ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް ބަލިކޮށް ބޫޓާން ޗެމްޕިއަންކަން ހޯދީ ފަހު ސިކުންތުގައި

Jun 23, 2023, 2:27 AM
ފައިވް ނޭޝަންސް ޗެމްޕިއަންޝިޕްގެ ޓްރޮފީއާއިއެކު ބޫޓާން ކުޅުންތެރިން އުފާފާޅުކުރަނީ

ފައިވް ނޭޝަންސް ޗެމްޕިއަންޝިޕްގެ ޓްރޮފީއާއިއެކު ބޫޓާން ކުޅުންތެރިން އުފާފާޅުކުރަނީ

ފަހު ސިކުންތު ކޮޅުގައި ބަންގްލަދޭޝް ބަލިކޮށް ބޫޓާނުން މާލޭގައި ކުރިއަށްދިޔަ ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

ފަސް ގައުމާ އެކު މިމަހުގެ 14 ވަނަ ދުވަހު ފެށި މުބާރާތުގެ ފައިނަލް މެޗު ބޫޓާނުން 62-60 ޕޮއިންޓުންނެވެ. ފައިނަލް މެޗު ކާމިޔާބުކޮށް ބޫޓާން ހޯދި ރަން މެޑައްޔަކީ ބައިނަލްއަގްވާމީ ލެވެލްގައި އެ ޓީމުން ހޯދި ފުރަތަމަ މެޑައްޔެވެ.

ފައިނަލް މެޗު ފަށައިގެން ރަނގަޅަށް ކުޅެ ލީޑު ނެގީ ބަންގަލްދޭޝް އިންނެވެ. އެ ގޮތުން ފުރަތަމަ ކުއާޓާ ނިންމާލިއިރު ދެ ޕޮއިންޓްގެ ލީޑުގައި އެ ޓީމް އޮތްއިރު ދެ ވަނަ ކުއާޓާގައި ބޫޓާނުން ތަފާތު ދައްކައި ލީޑު ނެގި އެވެ. މި ކުއާޓާގައި ބޫޓާނުން 18 ޕޮއިންޓް ސްކޯކުރިއިރު ބަންގްލަދޭޝަށް ސްކޯކުރެވުނީ އެންމެ ހަ ޕޮއިންޓެވެ.

މެޗުގެ ތިން ވަނަ ކުއާޓާގައި ބޫޓާނުން 22 ޕޮއިންޓް ލީޑެއް ވެސް ނެގި އެވެ. ނަމަވެސް ފަހު ކުއާޓާގައި ބަންގްލަދޭޝްގެ ކެޕްޓަން މިތުން ކުމާރު ބިސްވާސް ދެއްކި ތަފާތު މޮޅު ކުޅުމާ އެކު އެ ޓީމުން ނަތީޖާ ހަމަހަމަކޮށް ފަހު ވަގުތު ލީޑުވެސް ނެގި އެވެ. މެޗު ނިމެން ހަ ސިކުންތަށްވެފައި އޮތްއިރު، ސްކޯ އޮތީ 59-60 އިން ބަންގަލަދޭޝް ކުރީގަ އެވެ. ނަމަވެސް ފަހު ސިކުންތުގައި ސްކޯކޮށް ބޫޓާން އިން 62-60 އިން މެޗު ކާމިޔާބުކޮށް މުބާރާތުގެ ތަށި ހޯދި އެވެ.

މިއީ ސަރަހައްދީ ފައިނަލަކަށް ބޫޓާން ނުކުތް ފުރަތަމަ ފަހަރެވެ. މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުން އެ ޓީމަށް ޖާގަ ލިބުނީ ވެސް ހަތަރު ވަނަ ޓީމުގެ ގޮތުގަ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ބަންގްލަދޭޝްގެ ކެޕްޓަން މިތުން އެވެ. ފައިވް ނޭޝަންސް ޗެމްޕިއަންޝިޕްގައި ވާދަކުރީ ބޫޓާން އާއި ބަންގްލަދޭޝްގެ އިތުރުން، ނޭޕާލް، ޕާކިސްތާން އަދި ރާއްޖެ އެވެ. ރާއްޖެ މުބާރާތުން ކެޓީ ސެމީ ފައިނަލުގެ ފުރުސަތެއް ވެސް ނުލިބި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox