މޮސްކޯ، ރަޝިއާ (ޖޫން 17) - ރަޝިއާގެ ދެކުނު ބޯޑަރު ކައިރިން ބްރިޔާންސްކް ސަރަހައްދުގައި ހުންނަ ތެޔޮ ފެކްޓްރީއަކަށް ދޭން އުޅުނު ތިން ޑްރޯން ހަމަލާ ހުއްޓުވައިފި އެވެ.
ބްރިޔާންސްކް ސަރަހައްދުގެ ގަވަރުނަރު އެލެގްޒެންޑާ ބޮގޮމާޒް ވިދާޅުވީ ޑްރުޒްބާ ފެކްޓްރީއަށް ދޭން އުޅުނު ހަމަލާތައް ހުއްޓުވީ ރަޝިއާގެ ވައިގެ ދިފާއީ ނިޒާމުތަކުން ކަމަށެވެ.
ތިން ޑްރޯން ސުންނާފަތިކޮށްލި އިރު، އެ ހާދިސާގައި އެއްވެސް ގެއްލުމެއް ލިބުނު ކަމެއް ސާފެއް ނޫނެވެ.
ޔޫކްރެއިން ހަނގުރާމައިގައި ޑްރޯން ހަމަލާތައް ދިނުން ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، އެފަދަ ގިނަ ހަމަލާތައް ހުއްޓުވަ އެވެ.
ރަޝިއާގެ ފަސްގަނޑުގައި ޑްރޯންތައް އެންމެ ގިނައިން ހަމަލާ ދޭން އުޅެނީ ތެޔޮ ފެސިލިޓީތަކަށެވެ. އޭގެ އިތުރުން ކްރައިމިއާއަށް ވެސް ހަމަލާތައް އަމާޒުވެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކްރައިމިއާ މަތިން ނުވަ ޑްރޯން ވައްޓާލި އެވެ. މިދިޔަ ހަފުތާގައި ރަޝިއާގެ ދެކުނު ވޮރޮނެޒް ސިޓީގެ މީހުން ދިރިއުޅޭ އިމާރާތަކަށް ޑްރޯނެއް ވެއްޓި ދެ މީހުންނަށް އަނިޔާވި އެވެ.










