ޕީއެސްޖީގައި ފެށުން ދިޔައީ ވަރަށް ގޯސްކޮށް: މެސީ

Jun 26, 2023, 3:31 AM
ޕީއެސްޖީގައި ފެށުން ދިޔައީ ވަރަށް ގޯސްކޮށް: މެސީ

ޕެރިސް (ޖޫން 26) - ޕީއެސްޖީގައި ފެށުން ދިޔައީ ވަރަށް ގޯސްކޮށް ކަމަށާއި އެ ކްލަބާ އެކު ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުރިމަތިވި ނާކާމިޔާބާ މެދު ވަރަށް ދެރަވާ ކަމަށް އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ބުނެފި އެވެ.

ޕީއެސްޖީގައި ދެ ސީޒަން ހޭދަކުރުމަށް ފަހު، މެސީ، 36، ވަނީ ކުރިއަށް އޮތް ސީޒަނަށް އެމެރިކާގެ އިންޓަ މިއާމީ އަށް ބަދަލުވެފަ އެވެ.

ބާސެލޯނާ ދޫކޮށް 2021 ވަނަ އަހަރު ޕީއެސްޖީ އަށް ބަދަލުވި މެސީ ބުނީ އެ ކްލަބާ ގުޅުނު ދުވަސްކޮޅު، އޭނާ އަށް ވަރަށް ގިނަ އުނދަގޫތައް ކުރިމަތިވި ކަމަށެވެ.

"އަހަރެން ޕީއެސްޖީއާ ގުޅުނީ އެ ކްލަބު ކަމުދާތީ. އެ ޓީމުގައި ރަހުމަތްތެރިންތަކެއް ތިބީ، އަހަރެން ހީކުރީ ޓީމަށް ހޭނެން ފަސޭހަވާނެ ކަމަށް،" މެސީ ބުންޏެވެ.

"އަހަރެން އެ ޓީމާ ގުޅުނީ ޕްރީ ސީޒަނަށް ފަހު. އަހަރެން ހީކުރި ވަރަށް ވުރެ ޓީމަށް ހޭނެން އުނދަގޫވި. ޕީއެސްޖީގައި އަހަރެން ފެށުން ދިިޔައީ އަހަންނާއި އަހަރެންގެ އާއިލާ އަށް ވަރަށް އުނދަގޫގޮތަކަށް."

ޕީއެސްޖީގައި ހޭދަކުރި ފުރަތަމަ ސީޒަންގައި މެސީ ވަނީ 34 މެޗުން 11 ލަނޑު ޖަހައިފަ އެވެ. މެސީ ބުނީ ޕީއެސްޖީއާ އެކު ޗެމްޕއިަންސް ލީގުން ދެ ފަހަރު ވެސް ކެޓުމަކީ އޭނާ ވަރަށް ދެރަވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު، ޓީމަށް ގިނަ އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ.

"ބައެއް ކުޅުންތެރިން އަލުން ކްލަބާ ގުޅުނީ ލަހުން. އަދި ބައެއް ކުޅުންތެރިން ތިބީ އަނިޔާވެފައި،" މެސީ ބުންޏެވެ.

ޕީއެސްޖީން މެސީ އަށް އާ ކޮންޓްރެކްޓެއް ވެސް ދިނެވެ. އެކަމަކު، މެސީ ނިންމީ އިތުރަށް އެ ކްލަބްގައި މަޑުނުކޮށް ކެރިއަރުގައި އާ ޗެޕްޓަރެއް ފެށުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox