ޗެތުރީ އަށް ހެޓްރިކެއް، އިންޑިއާ އިން ޕާކިސްތާން ބަލިކޮށްފި

އިންޑިއާގެ ޗެތުރީ (ވ) އެ ޓީމުގެ ސަހާލްއާ އެކު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އިންޑިއާގެ ޗެތުރީ (ވ) އެ ޓީމުގެ ސަހާލްއާ އެކު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސުނިޗް ޗެތުރީގެ ހެޓްރިކާ އެކު، ސާފް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަން، އިންޑިއާ އިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި މިރޭ ޕާކިސްތާން އަތުން 4-0 އިން މޮޅުވެއްޖެ އެވެ.

ޗެތުރީ، 38، ގެ މި ގޯލުތަކާ އެކު އޭނާ ވަނީ ސާފް ޗެމްޕިއަންޝިޕްގެ މުބާރާތްތަކުގައި އެންމެ ގިނަ ގޯލު ޖަހައިގެން ރާއްޖޭގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ) ހަދާފައިވާ ރެކޯޑާ ގާތަށް ޖެހިލައިފަ އެވެ. ދަަގަނޑޭ، ސާފް މުބާރާތްތަކުގައި 23 ގޯލު ޖަހާފައިވާއިރު، ޗެތުރީ މި ވަނީ 21 ގޯލު ހަމަކޮށްފަ އެވެ.

ޕާކިސްތާންގެ ކުޅުންތެރިންނަށް ވިސާ ލިބުމުގެ ދަތިތަކާއި އެހެނިހެން ގޮންޖެހުންތަކާ ހެދި އެ ޓީމުގެ ހުރިހާ ކުޅުންތެރިން ބެންގަލޫރަށް ގެނެވުނީ މިއަދު މެންދުރަށެވެ. ދަތުރު ފަތުރުގެ ކަންކަމަށް ހުރި ގޮންޖެހުންތަކާ ހެދި، ޕާކިސްތާނުން ވަނީ އިންޑިއާއާ އެކު ކުޅެން އޮތް މެޗު ފަސްކުރަން ވެސް އެދިފަ އެވެ. އެކަމަކު، ސާފް އިން އެ ގޮތަށް އެއްބަހެއްނުވި އެވެ.

ބެންގަލޫރުގެ 25،000 މީހުންގެ ޖާގައިގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި މިރޭ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗު ފަށައިގެން 15 މިނިޓް ތެރޭ އިންޑިއާ އިން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. އެ ގޮތުން މެޗުގެ 11 ވަނަ މިނިޓްގައި ޕާކިސްތާންގެ ކީޕަރު ހަނީފް ސާގިބް ހެދި ގޯހެއްގެ ފައިދާނަގައި، ޗެތުރީ ވަނީ އިންޑިއާ އަށް ފުރަތަމަ ގޯލު ޖަހައިދީފަ އެވެ.

ފުރަތަމަ ގޯލު ޖެހިތާ ހަތަރު މިނިޓް ފަހުން، ޗެތުރީ ވަނީ މެޗުގެ 15 ވަނަ މިނިޓްގައި ޕެނަލްޓީއެއް ކާމިޔާބުކޮށް އިންޑިއާގެ ލީޑުފުޅާކޮށްދީފަ އެވެ. މި ޕެނަލްޓީ އަކީ އިންޑިއާގެ އަނިރުދް ތާޕާ އޭރިއާތެރެއިން ޖެހި ޝޮޓެއް ޕާކިސްތާންގެ ޑިފެންޑަރު، އަބްދުﷲ އިގުބާލް އަތުން ބްލޮކްކުރި ކަމަށް ބަލަ އެވެ.

މެޗުގެ 25 ވަނަ މިނިޓްގައި އިންޑިއާގެ ވިންގް، ލަލިއަންޒުއާލާ ޗާންގްޓޭ ޖެހި ޝޮޓެއް ޕާކިސްތާން ކީޕަރު، ސާގިބް ވަނީ މަތަކޮށްފަ އެވެ. ބޯ ވިއްސާރައިގެ ތެރޭގައި މެޗު ކުޅެމުންދިޔައިރު، މެޗުގެ 31 ވަނަ މިނިޓްގައި އޭރިއާ ރޮނގުމަތިން ލިބުނު ހިލޭ ޖެހުމަކުން ޗެތުރީ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އޭގެ ފަހުން މެޗުގެ 41 ވަނަ މިނިޓްގައި ޗެތުރީ ދިން ބޯޅައަކުން ޗާންގްޓޭ ގޯލު ޖެހި ނަމަވެސް ވަނީ އޮފްސައިޑްވެފަ އެވެ.

ޕާކިސްތާނުން އިންޑިއާ އަށް އައިސް އެއްވެސް ޕްރެކްޓިހެއް ނުކޮށް މިރޭ މެޗު ކުޅުނު ނަމަވެސް އެ ޓީމުގެ ކުޅުންތެރިން ފުރުސަތުތަކުގެ ބޭނުންހިފައި އެޓޭކްކުރެވޭތޯ ބެލި އެވެ. ހާއްސަ ގޮތެއްގައި ޕާކިސްތާން ޓީމަށް މި ފަހަރު ސާފް ޗެމްޕިއަންޝިޕާ ދިމާކޮށް ކުޅެން ނިންމި، އިނގިރޭސި ކްލަބް، ގްރިމްސްބީ ޓައުންގެ މިޑްފީލްޑަރު އޯޓީޒް ހާން އަށް ލިބޭ ބޯޅަތަކުގައި އިންޑިއާ އަށް ބާރުބޮޑުވި އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ޕާކިސްތާނަށް ލިބުނު އެއްލުމެއްގައި އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ބޯޅަ ހިފެހެއްޓުމާ ގުޅިގެން، އެ ވަގުތު އެ ތަނަށް ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ތޮންޖެހިފައި އޮތެވެ. ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުމެއް ނުހިނގައި، މައްސަލަ ހައްލުކުރެވުނުއިރު، އިންޑިއާގެ ކޯޗު ސްޓިމަކް އަށް ރަތް ކާޑެއް ދެއްކި އެވެ. އަދި އިންޑިއާގެ ޑިފެންޑަރު ސަންދޭޝް ޖިންގަން އާއި ޕާކިސްތާންގެ ރާހިސް ނަބީ އަށް ވަނީ ރީނދޫ ކާޑެއް ދައްކައިފަ އެވެ.

ދެ ވަނަ ހާފްގެ ކުުޅުން ފަށައިގެން، ދެ މިނިޓް ތެރޭ ޕާކިސްތާން އޭރިއާތެރެއިން އިންޑިއާގެ ސަހާލް އަބްދުލް ސަމަދު އަށް ލިބުނު ފުރުސަތުން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އޭގެ ފަހުން، މެޗުގެ 66 ވަނަ މިނިޓްގައި އިންޑިއާގެ ސަންދޭޝް އޭރިއާތެރެއިން ބޮލުން ޖެހި ބޯޅައެއް ބޭރުވީ ގޯލުގެ ހުރަސްދަނޑީގައި ޖެހުމުގެ އިތުރުން ފެނުގައި ވެސް ޖެހިފަ އެވެ.

އިންޑިއާގެ ތިން ވަނަ ގޯލު ޖަހައި، މެޗުގެ 75 ވަނަ މިނިޓްގައި ޗެތުރީ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިއީ ޗެތުރީ އަށް އޭރިއާތެރެއިން ޕާކިސްތާންގެ ފުލްބެކް، މުހައްމަދު ސުފްޔާން ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ޗެތުރީ މި ވަނީ ގައުމީ ޓީމަށް ކުޅެދިން 132 މެޗުން 90 ގޯލު ޖަހައިފަ އެވެ.

މެޗުގެ 80 ވަަނަ މިނިޓްގައި އިންޑިއާ އިން ހަަތަރު ވަނަ ގޯލެއް ޖެހި އެވެ. މިއީ އިންޑިއާގެ ފަހަތުން ކުޅުނު ދިގު ބޯޅައަކަށް، ޕާކިސްތާން ޑިފެންސް ތެރެއިން އަރައި، އުދަންތާ ސިންގް ޖެހި ގޯލެކެވެ. ބަދަލަކަށް ކުޅެން އެރި އުދަންތާ ވަނީ ރަނގަޅު ވަގުުތު ހުސްކޮށް އޮތް ބޯޅައަށް އަރައި، ގޯލުގެ ކައިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox