ވޮޝިންޓަން، އެމެރިކާ (ޖޫން 16) - ބެލަރޫސްގައި ރަޝިއާގެ ނިޔުކްލިއާ ހަތިޔާރު ބެހެއްޓުމުން އެމެރިކާގެ ސްޓްރެޓެޖީ ބަދަލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑުމެންގެ ނިޔުކްލިއާ ހަތިޔާރު ބަހައްޓާފައި ހުރި ގޮތަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް. ނިޔުކްލިއާ ހަތިޔާރެއް ބޭނުންކުރަން ރަޝިއާއިން ތައްޔާރުވާކަމުގެ އެއްވެސް ނިޝާނެއް އަޅުގަނޑުމެންނަކަށް ނުފެނޭ،" ބްލިންކެން ވިދާޅުވި އެވެ.
ރަޝިއާގެ ހަތިޔާރު ބެލަރޫސްގައި ބަހައްޓަން އެއްބަސްވުމުން، ބެލަަރޫސްގެ ލީޑަރު އެލެގްޒެންޑާ ލުކަޝެންކޯއަށް ބްލިންކެން ފާޑުވިދާޅުވި އެވެ.

"މިއީ ބެލަރޫސް ރައްޔިތުން އެދޭ ގޮތާ ހިލާފަށް ގައުމުގެ އިސްތިގްލާލްގެ ފުރިހަމަ ކޮންޓްރޯލް ހޯދައިގެން މަގާމުގައި ދެމިހުންނަން ލުކަޝެންކޯ އަނެއްކާވެސް އެޅުއްވި ޒިންމާދާރު ފިޔަވަޅެއްގެ ނަމޫނާ،" ބްލިންކެން ވިދާޅުވި އެވެ.
ހުކުރު ދުވަހު ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ވިދާޅުވީ ބެލަރޫސްއަށް ނިޔުކްލިއާ ހަތިޔާރު ފޮނުވާފައިވާ ކަމަށެވެ. ރަޝިއާއިން ބެލަރޫސްއަށް ފޮނުވީ ޓެކްޓިކަލް ނިޔުކްލިއާ ހަތިޔާރެވެ. އެއީ ސްޓްރެޓެޖިކް ނިޔުކްލިއާ ހަތިޔާރަށް ވުރެ ބާރު ކުޑަ އެއްޗެކެވެ.










