މަޖިލީހުގެ ނިޒާމު މުޅިން ގެއްލުމުން ވެސް އަފީފު އަޅައެއް ނުލެއްވި

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. މަޖިލިހުގެ ނިޒާމު މިއަދު ގެއްލުނު އިރު އެކަން ހަމަޖައްސަވަން އޭނާ މަސައްކަތެއް ނުކުރައްވާ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. މަޖިލިހުގެ ނިޒާމު މިއަދު ގެއްލުނު އިރު އެކަން ހަމަޖައްސަވަން އޭނާ މަސައްކަތެއް ނުކުރައްވާ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ނިޒާމު މުޅިން ގެއްލި، މެމްބަރުން އަޑުގަދަކުރައްވައި، ވާހަކަ ދައްކަވަން ހުންނެވި މެމްބަރެއްގެ މައިކްރޮފޯން އަތުލި އިރު ވެސް މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު އެކަމާ އަޅުއްވައި ނުލައްވައި ދޫކޮށްލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު އަފީފު ބަލަހައްޓަވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ވެސް ތަޅުމުގައި ވަޑައިގެން ނެތުމުންނެވެ. އެފަދަ ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓަވަން އަފީފާ ހަވާލުކުރެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

މިއަދުގެ ޖަލްސާ ގައި މެމްބަރުންގެ އަރައިރުން ބޮޑުވުމުން، ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަަން މެދުކަނޑައިލުމަށް ފަހު އަލުން ފެށި އިރު ވެސް އެ އަރަައިރުން އުފެދުނު މައްސަލައާ މެދު އޮތީ ގޮތެއް ނުނިމި އެވެ. މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުންނާއި އެޕާޓީން ވަކިވެވަޑައިގެން " ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްކުރައްވާ މެމްބަރުންނާ ދެމެދު އަރައިރުމެއް ފެށުނީ ކޮމިޓީތަކުގެ އެކުލެވުން ބަދަލުކުރުމުގެ މައްސަލައިގަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޑިމޮކްރެޓުން އިހުތިޖާޖު ކުރަނީ. ނިޒާމު ގެއްލުނީ އެޖެންޑާގައި އޮތް އައިޓަމެއް ނެގުމަށް ޑިމާންޑު ކުރުމުން
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޑިމޮކްރެޓުން އިހުތިޖާޖު ކުރަނީ. ނިޒާމު ގެއްލުނީ އެޖެންޑާގައި އޮތް އައިޓަމެއް ނެގުމަށް ޑިމާންޑު ކުރުމުން

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޑިމޮކްރެޓުން އިހުތިޖާޖު ކުރަނީ. ނިޒާމު ގެއްލުނީ އެޖެންޑާގައި އޮތް އައިޓަމެއް ނެގުމަށް ޑިމާންޑު ކުރުމުން

ޖަލްސާ ދެވަނަ ފަހަރަށް ފެށުމާ އެކު، ޑިމޮކްރެޓްސް މެމްބަރުން ވިދާޅުވީ ކޮމިޓީތަކަށް މެމްބަރުން ކަނޑައެޅުމުގެ މައްސަލަ އެޖެންޑާކުރީ ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންގެ ހައިސިއްޔަތުން އެ މެމްބަރުންނާ މަޝްވަރާނުކޮށް ކަމަށެވެ. މިހާރު ހުށަހަޅާފައި އޮތް ގޮތަށް ކޮމިޓީތަކުގެ މެޖޯރިޓީ ދިނުމާ ވެސް އެ މެމްބަރުން ދެކޮޅެވެ.

އެ މައްސަލާގައި މެމްބަރުންގެ މެދުގައި އަރައިރުމެއް ހިނގަހިނގައި އޮއްވައި ރިޔާސަތުން އަފީފު ފުރުސަތު ދެއްވީ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު ހުށަހަޅުއްވަން މަސައްކަތްކުރައްވާ ކުއްލި މައްސަލަ އަށެވެ.

އެއާ އެކު ނިޒާމާ ބެހޭ މައްސަަލައެއް ކަމަށް ވިދާޅުވެ ފަހަރަކު މެމްބަރަކު ވިދާޅުވަމުން ގެންދެވީ މިއަދުގެ ޖަލްސާގެ އެޖެންޑާ ނަމްބަރު 6.1 ގައި އޮތް، ކޮމިޓީތަކުގެ މައްސަލަ އެޖެންޑާއިން އުނިކޮށްގެން ނޫނީ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އެހެން ނަމަވެސް ރިޔާސަތުން އަފީފު ވިދާޅުވަމުން ގެންދެވީ އެޖެންޑާގެ އެ ނަމްބަރާ ބެހޭ ގޮތުން މައްސަަލައެއް ނެންގެވޭނީ އެ ހިސާބަށް ދިއުމުން ކަމަށެވެ. އެހެން ވިދާޅުވެ އާދަމް ޝަރީފަށް އަނެއްކާވެސް ފުުރުސަތު ދެއްވީ އާދަމް ޝަރީފަށެވެ.

އެ ފުރުސަތުގައި އާދަމް ޝަރީފު ވާހަކައްދަކަވަން ފެށްޓެވުމާ އެކު އޭނާގެ މައިކް އަތުލައްވައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އެހިސާބަށް ދިޔަ އިރު ވެސް ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތަވަން އަފީފު ނަސޭހަތެއް ނުދެއްވަ އެވެ. އެއްވެސް މެމްބަރެއްގެ ނަމެއް ވެސް ނީއްވަވަ އެވެ. އެމްޑީޕީގެ ބައެއް މެމްބަރުން ތަކުރާރުކުކޮށް އެކަމާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އެހެން ނަމަވެސް, ފަހުން ރިޔާސަތުގެ މޭޒު ކުރިމަތީގައި އިހުތިޖާޖު ކުރަމުންދިޔަ މެމްބަރުންނަށް އޭނާ ނަސޭހަތްތެރިވި އެވެ. އ

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox