ގެއްލުނު ސަބްމެރީންގެ ބައިތަކެއް ކަނޑުގެ އަޑިން ފެނިއްޖެ

ގެއްލުނީ އޯޝަންގޭޓްގެ ސަބްމެރީނެއް.

ގެއްލުނީ އޯޝަންގޭޓްގެ ސަބްމެރީނެއް.

ބޮސްޓަން، އެމެރިކާ (ޖޫން 22) - ކަނޑުގެ އަޑީގައި ޓައިޓޭނިކް އޮތް ހިސާބު ކައިރިން ގެއްލުނު ސަބްމެރީންގެ ބައިތަކެއް ފެނިއްޖެ އެވެ.

އެމެރިކާގެ ކޯސްޓު ގާޑުން ބުނީ ކަނޑު އަޑީގެ އުޅަނދަކަށް ފެނުނީ ޓައިޓޭނިކް ކައިރީގައި އޮތް "ޑެބްރީ ފީލްޑެއް" ކަމަށެވެ. ގެއްލުނު ސަބްމެރީންގައި ފަސް މީހުން ތިއްބެވެ.

ކޯސްޓު ގާޑުން ބުނީ ކެނެޑާއިން ރިމޯޓުކޮށް އޮޕަރޭޓް ކުރި ކަނޑު އަޑީގެ އުޅަނދަށް ފެނުނު ބައިތަކާ ގުޅޭ މައުލޫމާތު ދިރާސާ ކުރުމުގެ މަސައްކަތް ތަޖުރިބާކާރުން ކުރަމުންދާ ކަމަށެވެ.

ފްރާންސްގެ ދިރާސާ ކުރާ ބޯޓަކުން ވެސް ވަނީ ގެއްލުނު 22 ފޫޓުގެ ސަބްމެރީންގެ ހިލަމެއްވޭތޯ ކަނޑުގެ އަޑިއަށް ރޮބޮޓެއް ފޮނުވައިފަ އެވެ.

ތަޖުރިބާކާރަކު ބީބީސީ އަށް ބުނީ ފެނުނީ ސަބްމެރީންގެ "ލޭންޑިން ފްރޭމަކާއި ރިއާ ކަވަރެއް" ކަމަށެވެ. ސަބްމެރީންގައި ހުރީ 96 ގަޑިއިރަށް ވާ ވަރުގެ އޮކްސިޖަން އެވެ.

އެމެރިކާގެ އޯޝަންގޭޓް އެކްސްޕެޑިޝަންގެ ސަބްމެރީން އާދީއްތަ ދުވަހު ދަތުރު ފެށި އިރު، ބުރާސްފަތި ދުވަހުގެ ހެނދުނާ ހަމައަށް ދިޔަ އިރު އޮކްސިޖަން ހުންނާނީ ހުސްވެފަ އެވެ.

ބުދަ ދުވަހު ރެސްކިއު ޓީމުން ބުނީ ކަނޑުގެ އަޑިން "ތެޅުމެއްގެ އަޑު" އިވުނު ކަމަށެވެ. އެހެންވެ، ސަބްމެރީނަށް ގެއްލުމެއް ނުވެ، އޭގައި ތިބި މީހުން ސަލާމަތުން ތިބިކަމުގެ އުއްމީދު ބޮޑުވި އެވެ.

އެހެން ނަމަވެސް އެއީ އެ އުޅަނދާ ގުޅުމެއް ނެތް އަޑުތަކަކަށް ވުން އެކަށީގެންވާ ކަމަށް ތަޖުރިބާކާރުން ބުންޏެވެ.

އިންގްލޭންޑުން ނިއުޔޯކަށް ކުރި ޓައިޓޭނިކްގެ ފުރަތަމަ ދަތުރުގައި 1912 ވަނަ އަހަރު ގަނޑުފެންގަނޑެއްގައި ޖެހި ބޯޓު އަޑިއަށް ދިޔުމުން 1500 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

ޓައިޓޭނިކް އޮންނަނީ އެމެރިކާގެ މަސަޗޫސެޓްސްގެ ކޭޕް ކޮޑްގެ އިރުން 900 މޭލު ދުރުން އެޓްލާންޓިކް ކަނޑު އަޑީގަ އެވެ. އެ ބޯޓު ބަލާލަން ދިޔުމަކީ ގިނަ ބަޔަކު ޝައުގުވެރިވާ ކަމެކެވެ.

އޯޝަންގޭޓް ކުންފުނިން ޓައިޓޭނިކް ބަލަން ދާން މީހެއްގެ އަތުން 250،000 ޑޮލަރު ނަގަ އެވެ. ގެއްލުނު ބޯޓުގައި ތިބީ އިނގިރޭސި ބިލިއަނަރަކާއި، ޕާކިސްތާނަށް އުފަން އިނގިރޭސި މަހުޖަނަކާއި އޭނާގެ ފިރިހެން ދަރި އަދި ފްރާންސްގެ އޯޝަނޮގްރާފަރަކާއި އޯޝަންގޭޓްގެ ފައުންޑަަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox