ސަކާގެ ހެޓްރިކާ އެކު އިންގްލެންޑަށް ބޮޑު މޮޅެއް

Jun 20, 2023, 3:28 AM
ސަކާގެ ހެޓްރިކާ އެކު އިންގްލެންޑަށް ބޮޑު މޮޅެއް

ލަންޑަން (ޖޫން 20) - ޔޫރޯ ކޮލިފައިންގައި ރޭ ބުކާޔޯ ސަކާ ހެދި ހެޓްރިކާ އެކު، އިންގްލެންޑުން 7-0 އިން ނޯތު މެސެޑޯނިއާ އަތުން މޮޅުވެއްޖެ އެެވެ.

މިއީ، ސަކާ, 21، އޭނާގެ ކެރިއަރުގައި ހެދި ފުރަތަމަ ހެޓްރިކް އެވެ. ސަކާ އަކީ 2008 ވަނަ އަހަރު ތިއޯ ވޮލްކޮޓް އަށް ފަހު އިންގްލެންޑަށް ރަސްމީ މެޗެއްގައި ހެޓްރިކެއް ހެދި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.

އިންގްލެންޑުން ވަނީ މި ފަހަރު ކޮލިފައިންގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފަ އެވެ. އެ ޓީމު އޮތީ ވެސް ކޮލިފައިން ގްރޫޕް ސީގެ އެއް ވަނައިގަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު އިންގްލެންޑް ޓީމަށް ރޭގެ މެޗުގައި 29 ވަނަ މިނިޓްގައި ހެރީ ކޭން ވަނީ ލީޑުނަގައިދީފަ އެވެ. ސަކާ ވަނީ އޭގެ ފަހުން އިންގްލެންޑްގެ ލީޑުފުޅާކޮށްދީފަ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މާކަސް ރަޝްފޯޑް ވަނީ އިންގްލެންޑަށް ތިން ވަނަ ގޯލެއް ޖަހައިދީފަ އެވެ.

ދެ ވަނަ ހާފުގައި ވެސް ގިނަ އެޓޭކްތަކެއްކޮށް ގޯލު ޖަހާނެ ފުރުސަތުތަކެއް އިންގްލެންޑުން ތަނަވަސްކުރިއިރު، އެ ޓީމުގެ ސަކާ ވަނީ އިތުރު ދެ ގޯލު ޖަހައި، ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ކޭން މި ހާފުގައި ގޯލު ޖެހީ ޕެނަލްޓީ އަކުންނެވެ. އިންގްލެންޑްގެ އަނެއް ގޯލު ކާމިޔާބުކުރީ ކަލްވިން ފިލިޕްސް އެވެ.

އިންގްލެންޑް އެކޭ އެއް ގޮތަށް ފްރާންސް ވެސް ވަނީ ރޭ ގްރީސް 1-0 އިން ބަލިކޮށް ކޮލިފައިންގައި ސައްތަ އިން ސައްތަގެ ރެކޯޑް ދަމަހައްޓައިފަ އެވެ.

ގްރީސް ކޮޅަށް ފްރާންސް އިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ 55 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ކީލިއަން އެމްބާޕޭ އެވެ. މިއީ، މި ފަހަރު ކޮލިފައިންގައި އެމްބާޕޭގެ ހަތަރު ވަނަ ގޯލެވެ. މި ގޯލު ޖަހަން ލިބުނު ޕެނަލްޓީ އަކީ ފްރާންސްގެ އެންޓޮއިން ގްރީޒްމަން އަށާް ގްރީސްގެ ކޮންސްޓަންޓީނޯސް މަވްރަޕޯނަސް ކުރި ފައުލަކަށެވެ.

މެޗުގެ ބާކީ 25 ވަރަކަށް މިނިޓް ހުއްޓައި، މަވްރަޕޯނަސް އަށް ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުން ގްރީސް އިން ބާކީ ބައި ކުޅުނު ކުޅުންތެރިއަކު މަދުކޮށެވެ. މަވްރަޕޯނަސް އަށް ރަތް ކާޑު ދެއްކި ފައުލު ކުރީ ފްރާންސްގެ ރަންޑަލް ކޯލޯ މުއާނީ އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox