ކޮންޓުރެކްޓް އާކުރަން އެމްބާޕޭ ބޭނުމެއް ނުވޭ، ޕީއެސްޖީން ވިސްނުމަކީ އޭނާ ވިއްކާލުން

Jun 13, 2023, 7:41 AM
ކޮންޓުރެކްޓް އާކުރަން އެމްބާޕޭ ބޭނުމެއް ނުވޭ، ޕީއެސްޖީން ވިސްނުމަކީ އޭނާ ވިއްކާލުން

ޕެރިސް (13 ޖޫން) - ޕީއެސްޖީއާ އެކު ހަދާފައިވާ ކޮންޓުރެކްޓް އާކުުރުމަށް އެ ޓީމުގެ ތަރި ކީލިއަން އެމްބާޕޭ ބޭނުންނުވާތީ، އޭނާ ވިއްކާލުމަށް ޕީއެސްޖީން ވިސްނަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޕީއެސްޖީއާ އެކު އެމްބާޕޭ ،24، ހަދާފައިވާ ކޮންޓުރެކްޓް ހަމަވާނީ އަންނަ ސީޒަންގެ ނިޔަލަށެވެ. ކޮންޓުރެކްޓް އާނުކުރާނެ ކަމަށް އެމްބާޕޭ ވަނީ މިހާރު ޕީއެސްޖީ އަށް އަންގައިފަ އެވެ.

Advertisement

އެހެންކަމުން، ޕީއެސްޖީން އޭނާގެ ކޮންޓުރެކްޓް ހަމަވަންދެން އެ ކްލަބުގައި ބަހައްޓައިފިނަމަ، އަންނަ އަހަރު އޭނާ އަށް ހިލޭ ޓްރާންސްފާއެއްގައި އެހެން ކްލަބަކަށް ބަދަލުވެވޭނެއެވެ. އެކަމަކު ހިލޭ ޓްރާންސްފާއެއްގައި އެމްބާޕޭ ދޫކޮށްލަން ޕީއެސްޖީން ބޭނުމެއްނުވެއެވެ.

ކޮންޓުރެކްޓް އާކުރަން ބޭނުންުވާ ކަމަށް އެމްބާޕޭ އެންގީ ކްލަބަށް ފޮނުވި ސިޓީއަކުންނެވެ. އެކަމަކު، މި ސިޓީ ކްލަބަށް ލިބުނު ކުރިން ފްރާންސްގެ މީޑިއާއަކަށް ލިބިފައިވާތީ، ޕީއެސްޖީން ވަނީ ހިތްހަމަނުޖެހިފަ އެވެ.

ޕީއެސްޖީން އެމްބާޕޭއާ އެކު އިތުރަށް މަޝްވަރާކޮށްގެން ވެސް ޖުލައި މަސް ނިމެންވާއިރަށް ކޮންޓުރެކްޓް އާކުރާނެ މަގެއް ނުފެނިއްޖެނަމަ، އެ ކްލަބުން މި ޓްރާންސްފާގައި އޭނާ ވިއްކާލުމުގެ ފުރުސަތު ބޮޑެވެ.

ކޮންޓުރެކްޓް އާކުރުމާ މެދު ގޮތެއް ނިންުމަށް ޕީއެސްޖީން އެމްބާޕޭއާ ވަނީ 31 ޖުލައިގެ ނިޔަލަށް ފުރުސަތު ދީފަ އެވެ. އެކަމަކު، ކޮންޓުރެކްޓް އާނުކުރާނެ ކަމަށް އޭނާ އެންގިއިރު، އެކަމާ ގުޅޭ މަޝްވަރާތައް ކުރަމުންދާތާ ގިނަ ދުވަސްތަކެއްވެއްޖެއެވެ.

މީގެ އަހަރެއް ކުރިން އެމްބާޕޭ ވަނީ ރެއާލް މެޑްރިޑަށް ބަދަލުވުމާ ގާތަށް ޖެހިފަ އެވެ. އެކަމަކު، އެންމެ ފަހު ވަގުތު އޭނާ ވަނީ ރެއާލް އަށް ފުރަގަސްދީ ޕީއެސްޖީގެ ކޮންޓުރެކްޓް އާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox