މަޖިލިސް ހުއްޓިފައިވާ މައްސަލަ ހައްލު ކުރަން ގަވާއިދު އިސްލާހު ކުރަން އެމްޑީޕީން ހުށަހަޅައިފި

މަޖިލިސް ހުއްޓިފައިވާ މައްސަލަ ހައްލު ކުރަން ގަވާއިދު އިސްލާހު ކުރަން އެމްޑީޕީން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައިވާތީ އެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެެނެސް އެކަން ހައްލު ކުރަން ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން މިއަދު އެދެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކި ކުރަން މިއަދުގެ ޖަލްސާގައި އެޖެންޑާ ކުރުމަށްފަހު ވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުން އެކަހެރިވެވަޑައިގެންފައިވާތީ، ޖަލްސާއެއް ނުބޭއްވުނެވެ.

ނަޝީދު ރިޔާސަތުން ދުރުވެވަޑައިގެންނެވީ އެމަނިކުފާނު ވަކި ކުރުމުގެ މައްސަލައެއް ވެސް ހުށަހަޅާފައިވާތީ އެ މައްސަލައިގައި ގޮތެއް ނިމެންދެކަށެވެ. ނަމަވެސް ގަވާއިދު ބުނާ ގޮތުން ނައިބު ރައީސް ވަކި ކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަންޖެހެެނީ ރައީސްއަށެވެ.

އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް މިއަދު މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާއަށް ފޮނުއްވި ސިޓީއެއްގައި އެދިވަޑައިގެންފައި ވަނީ އިސްލާހުތައް ފާސް ކުރުމަށް ތަޅުމަށް ހުށަހެޅުމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށްޓަކައި ހުށަހެޅޭ މި މައްސަލައަށް ގޮތެއް ނިންމުމަށް މި ސިޓީއާއެކު އެއްކަރުދާސް ކުރެވިފައިވާ އިސްލާހުތައް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ދެއްވުން އެދި ދެންނެވިން،" އަސްލަމް އެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އެމްޑީޕީން ހުށަހަޅާ އިސްލާހުތައް

44 ވަނަ މާއްދާގެ ހ.

  • މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެއްޖެ ނަމަ ރިޔާސަތު ބަލަހައްޓާނެ މެމްބަރެއް ރައީސް ކަނޑައަޅަންޖެހޭނެ ކަމަށް ބުނުން. އެގޮތަށް ކަނޑައަޅަންޖެހެނީ އެންމެ ގިނަ ދުވަސްވީ ފަސް މެމްބަރުން. އެއިން މެމްބަރަކަށް ވިދިވިދިގެން ބެލެހެއްޓޭނީ ތިން ޖަލްސާގެ ރިޔާސަތު.

44. ވަނަ މާއްދާގެ ށ.

  • ރައީސް އާއި ނައިބު ރައީސް އިންތިހާބުވުމުން، އުޒުރުވެރިވާ ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާނެ މެމްބަރުން ކަނޑައަޅަންޖެހޭ ގޮތަށް ހެދުން.

205 ވަނަ މާއްދާގެ ބ.

  • މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ވަކި ކުރާ ގަރާރެއް ހުށަހަޅަ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެއްޖެ ނަމަ ރިޔާސަތު ބަލަހައްޓާނެ މީހަކު އަމީން އާންމު ކަނޑައަޅަންޖެހޭ ގޮތަށް ހެދުން.

205 ވަނަ މާއްދާގެ ކ.

  • މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރެއް ހިނގަމުންދާ މަޖިލީހުގެ ވާހަކަ ދައްކާނެ މެމްބަރުންގެ ދިގުމިން ކަނޑައަޅާނީ އަމީން އާންމުކަމަށް ކަނޑައެޅުން.

އިސްލާހަށް އަމަލު ކުރުން

  • އިސްލާހުތައް ތަޅުމުން ފާސްކުރުމާއެކު އަމަލު ކުރަން ފެށުމާއެކު ރައީސް ނުވަތަ ނައިބު ރައީސް ވަކި ކުރަން ކުރިން ހުށަހަޅާފައިވާ މައްސަލަތައް ވެސް އިސްލާހުތައް އެޕްލައިވުން.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ވަކި ކުރަން ބާއްވާ ޖަލްސާގައި ވާހަކަ ދައްކާނެ މެމްބަރުންނާއި ވަގުތު ކަނޑައަޅަންޖެހެނީ މަޖިލީހުގެ އާންމު ކޮމެޓީންނެވެ. ނަމަވެސް ކޮމެޓީތައް ފުރިހަމަނުވެ އޮތުމުން އާންމު ކޮމެޓީގެ އެއްވެސް މަސައްކަތެއް ނުހިނގަ އެވެ.

ކޮމެޓީތައް ފުރިހަމަނުވެ އޮތީ ކޮމެޓީތަކަށް މެމްބަރުން ލާނެ ނިސްބަތާމެދު ޕާޓީތަކަށް އެއްބަސްނުވެވިގެންނެވެ. އެމްޑީޕީން ބުނަނީ އެ ޕާޓީއަށް ގަވާއިދުން ލިބެންޖެހޭ 64 ޕަސެންޓު ކޮންމެ ކޮމެޓީއަކުން ލިބެންޖެހޭނެ ކަމަށެވެ. ނަމަވެސް އިދިކޮޅު މެމްބަރުން ބުނަނީ އެ ޕަސެންޓު ޖެހޭނީ ހުރިހާ ކޮމެޓީތަކަކަށް ބަހާލަން ކަމަށެވެ.

ކޮމެޓީތަކުގެ މައްސަލަ ހައްލު ކުރަން އެ މައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox