ކޮމިޓީތަކުގެ މައްސަލައަށް ނުގޮސް، ހައިޖާނު ހަދައި މަޖިލިސް މެދުކަނޑާލަައިފި

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރަކު އެމްޑީޕީން ވަކިވެވަޑައިގެންނެވުމާ ގުޅިގެން، މަޖިލީހުގެ ކޮމިޓީތަކުގެ އެކުލެވުމަށް ގެންނަ ބަދަލާ މެދު ގޮތެއް ކަނޑައަޅަން އެޖެންޑާކޮށްފައި ވަނިކޮށް އެ މައްސަލައާ ހިސާބަށް ނުދަނީސް އެކަމުގައި މެމްބަރުން އަރައިރުންވެ، މަޖިލީހުގެ މިއަދުގެ ޖަލްސާ މެދުކަނޑާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބުރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅުމުން، މަޖިލީހުގައި އެޅުނުކަމަށް ބުނާ މަރުތަޅުގެ އެއް އަސްލަކީ ކޮމިޓީތަކުގެ އެކުލެވުމަށް ގެންނަން ޖެހޭ ބަދަލު ނުގެނެސް އޮތުމެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށް ކުރިއަށް ގެންދަން ދަތިވާ ސަބަބެއް ކަމަށް މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ އާއްމު ކޮމިޓީގެ އެކުލެވުމާ މެދު ގޮތެއް ނުނިމި އޮތުމެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށީ ކޮމިޓީތަކުގެ މައްސަަލަ އެޖެންޑާކޮށްގެންނެވެ. އެޖެންޑާގައި ފުރަތަމަ ކަމަކަށް އޮތީ އެ މައްސަަލަ ކަމަށް ވިޔަސް މަޑުއްވަރި ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު ކުއްލި މައްސަލައެއް ހުށަހަޅުއްވާފައި ވާތީ ރިޔާސަތުން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ފުރަތަމަ ފުރުސަތު ދެއްވީ އެ މައްސަލަ އަށެވެ.

ކުއްލި މައްސަލަ ހުުށަހަޅަން އާދަމް ޝަރީފު ފެށްޓެވުމާއި އެކު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި އެމްޑީޕީ މެމްބަރުންނާ ދެމެދު އަރިރުމެއް ފެށުނެވެ. އެ އަރައިރުމުގެ ތެރެއިން ނިޒާމާ ބެހޭ މައްސަލައެއް ކަމަށް ވިދާޅުވެ ފުރުސަތު ހޯއްދަވައިގެން އާޒިމް ނެންގެވީ ކޮމިޓީތަކަށް މެމްބަރުން އައްޔަންކުރަން އެމްޑީޕީން ހުށަހަޅާފައިވާ ގޮތާ މެދުގަ އެވެ. އާޒިމާއި އެމްޑީޕީ މެމްބަރުންނާ ދެމެދު ހިނގި އަރައިރުމުގައި ހުތުރު ބަހުން މުއާމަލާތްކުރާ އަޑު ވެސް އިވުނެވެ.

އެކަމުގައި މެމްބަރު އާޒިމާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވެސް އެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރެއްވި އެެވެ.

"އިއްޒަތްތެރި ރައީސް، މަޖިލީހުގެ ކޮމިޓީތަކަށް މެމްބަރުން ކަނޑައަޅާއިރު ކީއްވެގެންތޯ މުޅި މަޖިލީހުގެ ޖުުމްލަ މެމްބަރުންގެ އަދަދު، އެއީ ޕާޓީތަކަށް ނިސްބަތްވާ، އެއީ ކޮމިޓީތަކަށް ކަނޑައަޅާ އަދަދުގެ ގޮތުގައި [ބަލަނީ؟]، އޭގެ އިތުރުން ކޮންމެ ކޮމިޓީއަކަށް ވަކިން އެ ޕަސެންޓޭޖް މިދެނީ، އެއީ ކޮން އުސޫލަކުންތޯ؟" ހަސަން ލަތީފު ވިދާޅުވި އެވެ.

ކަންބޮޑުވުން ފާޅުކުރެއްވުމުން ރިޔާސަތުން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ ކޮމިޓީތަކުގެ އެކުލެވުމާ މެދު ވާހަކަ ދައްކަވަން، އެެޖެންޑާގެ އެ އައިޓަމާ ހިސާބަށް ދިއުމުން ފުރުސަތު ދެއްވާނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ރިޔާސަތުގައި އިންނެވި ހަސަން އަފީފް ވަނީ ޖަލްސާ މެދުކަނޑާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox