ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް: ނޭޕާލް ބަލިކޮށް ބޫޓާން އަށް ރަނގަޅު ފެށުމެއް

ފައިވް ނޭޝަންސް ކަޕްގައި މިއަދު ހަވީރު ބޫޓާނާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ފައިވް ނޭޝަންސް ކަޕްގައި މިއަދު ހަވީރު ބޫޓާނާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތުގެ ފުރަތަަމަ މެޗުގައި ނޭޕާލް ބަލިކޮށް ބޫޓާނުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ސަރަހައްދީ ފަސް ގައުމާ އެކު މިއަދު މާލޭގައި ފެށި ފައިވް ނޭޝަންސް ކަޕްގެ ފުރަތަމަ މެޗުގައި ނޭޕާލް އަތުން ބޫޓާން މޮޅުވީ 61-55 އިންނެވެ. މިއީ، ސަރަހައްދީ ބާސްކެޓްބޯޅައިގެ ތާރީހުގައި ނޭޕާލް އަތުން ބޫޓާން މޮޅުވި ދެ ވަނަ ފަހަރެވެ. މީގެ ކުރިން ބޫޓާނުން ވަނީ 2021 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ސާބާ ޗެމްޕިއަންޝިޕުގައި ނޭޕާލް ބަލިކޮށްފަ އެވެ.

ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ފުރަތަމަ ލީޑު ނެގީވެސް ބޫޓާނުންނެވެ. ނޭޕާލަށް ގޭމުގެ ތެރެއަށް ނުވަދެވިގެން އުޅެނިކޮށް ފުރަތަމަ ކުއާޓާގައި ހަ ޕޮއިންޓްގެ ލީޑެއް ނަގައި އެ ލީޑު ދެމެހެއްޓި އެވެ.

މެޗުގެ ދެ ވަނަ ކުއާޓާގައި ވެސް ބޫޓާން ފެނުނީ މާ ވަރުގަދަކޮށެވެ. ނޭޕާލުން ބަދަލުތައް ގެނެސް ސްކޯ ކައިރިކުރަން މަސައްކަތްކުރި ނަމަވެސް 10 ޕޮއިންޓްގެ ލީޑެއް ބޫޓާނުން ނެގި އެވެ. ފުރަތަމަ ދެ ކުއާޓާ އަށް ބަލާއިރު ނޭޕާލްގެ ޖިގްމޭ ޝެރިން އަދި ރިންޗެން ދޯޖީގެ ކުޅުން ފާހަގަކޮށްލެވުނެވެ.

ތިން ވަނަ ކުއާޓާގައި ނޭޕާލުން ކުޅުން ވަރުގަދަކޮށް ޑިފެންސް ރަނގަޅު ކުރި އެވެ. ސްކޯގެ ފަރަގު ފަސް ޕޮއިންޓަށް ކުޑަކުރި އެވެ. ނަމަވެސް ހަތަރު ކުއާޓާ ފެށި ގޮތަށް ލީޑު އަނެއްކާވެސް ފުޅާކޮށް ބޫޓާނުން ތަފާތު ދެއްކި އެވެ.

މުބާރާތުގައި ބޫޓާން ކުޅޭ ދެވަނަ މެޗުގައި އެޓީމް ނިކުންނާނީ ރާއްޖެއާ ދެކޮޅަށެވެ. ނޭޕާލް ދެ ވަނަ މެޗުގައި މާދަމާ ހަވީރު ނިކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.

ފައިވް ނޭޝަންސް ކަޕްގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ރާއްޖެ އާއި ބަންގްލަދޭޝް އެވެ. މެޗު ފަށާނީ 20:30 ގަ އެވެ. މި މެޗުގެ ކުރިން މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ވެސް އޮންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox