ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް: ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވެއްޖެ

ބަންގްލަދޭޝް އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބަންގްލަދޭޝް އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާލޭގައި މިއަދު ފެށި ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ބަލިވެއްޖެ އެވެ.

މިއަދުން ފެށިގެން މި މަހުގެ 23 އާ ހަމައަށް ކުރިއަށްދާ މުބާރާތުގައި ރާއްޖޭން ކުޅުނު މެޗުގައި ބަންގްލަދޭޝް އަތުން ބަލިވީ 52-42 އިންނެވެ.

ޒުވާނުންގެ މަރުކަޒު އިންޑޯ ކޯޓުގައި ރާއްޖެ އާއި ބަންގްލަދޭޝް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިރޭގެ މެޗު ފަށައިގެން ރާއްޖެއިން ރަނގަޅަށް ކުޅެ ލީޑެއްވެސް ނެގި އެވެ. އެ ގޮތުން، 10-6 އިން ލީޑުގައި އޮއްވައި، ބަންގްލަދޭޝް އިން ކުޅުން ރަނގަޅުކޮށް ގިނަ ސްކޯތަކެއްކޮށް ލީޑު ނެގި އެވެ. ފުރަތަމަ ކުއާޓާގައި ރާއްޖޭގެ އަބްދުﷲ އަމްޒަރު ރަނގަޅު ސްކޯތަކެއް ކުރިއިރު، ބަންގްލަދޭޝް ޓީމުގެ އެމްޑީ ސުލައިމާން ޓަނޫ ބޯޑު ދަށުން ގިނަ ބާސްކެޓްތަކެއް ވެއްޓި އެވެ.

Advertisement

މިރޭގެ މެޗުގެ ތެރެއިން ރާއްޖެ ޓީމުގެ އަމްޒަރު: ފުރަތަމަ ކުއާޓަރުގައި ރަނގަޅު ކުޅުމެއް ދެއްކި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދެ ވަނަ ކުއާޓާގައިވެސް ފެނުނީ އެއް މަންޒަރެކެވެ. ބަންގަލަދޭޝުން އެ ޓީމުގެ އިސްކޮޅުން ދިގު ކުޅުންތެރިން ބޮކްސްތެރެއަށް ގިނަކޮށް ސްކޯކުރި އެވެ. މި ކުއާޓާގެ ފަހުކޮޅު ނޭޕާލުން ނުވަ ޕޮއިންޓްގެ ލީޑެއް ނެގި ނަމަވެސް ފަހު ދޮޅު މިނެޓުގައި ޖެހިޖެހިގެން ހަތް ޕޮއިންޓް ސްކޯކޮށް މި ކުއާޓާ ނިމުމުގެ ކުރިން ރާއްޖެއިން ސްކޯ ދެ ޕޮއިންޓަށް ކައިރިކުރި އެވެ. މި ކުއާޓާ ނިމުނީ 23-21 އިން ބަންގްލަދޭޝް ކުރީގައި އޮވެގެންނެވެ.

މި މެޗުގެ އެންމެ ބޮޑު ތަފާތަކަށްވީ ތިން ވަނަ ކުއާޓާ އެވެ. މި ކުއާޓާގައި ބަންގްލަދޭޝް އިން ގިނަ ދިމާލުން ސްކޯތަކެއްކުރިއިރު، ރާއްޖެ އަށް ލިބުނު ހުސް ގިނަ ފުރުސަތުތަކެއް ބޭކާރު ކޮށްލެވުނެވެ. ނަތީޖާއެއްގެ ގޮތުން ބަންގްލަދޭޝް މި ކުއާޓާ ނިންމާލީ ނުވަ ޕޮއިންޓްގެ ލީޑަކާއެކުގަ އެވެ.

ފަހު ކުއާޓާ ފާހަގަވީ ދެ ޓީމުން ވެސް ގިނަ މިސްޓޭކްތަކެއް ހެދި ކުއާޓާއެއްގެ ގޮތުގަ އެވެ. އެންމެ ސްކޯރިން ދަށްކޮށް ފެނުނު މި 10 މިނެޓުގައި ރާއްޖެއިން ބޭރުން ގިނަ ޝޫޓްތަކެއް ކުރި އެވެ. ފަހު ދެ މިނެޓަށް ދިޔައިރު ރާއްޖެއިން ފަސް ޕޮއިންޓަށް ސްކޯވެސް ކައިރިކުރި އެވެ. ނަމަވެސް އެ ދަނޑިވަޅުގައި އިންޑޯގައި ހަރުކޮށްފައި ހުރި ލައިޓްތަކެއްގައި މައްސަލައެއް ޖެހި ކުޅުން މެދު ކަނޑާލަން ޖެހުމުން ރާއްޖޭއިން ކުޅުނު ޓެމްޕޯ އެއްކޮށް ގެއްލުނެވެ. އަދި ޕްރެޝަރުގައި ތިބި ބަންގްލަދޭޝްގެ ކުޅުންތެރިންނަށް ހަމަޖެހިލަން ވަގުތު ލިބުނެވެ. ފަހު ދެ މިނެޓުގައިވެސް ސްކޯކުރަން މަސައްކަތްކުރި ތްރީ ޕޮއިންޓްތައް ކާމިޔާބުނުވެ ރާއްޖެ މި މެޗުން ބަލިވީ 52-42 އިންނެވެ.

މުޅި މެޗަށް ބަލާއިރު ރާއްޖޭގެ ކުޅުންތެރިން 31 ތްރީ ޕޮއިންޓް އެޓެމްޓް ކުރި އެވެ. ނަމަވެސް އޭގެެތެރެއިން ވެއްޓުނީ ހަަތަރު ބޯޅަ އެވެ. ރާއްޖޭގެ ކުޅުންތެރިން ޝޫޓް ކުރި 18 ފްރީ ތުރޯގެ ތެރެއިން ވެއްޓުނީ އަށް ބޯޅަ އެވެ.

ރާއްޖެ ޓީމުގެ ނަސީމް ބްލޮކްކުރަން ބަންގްލަދޭޝްގެ ކުޅުންތެރިން މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި މެޗުގައި ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ހަތަރު އެސިސްޓްކޮށް ހަތް ސްޓީލްކުރި އިސްމާއިލް ވިލްދާން ޔޫސުފް އެވެ. ވިލްދާން މި މެޗުގައި ފަސް ޕޮއިންޓް ސްކޯކުރިއިރު ރާއްޖޭގެ ޑިފެންސް ލައިނުގައި ބުރަކޮށް މަސައްކަތްކޮށް ގިނަ ބޯޅަތަކެއް ހޯދި އެވެ.

ރާއްޖޭގެ ޓީމަށް އެންމެ ގިނަ ޕޮއިންޓް ސްކޯކޮށްދިނީ 14 ޕޮއިންޓް ސްކޯކުރި އަބްދުﷲ އަމްޒަރު މުހައްމަދު އެވެ. މީގެ އިތުރުން މުހައްމަދު ހުވައިލިދު އަލީ (ހުވޭ) އަށް ޕޮއިންޓް އަދި އިބްރާހިމް ނަސީމް ހަތް ޕޮއިންޓް ސްކޯކުރި އެވެ.

ބަންގްލަދޭޝް ޓީމަށް ބަލާއިރު އެޓީމްގެ މަސޫދް ރާނާ 19 ޕޮއިންޓް ސްކޯކޮށްދިނެވެ. މުޅި މެޗުގައި 12 ރީބައުންޑް އޭނާ ނެގިއިރު، ޝޫޓު ކުރި 11 ބޯލައިގެ ތެރެއިން އަށް ބޯޅަ ބާސްކެޓްކުރި އެވެ. އޭގެ ތެރޭގައި މުހިންމު ދަނޑިވަޅުތަކުގައި ތިން ފަހަރަށް ތްރީ ޕޮއިންޓް ސްކޯކުރި އެވެ. މަސޫދުގެ އިތުރުން ޓީމްގެ ކެޕްޓަން މިތުން ބިސްވާސްވެސް 11 ޕޮއިންޓް ސްކޯކޮށްދިނެވެ. އޭނާ ވަނީ މެޗުގައި 14 ރީބައުންޑް ނަގައި ހަތަރު އެސިސްޓްކޮށް ހަތް ސްޓީލްކޮށްފަ އެވެ.

ފައިވް ނޭޝަންސް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް ކުޅޭ ދެވަނަ މެޗުގައި މާދަމާ ހަވީރު ނިކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. ދިވެހިރާއްޖެ ކުޅޭ ދެވަނަ މެޗުގައި މާދަމާ ރޭ ނިކުންނާނީ ބޫޓާނާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox