ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް: ފޯމުގައި އޮތް ބޫޓާން އަތުން ބަންގްލަދޭޝް މޮޅުވެއްޖެ

Jun 16, 2023, 3:35 PM
ފައިވް ނޭޝަންސް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ބޫޓާނާއި ބަންގްލަދޭޝްގެ މެދުގައި ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ފައިވް ނޭޝަންސް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ބޫޓާނާއި ބަންގްލަދޭޝްގެ މެދުގައި ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މާލޭގައި މިހާރު ކުރިއަށްދާ ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަަމަ ދެ މެޗުން މޮޅުވި، ބޫޓާން ޓީމު މިއަދު ކުޅުނު މެޗުން ބަންގްލަދޭޝް އަތުން 61-53 އިން ބަލިވެއްޖެ އެވެ.

ބަންގްލަދޭޝް އިން މި ވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ. އެ ގޮތުން، ބަންގްލަދޭޝް އިން ފުރަތަމަ މެޗުގައި ވަނީ ރާއްޖެ ބަލިކޮށްފަ އެވެ. ބަންގްލަދޭޝް އަތުން ބަލިވިޔަސް، ބޫޓާން ވަނީ ނޭޕާލާއި ޕާކިސްތާން އަތުން މޮޅުވެފަ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ތިން ކުއާޓަރު ވެސް ދިޔައީ ވަރަށް ފޯރިގަދަކޮށެވެ. ދެ ޓީމުން ވެސް ގާތްގާތުގައި ގިނަ ޕޮއިންޓްތަކެއް އެއްކުރަމުންދިޔަ މި މެޗުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު، ދެ ޓީމު އޮތީ އެއްވަރުވެފަ އެވެ. ދެ ވަނަ ކުއާޓަރުގައި ބަންގްލަދޭޝް އިން ހަތް ޕޮއިންޓްގެ ލީޑެއް ނެގި އެވެ. ބޫޓާނުން ދެން ކުޅުނު ކުއާޓަރުގައި އެއް ޕޮއިންޓަށް ފަރަގު ކުޑަކުރި އެވެ. އެކަމަކު، ފަހު ކުއާޓަރުގައި ބަންގްލަދޭޝް އިން ތަފާތު ދައްކައި މެޗުން މޮޅުވީ އެވެ.

ފައިވް ނޭޝަންސް ކަޕްގައި މިއަދު ބަންގްލަދޭޝް އާއި ބޫޓާން ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މި މެޗުގައި ބަންގްލަދޭޝްގެ އެންމެ ބޮޑު ތަފާތަކަށްވީ އެ ޓީމަށް މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އާރިފް ހުސެއިން ބައްޕީ އާއި ސުލައިމާން ތާނޫ އެވެ. ބައްޕީ މި މެޗުގައި 14 ޕޮއިންޓް ސްކޯކުރިއިރު، އެ ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިން ސުލެއިމާން ވަނީ 15 ޕޮއިންޓް ހޯދައިފަ އެވެ.

ބަންގްލަދޭޝް ޓީމުން މި ފަހަރުގެ މުބާރާތާ ކުރިމަތިލީ ގިނަ ޒުވާން ކުޅުންތެރިންތަކެއް ޓީމުގައި ހިމަނައިގެންނެވެ. އެ ޓީމުގެ ކޯޗު، ރަންޖިތު ޗަންދްރާ ބުނީ މި މުބާރާތުން ބަންގްލަދޭޝްގެ ބާސްކެޓްބޯޅައިގެ ކުރިމަގަށް ގިނަ ކަންތައްތަކެއް ހާސިލްކުރަން ބޭނުންވާ ކަމަށެވެ.

ކުރިން ދެ މެޗޭ އެއްގޮތަށް ބޫޓާނަށް މި މެޗުގައި ވެސް އެންމެ ރަނގަޅަށް ކުޅުނު އެއް ކުޅުންތެރިއަކީ ޓީމުގެ ކެޕްޓަން، ޑޯޖީ ގްޔެލްސްޓެން އެވެ. އޭނާ އަކީ މުޅި މެޗަށް ބަލާއިރު، ވެސް އެންމެ ސްކޯރިން ރަނގަޅު ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މި މެޗުގައި 23 ޕޮއިންޓް ސްކޯކޮށްފަ އެވެ.

ފަސް ގައުމު ކުޅޭ މި މުބާރާތުގެ ލީގު ބުރު ނިމޭއިރު ފުލަށްދާ ޓީމެއް ކަޓާނެ އެވެ. އެ ގޮތުން ބަލާއިރު، މިރޭ ޕާކިސްތާނާއި ރާއްޖެ ކުޅޭ މެޗު ސެމީ އަށް ދިއުމަށް މި ދެ ޓީމަށް ވެސް މުހިންމު ވާނެ އެވެ. ރާއްޖެ ފުރަތަމަ ދެ މެޗުން ބަލިވިއިރު، ޕާކިސްތާން ވެސް ވަނީ ކުޅުނު މެޗުން ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox