ބަންގްލަދޭޝް އިން ފަހަތުން އަރައި ރާއްޖެ ބަލިކޮށްފި

ބަންގްލަދޭޝް ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ބަންގްލަދޭޝް ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސާފް ބަންގުބަންދު ޗެމްޕިއަންޝިޕް 2023 ގައި މިއަދު ހަވީރު ކުޅުނު މެޗުން ބަންގްލަދޭޝް އިން ފަހަތުން އަރައި 3-1 އިން ރާއްޖެ ބަލިކޮށްފި އެވެ.

މިއީ 2003 ވަނަ އަހަރު ފައިނަލުގައި، ބަންގްލަދޭޝް އަތުން ބަލިވި ފަހުން، ސާފް ޗެމްޕިއަންޝިޕްގައި އެ ޓީމު އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެެވެ. މި ވޭތުވެދިޔަ 20 އަހަރު ތެރޭ ސީނިއާ ފުޓްބޯޅައިގައި ރާއްޖެ އަތުން ބަންގްލަދޭޝް މޮޅުވި ދެ ފަހަރު ވެސް އެކަން ހާސިލްކުރީ ރާއްޖޭގެ ކޯޗަކަށް އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ހުއްޓަ އެވެ. މީގެ ކުރިން، ބަންގްލަދޭޝް އިން ވަނީ 2021 ވަަނަ އަހަރުގެ ނޮވެމްބަރު މަހު، ސްރީ ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި ވެސް 2-1 އިން ރާއްޖެ ބަލިކޮށްފަ އެވެ.

މޮރިއޭރޯ ވަނީ މިދިޔަ އަހަރު މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ބަންގްލަދޭޝް އަތުން މޮޅުވެފަ އެވެ. އެކަމަކު، އޭރު ބަންގްލަދޭޝްގެ ކޯޗަކަށް ހުރި ސްޕެއިނުގެ ހަވިއޭ ކަބްްރޭރާ މި ވަނީ މިއަދު ރާއްޖެ ބަލިކޮށްފަ އެވެ.

މި މޮޅާ އެކު ބަންގްލަދޭޝް އިން މި ވަނީ ސެމީ ފައިނަލުގެ އުންމީދު ބޮޑުކޮށްފަ އެވެ. އެ ޓީމަށް ތިން ޕޮއިންޓް ލިބުނުއިރު، ރާއްޖެ އާއި ލެބަނަން އަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ރާއްޖެ އަށް އަމިއްލަ ބާރުގައި ދެން ސެމީ ފައިނަލުގެ ކިރިޔާ ވެސް ފުރުސަތެއް އޮތީ ގްރޫޕްގެ ފަހު މެޗުގައި ލެބަނަން ބަލިކޮށްގެންނެވެ. ލެބަނަން ދެ ވަނަ މެޗުގައި މިރޭ ބޫޓާނާ ކުޅޭނެ އެވެ.

ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗަށް ރާއްޖެ އާއި ބަންގްލަދޭޝް އިން ނެރުނު ފުރަތަމަ އެގާރަ އަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. އެ ގޮތުން ރާއްޖޭން ގެނައި ބަދަލަކީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)ގެ ބަދަލުގައި އަލީ ފާސިރު (ސެންޓޭ) އާއި ނާއިޒު ހަސަން (ދާދު) ހިމެނުމެވެ.

ބޫޓާން މެޗެކޭ އެއްގޮތަށް މި މެޗުގައި ވެސް ރާއްޖެ އަށް ލީޑުނަގައިދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. މެޗުގެ 17 ވަަނަ މިނިޓްގައި އޭރިއާބޭރުން ސެންޓޭ ދިން ބޯޅަ ކޮންޓްރޯލްކުރުމަށް ފަހު، ހަމްޕު ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. ހަމްޕު ޖެހި ބޯޅަ ކަނަށް ވަންއިރު، އެ ބޯޅަ ހުއްޓުވަން ބަންގްލަދޭޝް ކީޕަރު އަނީސުރް ރަހްމާން ޒީކޯ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ރާއްޖޭގެ ގޯލަށް ފަހު، ބަންގްލަދޭޝް އިން ކުރިއަށް ޖެހިގެން ކުޅެން ފެށި އެެވެ. އަދި ގޯލު ޖަހާނެ ފުރުސަތުތައް ހޯދަން ފެށި އެވެ. އެ ގޮތުން ބަންގްލަދޭޝްގެ އެޓޭކްތަކުގައި އެ ޓީމުގެ ފަހަތަށް ކުޅޭ ޑިފެންޑަރު، ޓޯޕޫ ބަރްމަން ބައިވެރިވެ، ރާއްޖެ އަށް ނުރައްކާކުރި އެވެ. މެޗުގެ 34 ވަނަ މިނިޓްގައި ބަންގްލްދޭޝްގެ ސޮހޭލް ރާނާ ނެގި ކޯނަރެއްގައި ޓޯޕޫ ބޮލުން ޖެހި ބޯޅަ ރާއްޖޭގެ ގޯލު ރޮނގުމަތިން ސަލާމަތްކުރީ ހުސެއިން ނިހާން (ނިހާޓް) އެވެ. ނިހާޓް ޖެހި ބޯޅަ ރާއްޖޭގެ އަހުމަދު ނޫމާން (ހެލްމެޓް) ގައިގައި ޖެހިފައި ގޯލަށް ވަންނަން އައި ވަގުތު ރާއްޖޭގެ ކީޕަރު ހުސެއިން ޝަރީފް (ހުސެން) ވަނީ މަތަކޮށްފަ އެވެ.

ބަންގްލަދޭޝް އިން ކުރަމުންދިޔަ އެޓޭކްތަކުން އެއް ބޯޅަ ކާމިޔާބުކޮށް، ނަތީޖާ ހަމަހަމަކުރީ މެޗުގެ 42 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ ރަކީބް ހުސެއިން އެވެ. މި ފަހަރު ވެސް ސޮހޭލް ނެގި ހުރަހަކަށް އަރައި، ޓޯޕޫ ބޮލުން ޖައްސާލި ބޯޅައަށް ހުސްކޮށް އަރައި، ކުޑަ އޭރިއާތެރެއިން ރަކީބް ވަނީ ބޮލުން ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

ރާއްޖޭން ފުރަތަމަ ހާފުގައި ގޯލު ޖެހި ފަހުން، ބަންގްލަދޭޝްގެ ފަހަތަށް ބާރު ބޮޑުކުރެވޭ ވަރުގެ ފުރުސަތެއް ނުހޯދެ އެވެ. ދެ ވަނަ ހާފު ފެށިއިރު، ރާއްޖޭން ވަނީ ދާދުގެ ބަދަލުގައި ފޭދޫ އިއްބެ ކުޅެން ނެރެފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން މާގިނައިރެއްނުވެ ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާން ނެގި ކޯނަރަކަށް ހުސްކޮށް އަރައި، އެ ޓީމުގެ ބިޝްވަނާތު ގޯޝް ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. މި ހާފުގައި ރާއްޖޭގެ ފުރަތަމަ ހަމަލާ ފޮނުވާލީ ސެންޓޭ އެވެ. އޭރިއާބޭރުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ބަންގްލަދޭޝް އިން ވަނީ މެޗުގެ 66 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މިއީ ކޯނަރެއްގައި ރާއްޖޭގެ ކީޕަރު ހުސެން އަތްމަތިން ދިޔަ ބޯޅައެއްގައި ބަންގްލަދޭޝް އިން ކުރި އެޓޭކަކުން ރާއްޖޭގެ ކުޅުންތެރިންނަށް ސަލާމަތް ނުކުރެވިގެން ދިޔަ ބޯޅައެއް، ބަންގްލަދޭޝްގެ ޑިފެންޑަރު ތާރިގް ކާޒީ ބޮލުން ގޯލަށް ފޮނުވާލައިގެން ޖެހި ގޯލެކެވެ. އޭގެ ހަތަރު މިނިޓް ފަހުން، އޭރިއާ ރޮނގުމަތިން ބަންގްލަދޭޝްގެ ޝެއިހް މޮރްސަލިން ޖެހި ބޯޅަ ކީޕަރު ހުސެން ވަނީ މަތަކޮށްފަ އެވެ.

އިތުރު ވަގުތުގައި ކައުންޓަ އެޓޭކެއްގައި ތަނަވަސްކުރި ފުރުސަތަކުން މޮރްސަލިން ވަނީ ބަންގްލަދޭޝްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.

ރާއްޖެ އަށް ގޯލެއް ޖަހައިދޭން އިތުރު ވަގުތުގައި ހަމްޕު ޖެހި ޝޮޓެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox