ކޮމެޓީތަކުގެ ނިސްބަތް ފާސް ކުރުން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

މަޖިލީހުގެ އަމީން އާންމު: މިއަދު ނެރުނު އެޖެންޑާގައި އޮތީ ކޮމެޓީތަކަށް މެމްބަރުން އައްޔަން ކުރާނެ ގޮތް ފާސް ކުރުން ހިމަނައިފަ -- ފޮޓޯ: މަޖިލިސް

މަޖިލީހުގެ އަމީން އާންމު: މިއަދު ނެރުނު އެޖެންޑާގައި އޮތީ ކޮމެޓީތަކަށް މެމްބަރުން އައްޔަން ކުރާނެ ގޮތް ފާސް ކުރުން ހިމަނައިފަ -- ފޮޓޯ: މަޖިލިސް

ސިޔާސީ ޕާޓީތަކުގެ ދެބަސްވުންތަކާހުރެ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތް ހުއްޓިފައިވާތީ އެ ކޮމެޓީތަކަށް މެމްބަރުން އައްޔަން ކުރާނެ ގޮތް ފާސް ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކި ކުރުމުގެ ދެ ގަރާރެއް މަޖިލީހަށް ހުށަހަޅާފައިވާއިރު ގަވާއިދުވާ ގޮތުން އެ ދެ ޖަލްސާގައި ވާހަކަ ދައްކާނެ މެމްބަރުންނާއި ވަގުތު ކަނޑައަޅަންޖެހެނީ މަޖިލީހުގެ އާންމު ކޮމެޓީންނެވެ.

ގަވާއިދު ބުނަނީ ކޮމެޓީތަކަށް މެމްބަރުން އައްޔަން ކުރަންޖެހެނީ މަޖިލީހުން ޕާޓީތަކަށް ލިބިފައިވާ ޕަސެންޓޭޖާ އެއްވަރަށް ނަމަވެސް ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންނަށް ވެސް ހައްގު ފުރުސަތު ދިނުމަށްފަހު ކަމަށެވެ.

Advertisement

މެއި 17، ގައި އެމްޑީޕީގެ މެމްބަރުންތަކެއް އެ ޕާޓީން ވަކިވުމުން މަޖިލީހުގައި ޕާޓީތަކަށް ލިބިފައިވާ ނިސްބަތް ބަދަލުވުމުން، ކޮމެޓީތައް އޮތީ ފުރިހަމަނުވެ އެވެ. އަލުން މެމްބަރުން އައްޔަން ކުރާނެ ގޮތަކާމެދު ޕާޓީތަކުގެ ހިޔާލު ތަފާތެވެ.

އެމްޑީޕީން ބުނަނީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީއަށް ކޮންމެ ކޮމެޓީއަކުން 64 ޕަސެންޓު ލިބެންޖެހޭނެ ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަނީ އެ ޕަސެންޓޭޖު ޖެހޭނީ ހުރިހާ ކޮމެޓީތަކެއްގެ މެދުގައި ބަހަން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް މިވަގުތު އޮތީ ހުއްޓިފަ އެވެ. މިއަދުގެ ޖަލްސާ ވެސް ވަނީ ބޭއްވޭ ގޮތް ނުވެފަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކި ކުރަން މިއަދުގެ ޖަލްސާގައި އެޖެންޑާ ކުރި ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުން އެކަހެރިވެވަޑައިގެންފައިވާތީ އެވެ.

ނަޝީދު ރިޔާސަތުން ދުރުވެވަޑައިގެންނެވީ އެމަނިކުފާނު ވަކި ކުރުމުގެ މައްސަލައެއް ވެސް ހުށަހަޅާފައިވާތީ އެ މައްސަލައިގައި ގޮތެއް ނިމެންދެކަށެވެ. ނަމަވެސް ގަވާއިދު ބުނާ ގޮތުން ނައިބު ރައީސް ވަކި ކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަންޖެހެެނީ ރައީސްއަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައިވާތީ އެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެެނެސް އެކަން ހައްލު ކުރަން އެމްޑީޕީން މިއަދު ވަނީ ހުށަހަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox