ސަމުއްޓެ: ރާއްޖޭގެ ކެޕްޓަންގެ ޒިންމާތަކަށް ތައްޔާރު

Jun 22, 2023, 4:48 AM
ރާއްޖޭގެ ކެޕްޓަން ސަމޫހު: މި ފަހަރު ޓީމު ލީޑުކުރުމުގެ ޒިންމާއާ ހަވާލުވެހުރީ ކެރިގެން.---

ރާއްޖޭގެ ކެޕްޓަން ސަމޫހު: މި ފަހަރު ޓީމު ލީޑުކުރުމުގެ ޒިންމާއާ ހަވާލުވެހުރީ ކެރިގެން.---

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ނުކުންނަ ރާއްޖޭގެ ގައުމީ ޓީމުން ގިނަ ބަދަލުތަކެއް ފެނިގެންދާނެ އެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ގައުމީ ޓީމު ލީޑުކުރުމުގައި އާ ކެޕްޓަނެއް ފެނިގެންދިއުމެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖޭގެ ޓީމު ލީޑު ކުރާނީ އދ. މަހިބަދޫ އަށް ނިސްބަތްވާ ޑިފެންޑަރު ސަމޫހް އަލީ (ސަމުއްޓެ) އެވެ.

,މަހިބަދޫގެ ޓީމުން ފުރަތަމަ ޑިވިޝަނަށް ނިކުތް ސަމުއްޓެ ހުނަރާ މެދު ސުވާލު އުފެއްދޭކަށް ނެތެވެ. އުމުރުން އެންމެ 19 އަހަރުގައި އޭނާ ވަނީ 2015 ވަނަ އަހަރު ޤައުމީ ޓީމުން ފުރުސަތު ހޯދައިފަ އެވެ. ތަޖުރިބާ މަދު ނަމަވެސް، އޭރު ގައުމީ ޓީމުގެ ކޯޗަކަށް ހުރި ރިކީ ހާބަޓް އަށް ސަމުއްޓެ ފަރާތުން ހުނަރު ފެނުނެވެ.

ސަމުއްޓެގެ ކެރިއަރު ހިނގައިގަތީ މަހިބަދޫގެ ޓީމު ދޫކޮށް 2016 ވަނަ އަހަރު އޭނާ މާޒިޔާ އަށް ބަދަލުވުމެވެ. އެ ހިސާބުން ފެށިގެން މިއަދާ ހަމައަށް ވެސް އޭނާ ހުރީ މާޒިޔާގަ އެވެ. މަހިބަދޫ އަށް ނިސްބަތްވާ މާޒިޔާގެ ޒަމާންވީ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) މި ސީޒަންގައި އެ ޓީމާ ދުރަށް ދިއުމުން، މާޒިޔާ އިން ވެސް އެ ޓީމުގެ ކެޕްޓަން ބޭންޑް ހަވާލުކުރީ ސަމުއްޓެއާ އެެވެ .

މި ވަގުތު ގައުމީ ޓީމުގައި އޮތް ސްކޮޑަށް ބަލާއިރު، ކެޕްޓަނަކަށް އެންމެ އެކަށީގެންވާ ކުޅުންތެރިއަކީ ސަމުއްޓެ އެވެ. އޭގެ މައިގަނޑު ސަބަބަކީ އޭނާގެ ތަޖުރިބާ އާއި ޓީމުގެ އެހެން ކުޅުންތެރިން ވެސް އޭނާ އަށް ކުރާ އިތުބާރެވެ. ރާއްޖެ އިން 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ހޯދިއިރު، ސަމުއްޓެ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ރާއްޖޭގެ ގައުމީ ޓީމަށް މި ފަހަކަށްއައި ކޯޗުންނާއި މާޒިޔާގައި އޭނާއާ އެކު މަސައްކަތްކުރި ހުރިހާ ބިދޭސީ ކޯޗުން ވެސް ފާހަގަކުރާ އެއް ކުޅުންތެރިއަކީ ސަމުއްޓެ އެވެ. ޑިފެންސްލައިންގެ އެންމެ މުހިންމު މަގާމުގައި ސަމޫހްގެ ފަރާތުން ފެންނަ ތޫނު ފިލިކަމާއި ސްޕީޑާއި ހުނަރަކީ ކޯޗުންނަށް އޭނާ ކަމުދާ އެންމެ ބޮޑު ސަބަބުތަކެވެ.

"އަހަރެން ބުނާނީ ސަމޫހު ކަހަލަ ޑިފެންޑަރެއް އަހަންނަށް ފެނުނީ ވަރަށް މަދުންނޭ،" 2021 ވަނަ އަހަރު މާޒިޔާގެ ކޯޗަކަށް ހުރި ސްޕެއިންގެ ތަޖުރިބާކާރު ރިސްޓޯ ވިޑަކޮވިޗް ބުންޏެވެ.

"މޮޅު ޑިފެންޑަރެއްގެ ފަރާތުން ފެންނަންޖެހޭ ހުރިހާ ކަމެއް ޢޭނާ ކިބައިން އަހަންނަށް ފެނޭ. ހާއްސަކޮށް ސްޕީޑް. އެއީ ވަރަށް މުހިންމު ކަމެއް."

އައްސަދު އަބްދުލް ގަނީ އާއި އަލީ އަޝްފާގް (ދަގަނޑޭ) އަދި އަކުރަމް އަބްދުލް ގަނީ ފަދަ ކުޅުންތެރިން އެޅި ކެޕްޓަން ބޭންޑް އެޅުމުގެ ފުރުސަތު ލިބުމަކީ ސަމުއްޓެ އަށް ވެސް ލިބުނު ވަރަށް ބޮޑު ޝަރަފެވެ. އެހެން ނަމަވެސް މި ވަގުތު މާ ގިނަ ވާހަކަދެއް ދައްކާކަށް އޭނާ ބޭނުމެއް ނުވެ އެވެ. މި ވަގުތު ސަމުއްޓެގެ ފޯކަސްހުރީ ސާފް ޗެމްޕިއަންޝިޕް އަށެވެ.

"ބަލާނީ މި ފަހަރު ވެސް ރަނގަޅު ކާމިޔާބެއް ރާއްޖެ އަށް ލިބޭތޯ. މުޅި ޓީމު ވެސް އޮތީ އެކަން ބޭނުންވެފައި. އެކައްޗެއް ކިޔައިގެން މިތިބީ ރަނގަޅު ކާމިޔާބެއް ހޯދަން،" ސަމުއްޓެ ބުންޏެވެ.

ސަމުއްޠެ ކެޕްޓަންކަމުގެ ދަށުން ރާއްޖޭގެ ގައުމީ ޓީމުން ސާފް ޗެމްޕިއަންޝިޕްގައި ކުޅޭ ފުރަަތަމަ މެޗުގައި މިރޭ ރާއްޖެ ގަޑިން ހަތެއް ޖަހާއިރު ބޫޓާންއާ ދެކޮޅަށް ނުކުންނާނެ އެވެ. މި ގުރޫޕްގައި ދެން އޮތީ ލެބަނަން އަދި ބަންގްލަދޭޝް އެވެ. އެ ދެ ޓީމުގެ މެޗު ތިނެއް ޖަހާއިރު ފަށާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox