ޔުނައިޓެޑުން މައުންޓަށް ކުރި ތިން ވަނަ ބިޑަށް ވެސް ޗެލްސީ އިން ބުނީ ނޫނެކޭ

Jun 25, 2023, 1:27 AM
ޔުނައިޓެޑުން މައުންޓަށް ކުރި ތިން ވަނަ ބިޑަށް ވެސް ޗެލްސީ އިން ބުނީ ނޫނެކޭ

ލަންޑަން (ޖޫން 25) - ޗެލްސީގެ އިނގިރޭސި މިޑްފިލްޑަރު މޭސަން މައުންޓް ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން ކުރި ތިން ވަނަ ބިޑަށް ވެސް ޗެލްސީ އިން ނޫނެކޭ ބުނެފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މައުންޓް، 24، ޗެލްސީގެ ޔޫތު ޓީމުން ވިދާލުމަށްފަހު މިދިޔަ ތިން ސީޒަނުގައި ވެސް އެ ކުލަބުގެ މުހިންމު ކުޅުންތެރިއެކެވެ. މި ސީޒަންގައި އެކުލަބަށް އިރުޝާދުދިން ދެ ކޯޗުން ކަމަށްވާ ތޯމަސް ޓުޗެލް އާއި ގްރަހަމް ޕޮޓާގެ ގޭމް ޕްލޭންގައި ނުހިމެނި މި ސީޒަންގައި އޭނާ އަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އެހެންވެ މިހާރު މައުންޓް ބޭނުންވަނީ ޗެލްސީ ދޫކޮށް، ގަވާއިދުން ކުޅުމުގެ ފުރުސަތު ގިނައިން ލިބޭ ޓީމަކަށް ދާށެވެ.

މައުންޓް ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ ޔުނައިޓެޑުންނެވެ. އެ ގޮތުން، ޔުނައިޓެޑުން ވަނީ މައުންޓް ހޯދުމަށް ތިން ބިޑެއް ކޮށްފަ އެވެ. ތިން ފަހަރު މަތިން ކުރި މަސައްކަތް ވެސް ޔުނައިޓެޑަށް ކާމިޔާބުވާ ގޮތެއް ނުވި އެވެ.

މައުންޓް ގެންދިއުމަށް ޔުނައިޓެޑުން ފުރަތަމަ ހުށަހެޅީ 40 މިލިއަން ޕައުންޑުގެ ބިޑެކެވެ. ދެ ވަނަ ބިޑު 50 މިލިއަން ޕައުންޑަށް އަރާއިރު، ތިން ވަަނަ ބިޑު 55 މިލިއަން ޕައުންޑް ކަމަށް ބެލެވެ އެވެ. ފަހު ބިޑަށް ވެސް ޗެލްސީން ނޫނެކާ ބުނެފައިވަނީ މި ފަހަރު ވެސް އަގު ކުޑަވެގެން ކަމަށް ބެލެވެ އެވެ.

ޗެލްސީއާ އެކު މައުންޓް ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރު އެވެ. އެހެންކަމުން، އޭނާ ހިލޭ ޓްރާންސްފާއެއްގައި އެހެން ޓީމަކަށް ދޫކޮށްލުމުގެ ބަދަލުގައި ޗެލްސީ އިން ބޭނުންވަނީ އާ ސީޒަން ފެށުމުގެ ކުރިން ބޮޑު އަގުގައި އޭނާ ވިއްކާލާށެވެ. ޗެލްސީން މައުންޓް ވިއްކާލަން ބޭނުންވާ އަގު 60 މިލިއަން ޕައުންޑަށް ވުރެ ބޮޑެވެ.

މައުންޓް، ހޯދުމަށް ޕްރިމިއާ ލީގުގެ އިތުރު ބައެއް ކުލަބުތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އަމަލީ ގޮތުން އޭނާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ހަމައެކަނި ކުލަބަކީ ޔުނައިޓެޑެވެ.

ފަހަކަށް އައިސް، ޗެލްސީގެ ސީނިއާ ޓީމްގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ މައުންޓް ވަނީ މިހާތަނަށް ޗެލްސީ އަށް 195 މެޗު ކުޅެދިންއިރު، އެ މެޗުތަކުގައި 33 ލަނޑު ޖަހައިފައިވެ އެވެ. މީގެ އިތުރުން އެ ކުލަބާ އެކު ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox