ގުޅެންޖެހުނު ބަޔަކާ ގުޅި، އިންތިހާބު ކާމިޔާބު ކުރާނަން: ވައްޑެ

މެމްބަރު ވައްޑެ ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ ރައީސް ސޯލިހު ކޯލިޝަން ހެއްދެވީ ޕާޓީއަކަށް ނުވާ ކަހަލަ ދެ ޕާޓީއާ ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މެމްބަރު ވައްޑެ ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ ރައީސް ސޯލިހު ކޯލިޝަން ހެއްދެވީ ޕާޓީއަކަށް ނުވާ ކަހަލަ ދެ ޕާޓީއާ ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކުރިއަސް އޮތް ރިޔާސީ އިންތިހާބުގައި ގުޅެން ޖެހުނު ބަޔާކާ ގުޅި އިންތިހާބު އެ ޕާޓީން ކާމިޔާބު ކުރާނެ ކަމަށް ދި ޑިމެކްރެޓްސްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

މިވަގުތު އުފައްދަން މަސައްކަތް ކުރާ ޑިމޮކްރެޓްސްގެ ހަރުގޭގައި ވާހަކަ ދައްކަވަމުން އުނގޫފާރު ދާއިރާގެ މެމްބަރު ވައްޑެ ވިދާޅުވީ، އަންނަ ނޮވެމްބަރު މަހު އުފެދޭނީ އެ ޕާޓީ ހިއްސާވާ ސަރުކާރެއްކަން އޭނާ ޔަގީން ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ގުޅެން ޖެހުނު ބަޔަކާއެކު ނިކުމެ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނަން. އިރާދަ ކުރެއްވިއްޔާ އަންނަ ނޮވެމްބަރު މަހު އުފެދޭނީ އަޅުގަނޑުމެން ހިއްސާވާ ސަރުކާރެއް،" ވައްޑެ ވިދާޅުވި އެވެ.

އިންތިހާބު ކާމިޔާބު ކުރަން ކޯލިޝަން ހަދާނެ ކަމަށް ވައްޑެ ވިދާޅުވިއިރު، ޑިމޮކްރެޓްސް އާއި ޖުމްހޫރީ ޕާޓީއާއެކު ވާހަކަ ދެއްކި ނަމަވެސް ކޯލިޝަން ހެދިފައެއް ނުވެ އެވެ. އިންތިހާބުގެ ދެ ވަނަ ބުރުގައި ކޯލިޝަން ހައްދަވާނެ ކަމަށް އެ ޕާޓީގެ ފިކުރީ ލީޑަރު މުހައްމަދު ނަޝީދު، ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގެ ތެރެއިން ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން، ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ އެއް ޕާޓީއަކަށް އެކަނި އިންތިހާބު ކާމިޔާބު ނުކުރެވުމަކީ ރައީސް ސޯލިހުގެ ބަލި ފައި ކަމަށެެވެ.

"ރައީސް ސޯލިހު ދެންނެވީ އިންތިހާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާ. އެއްވެސް ޕާޓީއަކަށް އެނގޭ އެއް ކަމަކީ، އެއްވެސް އެއް ޕާޓީއަކަށް ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަކުން މެޖޯރިޓީއެއް ނުނެގޭނެ. އެހެންވެގެން މި ދަންނަވަނީ އެއީ ރަސްމީ ސިފައެއްގައި ރައީސް ސޯލިހުގެ ބަލި އިއުލާނު ކުރެއްވި ދުވަސް. އެމަނިކުފާނާ އެކީގައި ޕާޓީއަކަށް ވާ ކަހަލަ ޕާޓީއެއް ނެތް،" އޭނާ ވިދާޅުވި އެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ރާއްޖޭގައި ހިނގާނެ ޗޮއިސްއެއް ނޫން. ކުރިއަށް މި އޮތް 84 ދުވަސް ފަހުން ފާރުގައި ބަހައްޓާ ފޮޓޯގަނޑެއް ފިޔަވައި އެއްވެސް ދަރަޖައެއް އެމަނިކުފާނަކަށް ރާއްޖެއަކު ނޯންނާނެ."

ސެޕްޓެމްބަރު 9، ގައި ރިޔާސީ އިންތިހާބު ބާއްވަން ހަމަޖެހިފައިވާއިރު ރައީސް ސޯލިހުގެ އިތުރުން ވާދަ ކުރައްވަނީ ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމެވެ. ކުރީގެ ރައީސް ނަޝީދު ނިކުންނަވާކަން އަދި ނޭނގެ އެވެ. އެކަމަކު، ޑިމޮކްރެޓްސްގެ ފަރާތުން ކެންޑިޑޭޓަކު ނެރޭނެ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.

އިންތިހާބުގައި ވާދަ ކުރުމަށް ވެރިކަން ހިންގާ އެމްޑީޕީން ކޯލިޝަން ހެދީ އަދާލަތު ޕާޓީ އަދި އެމްޑީއޭއާ އެވެ. ޖުމްހޫރީ ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމަށް ކޯލިޝަން ހެދުމުގެ ދައުވަތު ފޮނުވި ނަމަވެސް އެކަން ގަބޫލުކޮށްފައެއްނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox