އާބަންކޯ ފުޑް ކާނިވަލް މާދަމާ ހުޅުމާލޭގައި ފަށަނީ

އާބަންކޯ ފުޑް ކާނިވަލް މާދަމާ ހުޅުމާލޭގައި ފަށަނީ

މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކާބޯތަކެތީގެ ކާނިވަލު މާދަމާ ފެށުމަށް އާބަންކޯއިން ތައްޔާރުވެއްޖެ އެވެ.

މާދަމާ ހަވީރު 5:00 ގައި ހުޅުމާލެ ސެންޓުރަލް ޕާކުގައި ފަށާ ކާނިވާ ކުރިއަށް ދާނީ ރޭގަނޑު 00:00 އަށެވެ. އެއަށްފަހު ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:00 އިން ރޭގަނޑު 00:00 އަށް ކާނިވާ ކުރިއަށް ދާނެ އެވެ. އެ ކާނިވަލުގެ މެއިން ސްޕޮންސަރަކީ ދިރާގު އެވެ.

ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން ކެއްކުމާ ގުޅުންހުރި ތަފާތު ތަކެއްޗާއި ވަގުތުން ތައްޔާރުކޮށްފައިވާ ކާނާ އަޖުމަ ބަލާލުމުގެ ފުރުސަތު އެ ކާނިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެ އެވެ. ހަމަ އެއާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ހުނަރުވެރި ކެއްކުމާއި ތަފާތު ރަހަތަށް ވެސް އެ ކާނިވަލުން ލިބެން ހުންނާނެ އެވެ.

Advertisement

އާބަންކޯ މޯލްޑިވްސް ފުޑް ކާނިވަލުގައި ކާބޯތަކެތީގެ އިތުރުން ކާނިވަލެއްގެ މަޖާ ހަރަކާތްތައް ވެސް ހިމެނިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން, ކާނިވާ ކުޅިވަރުތަކަށް ހާއްސަ 'ފަން އެރީނާ' އާއި ކުރީގެ ހަނދާންތައް އާކޮށް ދިވެހިންގެތެރޭގައި މަޝްހޫރު، "ހަންޑިގަނޑުވަރުގެ" ނަމުގައި ބިރުވެރި ހޮހޮޅައެއް ވެސް އާބަންކޯއިން ފަރުމާކޮށްފައިވެ އެވެ.

އާބަންކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކާނިވަލުގެ ތެރެއިން ރާއްޖޭގެ ކާބޯތަކެތީގެ އެހާރާއި މިހާރު ތަޖުރިބާ ކޮށްލަން ލިބޭނެ ކަމަށެވެ.

"އާބަންކޯ މޯލްޑިވްސް ފުޑް ކާނިވަލަކީ ރާއްޖޭގައި އޮތް ކާބޯތަކެތީގެ ކުލަގަދަ ސަގާފަތް ތަޖުރިބާކޮށްލައި ފެސްޓިވަލް ހަރަކާތްތަކުގެ ތެރެއިން ޒަމާނާ އެކު ކާބޯތަކެއްޗަށް އައި ބަދަލުތައް ފާހަގަކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް، މިއީ 'ފުޑީސް'އަށް ނުވަތަ ތަފާތު ކެއުންތަކަށް ޝައުގުވެރިވާ ފަރާތްތައް ކޮންމެހެން ވެސް ޒިޔާރަތްކޮށްލަން ވާނެ ވަރުގެ އިވެންޓެއް،" އޭނާ ވިދާޅުވި އެވެ.

ތަފާތު ކާބޯތަކެތީގެ އަޖުމަ ބަލައިލުމާއި ފެސްޓިވަލް ހަރަކާތްތަކުގެ އިތުރުން އެ ކާނިވަލަށް ކޮންމެ ދުވަހަކު ވެސް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިންނަށް އިނާމުަ ދިނުމަށް ވެސް ހަމަޖެހިފައިވެ އެވެ. އޭގެއިތުރުން ކާނިވަލު ނިންމާ ދުވަހު އޮންނަ ގުރުއަތުން ހޮވޭ ފަރާތަކަށް ވަރަށް ހާއްސަ އިނާމެއް ދިނުމަށް ހަމަޖެހިފައި ވާކަމަށް ވެސް އާބަންކޯއިން ބުނެ އެވެ.

މި ކާނިވަލަށް ޒިޔާރަތް ކުރާ މީހުންގެ މެދުގައި ނެގޭ ގުރުއަތަކުން ކޮންމެ ދުވަހަކުވެސް އިނާމު ލިބުމުގެ އިތުރަށް، ކާނިވާ ނިމޭ ދުވަހު ވަރަށް ހާއްސް އިނާމެއްގެ ގުރުއަތުނެގުން އޮންނާނެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

11 ރަށެއްގައި އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކަށް

މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ރާއްޖޭގެ 11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް ކުންފުންޏާ މިއަދު ހަވާލުކޮށްފި. މިއީ އެއްގަމުގައި ހުންނަ އައިސްޕްލާންޓުތަކަށް ބަރޯސާވުން ކުޑަކުރުމަށް ސަރުކާރުން ކުރިން ގެންގުޅުނު ސިޔާސަތާ ތަފާތު ނިންމުމެއް.

ރިސޯޓު މަދު އަތޮޅުތަކުގެ ރަށްތަކުގެ އެކުއިޒިޝަން އަގު ހެޔޮކޮށްފި

މި ބަދަލާއެކު ރަށްތަކުގެ ބޭސް ރޭޓާއި ހެކްޓަރަކަށް ޖެހޭ އަގު ކުޑަކޮށްފައިވީ ނަމަވެސް، ފަޅުތައް ކުއްޔަށް ދޫކުރާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވޭ. ސަރުކާރުން މިފަދަ ލުއިތަކެއް ދީފައިވަނީ ރިސޯޓު ތަރައްގީކުރަން އިއުލާންކުރާ ރަށްތަކަށް އިންވެސްޓަރުން ލިބުން ދަތިވެފައިވާ ދަނޑިވަޅެއްގަ.

އެމްއެސް ފައިނޭންސްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލުކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެމްއެސް ފައިނޭންސްގެ ލައިސަންސް ހިފަހައްޓައި، އެ ކުންފުނި 500،000ރ. އިން އެމްއެމްއޭ އިން ޖޫރިމަނާކޮށްފި. އެފްއޭއެމްގެ ހިޔާނާތުގެ ފައިސާ ލޯންޑާކުރަން ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މި ކުންފުންޏަކީ، ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ފެށި މަސައްކަތުގެ ތެރެއިން ފިޔަވަޅު އެޅި ދެވަނަ މަނީ އެކްސްޗޭންޖު.

މެލޭޝިއާ އެއާލައިންސް ޓިކެޓުތަކުން ގްރީން ޓެކްސް ނަގަން ވިސްނަނީ

ތިމާވެއްޓާ ރައްޓެހި އޭވިއޭޝަން ފިއުލް (އެސް.އޭ.އެފް) ބޭނުންކުރުމަށް ހިނގާ ބޮޑު ހޭދަ ފޫބެއްދުމަށްޓަކައި، މެލޭޝިއާ އެއާލައިންސްގެ ޓިކެޓުތަކުން "ގްރީން ޓެކްސް" އެއް ނެގުމަށް އެ ކުންފުނިން ދަނީ ވިސްނަމުންނެވެ. މި ފިޔަވަޅަކީ 2050 ވަނަ އަހަރާ ހަމައަށް ޖައްވަށް ދޫކުރާ ކާބަން މަދުކުރުމަށް ކުރާ މަސައްކަތުގެ ބައެއް ނަމަވެސް، މީގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ އަގުތައް އުފުލިގެންދާނެއެވެ.

އެމްއެޗްއޭ މާޓް ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފި

އެމްއެޗްއޭގެ ފަސްވަނަ ފިހާރަ "އެމްއެޗްއޭ މާޓް" ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރުގައި މިދިޔަ ބުރާސްފަތި ދުވަހު ހުޅުވައިފިއެވެ. ދެ ބުރިއަށް ފަރުމާކޮށްފައިވާ މި ޒަމާނީ ފިހާރައަކީ ކާބޯތަކެއްޗާއި ދިރިއުޅުމުގެ ޒަރޫރީ ސާމާނު އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ލިބޭނެހެން ހުޅުވި ފިހާރައެކެވެ.

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

Newsletter

Get the latest news delivered straight to your inbox