ބޮޑު ކާމިޔާބީގެ ޕްރެޝަރުން އެމާ އަށް އަރައެއްނުގަނެވުނު

Jun 19, 2023, 5:45 AM
ބޮޑު ކާމިޔާބީގެ ޕްރެޝަރުން އެމާ އަށް އަރައެއްނުގަނެވުނު

ލަންޑަން (ޖޫން 19) - މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ޔޫއެސް އޯޕަން މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ލިބުނު ފަހުން ކެރިއަރުގައި ގިނަ ޕްރެޝަރާ ކުރިމަތިލާން ޖެހުނު އިނގިރޭސި ޒުވާން ޓެނިސް ތަރި، އެމާ ރަޑުކާނޫ އަށް އަދިވެސް އެއް ލެވަލެއްގައި ކުޅެވޭ ގޮތެއް ނުވެ އެވެ.

ގިނަ ބަޔެއްގެ ލޮލުގައި އެމާ، 20، އަޅައިގަތީ 2021 ވަނަ އަހަރުގެ ޔޫއެސް އޯޕަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ސެޓެއް ވެސް ނުގެއްލި ހޯދުމާ ގުޅިގެންނެވެ. އެ މުބާރާތުގެ ކޮލިފައިން ބުރުން ހޮވިގެން ގޮސް ޗެމްޕިއަންކަން ހޯދުމާ އެކު އެ ކާމިޔާބީ އިތުރަށް ހާއްސަވީ ރެކޯޑަކާ އެކު އެވެ.

Advertisement

ޔޫއެސް އޯޕަންގެ އެ ކާމިޔާބީ ދަމަހައްޓަން ކުރި މަސައްކަތުގައި އެމާ އަށް އަދި ކާމިޔާބެއް ނުލިބޭއިރު، އަނިޔާއާ ހެދި އަތުގެ ދެ އޮޕަރޭޝަނެއް ވެސް ކުރަން ޖެހުނެވެ. އެ ހުރިހާ ކަމެއް ކުރިމަތިވިއިރު، ކާމިިޔާބީ ނުދެމެހެއްޓޭތީ ދިޔަ ނަފްސާނީ ކަންކަމާ ހެދި ވެސް ވަރަށް އުނދަގޫ ހާލަތްތަކެއް ދިޔަ ކަމަށް އެމާ ވަނީ ބުނެފަ އެވެ.

ދެ އަހަރު ތެރޭ އެމާ ވަނީ ފަސް ކޯޗުންނާ އެކު މަސައްކަތް ކޮށްފަ އެވެ. އެކަމަކު، އަދިވެސް އެންމެ ބޭނުންވާ ކުރީގެ ފޯމާ ހަމައަށް ވާސިލެއްނުވެވޭތީ އޭނާ ހުރީ ކަންބޮޑުވެފަ އެވެ.

"ޔޫއެސް އޯޕަން ޗެމްޕިއަންކަން އެ ފަހަރު ލިބިގެން ކޯޓު މަތީގައި ހުރިއިރު، އަހަރެން ހިތަށް އެރި އެ ވަގުތު ކޮޅަށްޓަކައި ދުނިޔޭގެ ކޮންމެ ކަމެއް ވެސް ކުރަން އަހަރެން ތައްޔާރޭ، އެހާ ވެސް އުފާވެރި އެ ވަގުތުތައް. އެކަމަކު، އެ ކާމިޔާބީތަކަށް ފަހު ދެން ހަޔާތުގައި މި އައި ބައެއް ކަންތައްތަކާ މި ޕްރެޝަރަށް ވިސްނާއިރު، ބައެއް ފަހަރު ހިތަށްއަރާ ޔޫއެސްއޯޕަން ކާމިޔާބު ނުކުރެވުނު ނަމައޭ،" އެމާ ބުންޏެވެ.

އެމާ ބުނީ ކޮންމެ ކަމެއް ވިޔަސް ޓެނިސް ކެރިއަރުގައި ޕްރޮފެޝަނަލް ވިސްނުމުގައި ކުރިއަށްދާން ތައްޔާރަށް ހުރި ކަމަށާއި ތަޖުރިބާ ހޯދަމުން އަންނަ ވަރަކަށް ކަންކަން ބަދަލުވަމުން އަންނާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox