ޑިމޮކްރެޓްސް ރެޖިސްޓްރީ ނުކުރުމަށް އީސީގެ ދެ މެމްބަރަކު ދަނީ މަސައްކަތް ކުރަމުން: ހަސަންް ލަތީފް

ޑިމޮކްރެޓްސް ރެޖިސްޓްރީ ނުކުރުމަށް އީސީގެ ދެ މެމްބަރަކު ދަނީ މަސައްކަތް ކުރަމުން: ހަސަންް ލަތީފް

ވެރިކަންްކުރާ އެމްޑީޕީގެ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކަށް ފަހު އެޕާޓީގެ ކުރީ ސަފުގައި އުޅުއްވި ބޭފުޅުންްތަކެއް އިސްވެ އުފައްދާ "ދަ ޑިމޮކްރޭޓްސް" އުފެއްދުމަށް އިލެކްޝަންް ކޮމިޝަންް (އީސީ)ގެ ދެ މެންބަރަކު ހުރަސް އަޅާ ކަމުގެ ތުހުމަތު ޑިމޮކްރެޓްސްގެ މުއައްސިސް ހަސަން ލަތީފް ކުރައްވައިފި އެވެ.

ރެޖިސްޓްރީ ކޮށްދިނުން ލަސްވާ ކަމަށް ބުނެ ޑިމޮކްރެޓުން ތިބީ އީސީގަ އެވެ. އަދި, އެތަނުން ނުކުންނާނީ ޕާޓީ އުފެއްދުމުގެ ޖަލްސާއަށް ހުއްދަ ދިނުމުން ކަމަށް ޑިމޮކްރެޓުން ވަނީ ބުނެފަ އެވެ.

އީސީގައި ހުންނަވައި ނޫސްްވެރިންނާ ބައްދަލުކޮށް ހަސަންް ލަތީފް ވިދާޅުވީ ޕާޓީ އުފެއްދުމަކީ "މިހާރުން މިހާރަށް ވެސް" ކުރެވިދާނެ ކަމެއް ކަމަށެވެ. ނަމަވެސް, އެކަމަށް ހުރަސް އަޅާ ދެ މެންބަރަކު އިލެކްޝަން ކޮމިޝަނުގައި ތިބި ކަމަށް އޭނާ ތުހުމަތު ކުރި އެވެ.

"މިހާރުން މިހާރަށް ވެސް ކުރެވެން އޮތްް ކަމެއް މިކަމަކީ. އެހެން ނަމަވެސް ލަސްކުރަމުން ދާތަންް އަޅުގަނޑުމެންނަށް މި ފެންނަނީ. އެއްގޮތުން ނޫނީޔާ އަނެއް ގޮތެއް ހޯދައިގެން ވެސް މި ޕާޓީ ރަޖިސްޓްރީ ވިޔަ ނުދޭން އިލެކްޝަންސް ކޮމިޝަނުގެ ދެ މެންބަރަކު މަސައްކަތް ކުރާކަން އަޅުގަނޑުމެނަށް ފާހަގަކުރެވިފައި ވަނީ," ނޫސްވެރިންްނާ ވާހަކަދައްކަވަމުން ހަސަންް ލަތީފް ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ އިލެކްޝަން ކޮމިޝަނުގެ ރައީސް އާއި ނައިބު ރައީސް އެ ޕާޓީ އުފެއްދުމަށް ހުރަސްް އަޅާނެކަންް ގަބޫލު ނުކުރައްްވާ ކަމަށެވެ. ހުރަސް އަޅަނީ މިވަގުތު ވެސް މަސައްކަތުގައި ތިއްބެވި ދެ މެންްބަރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް, އެ ބޭފުޅުން ސީދާ ނަންތަކެއް އޭނާ ހާމަކޮށްފައި ނުވެ އެވެ.

އީސީގައި ތިއްބެވި އެ ޕާޓީގެ އިސް ބޭފުޅުންގެ ތެރޭގައި ހަސަން ލަތީފާއި, މަޖިލިސް ނައިބު ރައީސް އީވާ އަބްދުالله އާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ހިމެނެ އެވެ.

މިފަދަ ތުހުމަތުތަކެއް ޑިމޮކްރޭޓުން ކުރި ނަމަވެސްް އީސީއިންް ވަނީ އެ ޕާޓީ އުފެއްދުމަށް ހުށަހެޅު ފޯމުތައް ޕްރޮސެސް ކުރުމުގެ ފަހު މަރުހަލާގައި އޮތް ކަމަށް ބުނެފަ އެވެ.

މިއަދު "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ޑިމޮކްރެޓްސް އުފައްދަން ހުށަހެޅި ފޯމްތައް ޕްރޮސެސް ކުރުމުގެ އެންމެ ފަހު މަރުހަލާއާ ހަމައަށް މިހާރު އާދެވިފައިވާ ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ފޯމްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ވަކި އަދަދެއްގެ މީހުންނަށް ގުޅުމެވެ.

އެކަން ނިމުމުން ދެން އޮންނާނީ އީސީގެ ޑާޓާ ބަލަހައްޓާ ސިސްޓަމަށް ފޯމްތަކުގެ މައުލޫމާތު އަޅައި، އެއަށް ފަހު އަލުން ޗެކް ކުރުމެވެ.

ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ އެންމެ މަދު އަދަދަކީ 3،000 މެމްބަރުންނެވެ. އީސީން މެއި 24, ގައި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމާއެކު އެ ޕާޓީން ވަނީ މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕާޓީއަށް ސޮއި ހޯދުމުގެ ހަރަކާތްތައް ހިންގި އެވެ. އެއަށް ފަހު 3،560 ފޯމް އީސީއަށް ހުށަހެޅީ މިމަހުގެ ފުރަތަމަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox