ނަޝީދު ވިދާޅުވަނީ މަޖިލީހުގެ ޖަލްސާއެއް ދެން ނުބޭއްވޭނެ ކަމަށް، އަސްލަމް ވިދާޅުވީ އެއީ ދޮގެއް ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެ ވަނަ ދައުރުގެ ޖަލްސާއެއް ދެން ބޭއްވެން ނެތް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ނަމަވެސް އެފަދަ ހާލަތެއް ނެތް ކަމަށް މެޖޯރިޓީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވެވި މީޑިއާ ބްރީފިންއެއްގައި ނަޝީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު މިހާރު ބަލަހައްޓަވަމުން ގެންދަވާ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފަށް، ވިދިވިދިގެން ރިޔާސަތު ބެލެހެއްޓެވޭނީ ތިން ޖަލްސާގައި ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހަވާލާދެއްވައި އެމަނިކުފާނު ވިދާޅުވީ އެހެންވީމާ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ދެން ބާއްވަން ޖެހޭ ޖަލްސާތަކުގެ ރިޔާސަތު އަފީފަށް ނުބެލެހެއްޓެވޭނެ ކަމަށެވެ.

"މާދަމާގެ މަޖިލިސް ޖަލްސާއެއް ބޭއްވޭކަށެއް ނެތް. ގަވާއިދު މި ބުނަނީ މަޖިލިސް ރައީސާއި މަޖިލިސް ނައިބުރައީސް ފިޔަވާ އެހެން ބޭފުޅަކަށް މަޖިލިސްގެ ރިޔާސަތު ބެލެހެއްޓެވޭނީ ވިދިވިދިގެން ތިން ޖަލްސާގައޭ. މިއަދަށް އެ ތިން ޖަލްސާ އެ ހަމަވީ. މަޖިލިސް ގަވާއިދު އެބަ ބުނޭ ދައުރުގެ އެންމެ ފަހު ބުރާސްފަތީގައި މަޖިލިސް ޗުއްޓީއަށް ދާން ޖެހޭނެ ކަމަށް. އެހެންވީމާ މަޖިލިސް ޗުއްޓީއަށް ވެސް ދާނެ. މި ކުރިއަށް މި އޮތް ދެ ޖަލްސާ އަޅުގަނޑަށް ފެންނަ ގޮތުގައި ބޭއްވޭކަށެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

ޖަލްސާ ބާއްވަން ޖެހޭނެ، އެކަމަށް ހުރަހެއް ނެތް: އަސްލަމް

އަސްލަމް ވިދާޅުވަނީ މައްސަލަ ހުއްޓުވިޔަސް އިތުބާރު ނެތްކަމަށް
އަސްލަމް ވިދާޅުވަނީ މައްސަލަ ހުއްޓުވިޔަސް އިތުބާރު ނެތްކަމަށް

އަސްލަމް ވިދާޅުވަނީ މައްސަލަ ހުއްޓުވިޔަސް އިތުބާރު ނެތްކަމަށް

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ރިޔާސަތު ބަލަަހައްޓަވަން މަޖިލީހުގެ ރައީސަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި މާދަމާ ޖަލްސާ ބާއްވަން ޖެހޭނެ ކަމަށެވެ.

"މާދަމާ ޖަލްސާ ނުބާއްްވަންޏާ އެެއީ މަޖިލީހުގެ ޒިންމާއިން ރެކިވަޑައިގަތުން. މަޖިލީހުގެ ރައީސް ހަމަ ވަޑައިގަނަނަވަން ޖެހޭނެ. ރިޔާސަތު ބަލަހައްޓަވަން ބޭނުންފުޅު ނުވަންޏާ ޖަލްސާ ފަށްޓަވާފައި އެހެން ބޭފުޅަކާ ހަވާލުކުރެއްވޭނެ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ މާނަކުރެއްވި ގޮތުގައި އެހާލަތުގައި ޖަލްސާ ހިންގަވާ ބޭފުޅަކަށް ވާނީ މަޖިލީހުގެ ރައީސް ނަޝީދެވެ. ޖަލްސާ ބާއްވަވަން އެމަނިކުފާނު އެދިވަޑައިގަންނަވާ ނަމަ އެގޮތަށް ކަންތައް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަނެއްހެން ޖަލްސާ ފަށްޓަވާފައި ހަވާލުކުރައްވާފައި ވެސް ވަޑައިގެންނެވޭނެތާ. ޖަލްސާގެ ބައެއް ހިންގަން ހަވާލުކުރެވޭނެތާ [އެހެން މެމްބަރަކަށް]. ކުރައްވަންޏާ ކުރެއްވޭނެ [އެގޮތަށް ވެސް]. އެބޭފުޅުން ބޭނުންފުޅުވަންޏާ ކުރައްވާނެ،" އަސްލަމް ވިދާޅުވި އެވެ.

"އުނދަގޫ ވެގެން މިއުޅެނީ އާއިލީ ކަމަކަށް ވާތީ"

އަސްލަމް ދެކެވަޑައިގަންނަވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރުމަށާއި ނައިބު ރައީސް އީވާ ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވިގެން އުޅެނީ ނަޝީދު ވިދާޅުވާ ފަދައިން، އެ ދެ މައްސަލަ އެއްފަހަރާ ހުށަހަޅާފައި އޮތީމައެއް ނޫނެވެ. އަސްލު މައްސަލަައަކީ އޭނާ ވިދާޅުވި ގޮތުގައި އެ ދެ ބޭފުޅުުންނަކީ އާއިލީ ގޮތުން ގާތް ދެބޭފުޅުންނަށް ވާތީ ދިމާވެގެން އުޅޭ މައްސަލަ އެކެެވެ.

"އަސްލު ހަގީގަތުގައި އެ ދެބޭފުޅުންނަށް [ރިޔާސަތުގައި] ނުތިއްބެވިގެނެއް ނޫން. އެއް ބޭފުޅެއްގެ މައްސަލަ އެޖެންޑާކުރާ ޖަލްސާގެ ރިޔާސަތުގައި އަނެއް ބޭޅަކު އިންނަވަން ބޭނުންފުޅު ނުވަނީ. އީވާގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގަން އަންނިބެ އަށް އުނދަގޫ ވަނީ،" އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމާ ދުރުވެވަޑައިގެން ހުންނަވާ ހުންނެވުން ދިފާއުކުރައްވައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރައީސްގެ ގޮތުގައި އެމަނިކުފާނު ހުންނަވަނިކޮށް، އިތުބާރު ނެތްކަަމަށް ހަމަ އެޕާޓީން ހުށަހެޅީމާ ރިޔާސަތުގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވުމަކީ "ޑިމޮކްރެޓިކް ބެސްޓް ޕްރެކްޓިސް" އަށް ބައްލަވާ އިރު ކުރެއްވޭނެ ކަމެއް ނޫން ކަަމަށެވެ.

"އެގޮތަށް ބަލާއިރުގައި އަޅުގަނޑު ރިޔާސަތުގައި އިތުރަށް އިނުމަކީ އެއްގޮތަކަށް ވެސް، އެއް ގޮތަކަށް ވެސް ކަމުދާ ގޮތެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން އެހެން ޖަލްސާއެއް ނުބޭއްވިދާނެ ކަމަށް ބެލެވިފައި ވާއިރު މިވަގުތަށް މުހިއްމު ބައެއް ބިލުތައް މިއަދުގެ ޖަލްސާއިން ވަނީ ފާސްކޮށްފަ އެވެ. ފެނުމުން މަހުރޫމުވެފައިވާ މީހުން އަމިއްލައަށް ވޯޓްލުމަށް ޓަކައި ޑިވައިސް އެއް ބޭނުންކުރުމުގެ ހުއްދަދޭ ބިލާއި ރިޔާސީ އިންތިހާބަށް ކުރިމަތިލާން އޮންނަ 10 ދުވަހުގެ މުއްދަތު 15 ދުވަހަށް ބަލުކުރުމުގެ ބިލު އޭގެ ތެރޭގައި ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox