މައުންޓަށް ޔުނައިޓެޑުން ކުރި 50 މިލިއަން ޑޮލަރުގެ ބިޑް އަނބުރާ ފޮނުވާލައިފި

Jun 15, 2023, 7:58 AM
މައުންޓަށް ޔުނައިޓެޑުން ކުރި 50 މިލިއަން ޑޮލަރުގެ ބިޑް އަނބުރާ ފޮނުވާލައިފި

ލަންޑަން (ޖޫން 15) - ޗެލްސީ އަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރު، މޭސަން މައުންޓް ހޯދަން މެންޗެސްޓާ ޔުނައިޓެޑުން ކުރި 50 މިލިއަން ޑޮލަރުގެ ބިޑް ޗެލްސީން އަނބުރާ ފޮނުވާލައިފި އެވެ.

ޔުނައިޓެޑުން މައުންޓް ހޯދުމުގެ ރޭހުގައި ވާދަކުރަމުން އަންނައިރު، މިހާތަނަށް އެ ނޫން ކްލަބަކުން އޭނާ ހޯދުމުގެ މަސައްކަތުގައި ރަސްމީކޮށް ބައިވެރިވެފައިނުވެ އެވެ. މީގެ ކުރިން، ލިވަޕޫލް އާއި ޓޮޓެންހަމް ހޮޓްސްޕާސް އިން ވެސް މައުންޓް ގަންނަން ޝައުގުވެރިވާ ކަމަށް މީޑިއާ އިން ރިޕޯޓްކޮށްފައިވެ އެވެ.

ޗެލްސީން މައުންޓް، 24، ވިއްކާލަން ކިޔާ އަގު އުޅެނީ 70 މިލިއަން ޑޮލަރާ ގާތްކުރާ އަދަދަަކަށެވެ. މައުންޓާ އެކު ޗެލްސީން މި ވަގުތު ހަދާފައި އޮތް ކޮންޓްރެކްޓް އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އެހެންވެ، ޗެލްސީން އެ ކިޔާ އަގުދޭން ޔުނައިޓެޑުން ބޭނުމެއް ނުވެ އެވެ. އެހެންވެ، ޔުނައިޓެޑުން ދެން ބިޑެއް ކުރިޔަސް ޗެލްސީން ބުނާ އަގަށް ވުރެ ކުޑަކޮށް ހުށަހެޅުމުގެ ފުރުސަތު ބޮޑެވެ.

Advertisement

ނެދަލެންޑްސްގެ ވިޓެސޭ އާހެމް އާއި އިނގިރޭސި ދެ ވަނަ ޑިވިޝަންގެ ޑާބީ ކައުންޓީ އަށް ލޯން އުސޫލުން ކުޅެފައިވާ މައުންޓް އަށް އޭނާގެ ރަސްމީ ކްލަބް، ޗެލްސީ ޓީމުން ގަވާއިދުން ފުރުސަތު ލިބެން ފެށީ ފްރޭންކް ލަމްޕާޑް، 2019 ވަނަ އަހަރު ޗެލްސީ ކޯޗަކަށް ހުރިއިރު އެވެ.

އެކަމަކު، މި ފަހުން، ޗެލްސީގެ ވެރިޔާ ޓޮޑް ބޯލީގެ އެ ކްލަބް ހިންގުމާ ހަވާލުވެ ބޮޑު ހަރަދުކޮށް، ގިނަ ކުޅުންތެރިންތަކެއް ގެނެސްފައިވާއިރު، މައުންޓަށް ކުޅެލަން ލިބޭ ވަގުތު ވަނީ މަދުވެފަ އެވެ. އެހެންވެ، އިންގްލެންޑް ގައުމީ ޓީމުން ގަވާއިދުން ޖާގަ ހޯދުމުގެ ވިސްނުމުގައި މައުންޓް ކްލަބް ބަދަލުކުރަން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޗެލްސީ އަށް ކުޅެމުން އަންނަ ޖަރުމަނުގެ ފޯވާޑް ކައި ހަވާޓްޒް ހޯދަން އާސެނަލުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު، ޗެލްސީން ހަވާޓްޒް ވިއްކާލަން ކިޔާ 87 މިލިއަން ޑޮލަރު ދީފައި އެ ޑީލްކުރިއަށް ގެންދަން އާސެނަލްގެ ޝައުގުވެރިކަމެއް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox