ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު އެމްޑީޕީއަށް ސޮއިކޮށްފި

ކާށިދު ދާއިރާގެ މެންބަރު އަބްދުالله ޖާބިރު އެމްޑީޕީގެ ކޮންގްރެސްއެއްގައި; އޭނާ ވަނީ މިއަދު އެމްޑީޕީއަށް ސޮއިކޮށްފައި -- ފައިލ ފޮޓޯ: އަދަދު

ކާށިދު ދާއިރާގެ މެންބަރު އަބްދުالله ޖާބިރު އެމްޑީޕީގެ ކޮންގްރެސްއެއްގައި; އޭނާ ވަނީ މިއަދު އެމްޑީޕީއަށް ސޮއިކޮށްފައި -- ފައިލ ފޮޓޯ: އަދަދު

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރު މިއަދު ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ސޮއި ކުރައްވައިފި އެވެ.

ސޮއި ކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ޖާބިރު ވިދާޅުވީ ކުރިން ވެސް އޭނާ ހުންނެވީ އެމްޑީޕީގައި ކަމަށާއި އޭރު އޭނާ އެމްޑީޕީގައި ބަހައްޓަން ބޭނުންވާ މީހުން މިހާރު ޕާޓީގައި ނެތުމުން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިތުރު ދައުރަކަށް ހޮވުމަށް ބޭނުންވެވަޑައިގަންނަވާތީ އަލުން ސޮއިކުރެއްވީ ކަމަށެވެ.

"އަޅުގަނޑަށް 100 ޕަސަންޓް ޔަގީން [ރައީސް ސޯލިހަށް ރިޔާސީ އިންތިހާބު] ކާމިޔާބު ވާނެ ކަމަށް. އަޅުގަނޑުގެ ފުލް ކެޕޭސިިޓީގައި މަސައްކަތް ކުރާނަން, ފައިނޭޝަލީ ވެސް, އަދަވައިސް [އެހެނިހެން ގޮތްގޮތުން] ވެސް،" ޖާބިރު ވިދާޅުވި އެވެ.

Advertisement

މި ދަނޑިވަޅުގައި މަޖިލިސް ހުއްޓިފައި އޮތުމާ ބެހޭ ގޮތުން ސުވާލުކުރުުމުން ޖާބިރު ވިދާޅުވީ ރިޔާސީ އިންތިހާބު މިހާ ގާތްވެފައި އޮއްވާ މަޖިލިސް ހުއްޓިފައި އޮވެގެން ނުވާނެ ކަމަށާއި އެމްޑީޕީން އެ ކަމުގައި ހައްލެއް ހޯދައި, ކަންކަން ހަމައަކަށް އަޅުވާނެ ކަމަށެވެ.

ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގަތުން ރައީސް ސޯލިހު ފާހަގަކުރެއްވީ, އެމްޑީޕީއަށާއި, އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އެހީތެރިކަމެއް އަދި ކުރިއެރުމެއް ގޮތުގަ އެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގައި ޖާބިރުގެ ހިއްސާ ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކުރިން 2018 ވަނަ އަހަރު އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ވެސް ޖާބިރުގެ އެހީތެރިކަން ލިބިވަޑައިގެންނެވި ކަމަށާއި އޭރުވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ފޯރި އާއި ޖޯށުގައި ޖާބިރު ނިކުމެވަޑައިގެންނެވުމުން މި ރިޔާސީ އިންތިހާބުގައި ވެސް ވަރަށް ބޮޑު ކާމިޔާބެއް ލިބިގެންދާނެ ކަމަށެވެ.

"ޒުވާނުން ދެކޭ ގޮތުގައި, އެ ކުދިންގެ ތެރޭގައި ޖާބިރަކީ އެމީހުންގެ ލީޑަރުގެ ގޮތުގައި ބަލައިގެންފައި ހުރީ. އެހެންމަ މިއީ ވަރަށް ރަނގަޅު ވަގުތެއް ޖާބިރު ގުޅިވަޑައިގަންނަވަން،" ޖާބިރަށް މަރުހަބާ ދަންނަވަމުން ރައީސް ވިދާޅުވި އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ, ރައްޔިތުންގެ މަޖިލީހުގެ އިތުރު މެމްބަރުންނާއި ސިޔާސީ ދާއިރާގެ އިސްސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުން ވެސް ކުރިއަށް އޮތްތަނުގައި އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ.

ޖާބިރު މިއަދު އެމްޑީޕީއަށް ސޮއިކުރުމުގެ ރަސްމިއްޔާތަށް ސޯލްޓް ކެފޭއަށް ފައިމަގުގައި ވަޑައިގެންނެވިއިރު, އެކުގައި ނޫސްވެރިންނާއި ބޮޑުބެރު ގްރޫޕަކުން ވެސް ދިޔަ އެވެ.

ޖާބިރު އެމްޑީޕީއަށް ސޮއިކޮށްފައިވާއިރު, އޭނާ ވަނީ ދާދި ފަހުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ވެސް ސޮއިކުރައްވާފަ އެވެ.

އެމްޑީޕީ މެމްބަރުންގެ އިސްނެންގެވުމުގެ މަތިން ކުރިއަށް ދިޔަ އެ މަސައްކަތުގައި އެމްޑީޕީ މެމްބަރުންގެ އިތުރު ސޮއިކުރެއްވީ ޖާބިރާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox