މަޖިލިސް ހަލަބޮލިކުރަން ރިޔާސަތުން ފުރުސަތުދޭ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ނޫސްވެރިންނާ ބައްދަލުކުރައްވަނީ. މަޖިލިސް ހަލަބޮލިކުރަން ރިޔާސަތުން ފުރުސަތުދޭ ކަމަށް އެޕާޓީން ތުހުމަތުކުރޭ. ފޮޓޯ:މަޖިލީހުގެ އިދާރާ

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ނޫސްވެރިންނާ ބައްދަލުކުރައްވަނީ. މަޖިލިސް ހަލަބޮލިކުރަން ރިޔާސަތުން ފުރުސަތުދޭ ކަމަށް އެޕާޓީން ތުހުމަތުކުރޭ. ފޮޓޯ:މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހުއްޓައިލުމުގެ ކުރިން މަޖިލިސް ހަލަބޮލިކުރަން ރިޔާސަތުން ފުރުސަތު ދިން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ތުހުމަތުކޮށްފި އެވެ.

މިއަދުގެ ޖަލްސާ ގައި މެމްބަރުންގެ އަރައިރުން ބޮޑުވުމުން، ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަަން މެދުކަނޑައިލުމަށްފަހު އަލުން ފެށި އިރު ވެސް އެ އަރަައިރުން އުފެދުނު މައްސަލައާ މެދު އޮތީ ގޮތެއް ނުނިމި އެވެ. މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުންނާއި އެޕާޓީން ވަކިވެވަޑައިގެން " ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްކުރައްވާ މެމްބަރުންނާ ދެމެދު އަރައިރުމެއް ފެށުނީ ކޮމިޓީތަކުގެ އެކުލެވުން ބަދަލުކުރުމުގެ މައްސަލައިގަ އެވެ.

އެ އަރައިރުމުގެ ތެރެއިން ޖަލްސާ ނިންމައިލި އިރު، ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު އެއްވެސް މެމްބަރަކަށް ފިޔަވަޅެއް ނާޅުއްވަ އެވެ. ޖަލްސާ ކުރިއަށް ދިޔަ އިރު ވެސް އެމްޑީޕީގެ މެމްބަރުން އެކަން ފާހަގަކުރައްވައި ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭގެ ފަހުން އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ޖަލްސާގައި އެއްވެސް ބަަހުސެއް ކުރުމުގެ ފުރުސަތު ނުދީ މަޖިލިސް ހަލަބޮލި ކުރި އިރު ގަވައިދާ އެއްގޮތަށް އަމަލުކުރަން ރިޔާސަތުން ފަސްޖެހުނު ކަމަށެވެ. މިއަދުގެ ޖަލްސާ ހޫނުވިި މައްސަލަ ކަމަށްވާ ކޮމިޓީތަކަށް އަލުން މެމްބަރުން ކަނޑައެޅުމުގެ މައްސަލަ އެޖެންޑާކުރީ ސިޔާސީ ޕާޓީތަކާއި ވަކިޕާޓީއަކަަށް ނިސްބަތް ނުވާ މެމްބަރުންނާ ތިން ފަހަރެއްގެ މަތިން މަޝްވަރާކުރުމަށް ފަހުގައި ކަަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"...މި މައްސަލާގައި [ކޮމިޓީތަކަށް މެމްބަރުން ލުމުގެ މައްސަލާގައި] މަޖިލީހުގެ އިދާރާއިން ދެގޮތެއް ހުށަހަޅާފައި ވަނިކޮށް އެއިން އެއްވެސް ކަމަކަށް ބަހުސްކުރުމުގެ ފުރުސަތު ނުދީ މިއަދުގެ ޖަލްސާ ފެށުމާ އެކު އިދިކޮޅު މެމްބަރުންނަށް މަޖިލިސް ހަލަބޮލިކުރަން ފުރުސަތުދީ، ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ފަސްޖެހި މަޖިލީހުގެ ރިޔާސަތުން ވަނީ މިއަދުގެ ޖަލްސާ ހުއްޓައިލައިފަ އެވެ،" އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ބަޔާނުގައި ބުންޏެވެ.

މަޖިލީހުގައި ކުރަން ޖެހޭ މުހިއްމު މަސައްކަތްތަކެއް އެބަހުރި ކަމަށް ބުނެ، އެފަދަ ބައެެއް މަސައްކަތްތަކުގެ ތަފްސީލު ވެސް އެ ބަޔާނުގައި ހިމަނާފައި ވެ އެވެ. ފެނުމުން މަހުރޫމުވެފައިވާ މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓް ލެވޭ ގޮތަށް، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނު ބަދަލުކުރަން ހުށަހަޅާފައިވާ ބިލުގެ މަސައްކަތް އޭގެ ތެރޭގައި ހިމެނެ އެވެ.

ބަޔާނުގައި އެމްޑީޕީން ގޮވައިލީ މަޖިލީހުގައި މިހާރު ހުއްޓިފައިވާ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ މަގު، މެމްބަރުންނާއި މަޖިލީހުގެ އިދާރާއިން ފަހިކޮށްދިނުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox