ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް: ފަހަތުން އަރައި ޕާކިސްތާން އަތުން ނޭޕާލް މޮޅުވެއްޖެ

ޕާކިސްތާނާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޕާކިސްތާނާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާލޭގައި މިހާރު ކުރިއަށްދާ ފައިވް ނޭޝަންސް ޗެމްޕިއަންޝިޕްގައި ޕާކިސްތާން ބަލިކޮށް ނޭޕާލުން މުބާރާތުގައި އެޓީމްގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ފަސް ގައުމާ އެކު މާލޭގައި ކުރިއަށްދާ ބައިނަލްއަގްވާމީ މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ނޭޕާލް މޮޅުވީ 62-66 އިންނެވެ. މިއީ މިދިޔަ ދިހަ އަހަރެއްހާ ދުވަހަށް ބަލާއިރު ޕާކިސްތާނުން ބައިނަލްއަގްވާމީ މުބާރާތެއްގައި ކުޅުނު ފުރަތަމަ މެޗެވެ.

މިއަދުގެ މެޗު ފަށައިގެން ރަނގަޅަށް ކުޅެ ލީޑު ނެގީ ޕާކިސްތާނުންނެވެ. އިސްކޮޅުން ދިގު ބިޔަ ކުޅުންތެރިން ބޭނުންކޮށްގެން އެޓީމުން ފުރަތަމަ ކުއާޓާ ނިންމާލީ 15-11 އިން ލީޑުގައި އޮވެ އެވެ. މެޗުގެ ދެވަނަ ކުއާޓާގައި ޕާކިސްތާނުން އެއް ފެންވަރެއްގައި ކުޅުން ދެމެހެއްޓި އިރު، ޓީމްގެ އެންމެ މުހިންމު ކުޅުންތެރިޔާ އަދި ކެޕްޓަން ސަދީޝް ޕްރަދާން ނުލައި ކުޅުނު ނޭޕާލް ޓީމަށް މި ކުއާޓާގައި ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. ދެވަނަ ކުއާޓާ ނިމުނީ 33-28 އިން ޕާކިސްތާން ކުރީގައި އޮވެގެންނެވެ.

މެޗުގެ އެންމެ ފޯރިގަދަ ކުއާޓާއެއްގެ ގޮތުގައި ފެނުނީ ތިންވަނަ ކުއާޓާ އެވެ. މި ކުއާޓާގައި ޕާކިސްތާންގެ ކެޕްޓަން އަލީ މުހައްމަދު ޝަހުބާޒަށް އަނިޔާވެ ބަދަލު ކުރަން ޖެހުނު ވަގުތު އޭގެ ފައިދާ ނަގައި ނޭޕާލުން ޖެހިޖެހިގެން 13 ޕޮއިންޓް ސްކޯކޮށް ނަތީޖާ އަނބުރާލި އެވެ. މި ކުއާޓާ ނިމުނުއިރު ނޭޕާލް އޮތީ 45-49 އިން ލީޑުގަ އެވެ.

ހަތަރު ވަނަ ކުއާޓާގައި ޕާކިސްތާން ކުޅުންތެރިންނަށް ހުސްކޮށް ލިބުނު ގިނަ ފުރުސަތުތަކެއް ބޭކާރުކޮށްލިއިރު ނޭޕާލްގެ ކުޅުންތެރިން ފެނުނީ ކޮންފިޑެންސާއިއެކު ކުޅުނު ތަނެވެ. މި ކުއާޓާގައި ނޭޕާލްގެ ޒުވާން ދެ ކުޅުންތެރިންކަމަށްވާ ނިކޭޝް މަގަރު އަދި އަޔޫޝް ސިންގް މޮޅު ކުޅުމެއް ދެއްކި އެވެ.

މެޗުގައި ނޭޕާލް ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 15 ޕޮއިންޓް ހޯދައިދިން ނިކޭޝް އާއި 14 ޕޮއިންޓް ހޯދައިދިން އަޔޫޝް އެވެ. ފަހު ކުއާޓާގައި ކުރި ސްކޯތަކާއިއެކު އަޝިމް ޝްރޭސްތާވެސް ނެޕާލަށް 12 ޕޮއިންޓް އެއްކޮށް ދިނެވެ.

ޕާކިސްތާނަށް ބަލާއިރު އެ ޓީމުގެ އިސްކޮޅުން ދިގު ދެ ކުޅުންތެރިންކަމަށް ޒައިނުލް ހަސަން 17 ޕޮއިންޓް އަދި ޝާހިދު މުހައްމަދު 13 ޕޮއިންޓް ސްކޯކޮށްދިނެވެ.

މުބާރާތުގައި ޕާކިސްތާން ކުޅޭ ދެވަނަ މެޗުގައި މާދަމާ ރޭ ނިކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. ނޭޕާލަށް ދެން އޮތީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox