައްކާ ބޮޑުވޭ. -- ފޮޓޯ: އައިސްޓޮކް

ދުނިޔޭގައި މަސްތުވާތަކެތި އިންކެޖްޓް ކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އދ. އިން ކުރި ދިރާސާއަކަށް ފަހު ނެރުނު ރިޕޯޓުގައި ބުނެފި އެވެ.

ވިއެނާގައި ހުންނަ އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ބުނީ 2021 ވަނަ އަހަރު 13.2 މިލިއަން މީހުން މަސްތުވާތަކެތި އިންޖެކްޓް ކުރި ކަމަށެވެ. އެއީ ކުރިން ލަފާކުރި ވަރަށް ވުރެ 18 ޕަސެންޓު އިތުރެވެ.

ދުނިޔޭގެ ވަގު މަސްތުވާތަކެތީގެ މާކެޓް މިހާރު ޑޮމިނޭޓް ކުރަނީ ފެންޓަނިލް އާއި މެތަމްފެޓަމައިން ފަދަ ނުރައްކާތެރި ސިންތެޓިކް ބާވަތްތައް ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

މުޅި ދުނިޔޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ނިސްބަތް 23 ޕަސެންޓުން އިތުރުވެ، މަސްތުވާތަކެއްޗާ ގުޅުން ހުރި ޑިސްއޯޑާތައް މީގެ 10 އަހަރު ކުރިއާ އަޅާ ބަލާއިރު 45 ޕަސެންޓު އިތުރުވެފައިވެ އެވެ.

މަސްތުވާތަކެތީގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅެނީ ނަފުސާނީ މައްސަލަތައް ހުރި މީހުންނާއި އިޖުތިމާއީ އަދި އިގުތިސާދީ ގޮތުން ދަށް ފަންތީގެ މީހުންނާއި ޒުވާނުން ކަމަށް ރިޕޯޓުގައިވެ އެވެ.

މަަސްތުވާތަކެތި އިންޖެކްޓް ކުރުން ބޮޑަށް ފެތުރިފައި އޮތީ އިރުމަތީ ޔޫރަޕާއި އުތުރު އެމެރިކާގަ އެވެ. އެ ތަންތަނަށް ވުރެ އިރުމައްޗާއި ދެކުނު އިރުމަތީ އޭޝިއާގައި އެ މައްސަލަ ކުޑަ އެވެ.

ފެންޓަނިލްގެ ސަބަބުން އުތުރު އެމެރިކާގެ މަސްތުވާތަކެތީގެ މާކެޓް މުޅިން ބަދަލުވެ، ހީވެސްނުކުރާވަރުގެ ހިތާމަވެތި ނަތީޖާތައް ފެންނަމުންދާ ކަމަށް ރިޕޯޓުގައި ބުންޏެވެ.

އަށާރަ ގައުމެއްގެ ޑޭޓާގެ މައްޗަށް ދިރާސާ ކުރުމަށް ފަަހު ރިޕޯޓުގައި ބުނީ މަސްތުވާތަކެތި އިންޖެކްޓް ކުރުމުގެ އާދަ ފަސްގުނަ އިތުރު ކަމަށް ފެންނަނީ ފިރިހެނުންގެ މެދުގައި ކަމަށެވެ. އަންހެން ލޯބިވެރިންނާއި ދިރިއުޅުމުގެ ބައިވެރިން އެކަމުގެ ތެރެއަށް ވަނުމަށް ހިތްވަރުދެނީ ފިރިހެނުންނެވެ.

އެކަމަށް ފަރުވާ ހޯދުމުގެ ފުރުސަތު ލިބެނީ ކޮންމެ ފަސް މީހަކުން އެކަކަށް ކަމަށާއި އަންހެނުންނަށް ދިމާވާ ގޮންޖެހުންތައް ފިރިހެނުންނަށް ވުރެ ގިނަ ކަމަށް އދ. އިން ފާހަގަކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox