ޓްވިޓާއަކީ އެންމެ ތެދު މައުލޫމާތު ހިމެނޭ މަންސައަށް ހަދާނަން: އާ ސީއީއޯ

މިއީ "ހުސް" ވައުދެއް ނޫންކަމަށާއި މިއީ މަސައްކަތްކުރެވެމުންދާ ހަގީގަތެއް ކަމަށް ޔަކަރީނޯ ބުނެފައިވޭ

މިއީ "ހުސް" ވައުދެއް ނޫންކަމަށާއި މިއީ މަސައްކަތްކުރެވެމުންދާ ހަގީގަތެއް ކަމަށް ޔަކަރީނޯ ބުނެފައިވޭ

ޓްވިޓާއަކީ ދުނިޔޭގެ އެންމެ އިތުބާރު ހިފޭ، ތެދު މައުލޫމާތު ހިމެނޭ މަންސައަށް ހަދާނެކަމަށް އެކުންފުނީގެ އާ ސީއީއޯ ލިންޑާ ޔަކަރީނޯ ބުނެފި އެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން އިލޯން މަސްކްގެ ބަދަލުގައި ސީއީއޯ ކަމާއި ހަވާލުވި ޔަކަރީނޯ، މިހެން ބުނެފައިވަނީ އޭނާ ކޮށްފައިވާ ޓްވީޓްތަކެއްގަ އެވެ. ޔަކަރީނޯ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޓްވިޓާގެ ސީއީއޯ ކަމާއި ހަވާލުވި ފަހުން ވަރަށް ގިނަ ބަޔަކު އެއީ ކީއްވެގެންތީ އަހާކަމަށެވެ. އެކަމުގެ އަދި އެކަމުގެ ޖަވާބު ކަމަށް ބުނެ އިތުރު އެތައް ޓްވީޓްތަކެއް ކޮށްފައިވެ އެވެ.

އެގޮތުން، ޓްވިޓާގައި ދޮގު ހަބަރު ފެތުރުމާއި ވަކި ކޮޅަކަށް ބުރަވާ ފަދަ މައުލޫމާތު ފެތުރުމާއި ބެހޭ ގޮތުން ޔަކަރީނޯ ބުނެފައިވަނީ، އޭނާގެ ސީއީއޯ ކަމުގެ ދަށުގައި ނުވަތަ "ޓްވިޓާ 2.0" ގައި، އެއަކީ ދުނިޔޭގެ އެންމެ އިތުބާރުހިފޭ އަދި އެންމެ އަވަހަށް މައުލޫމާތު ލިބޭ މަންސައަށް ހަދާނެ ކަމަށެވެ. އަދި މިއީ "ހުސް" ވައުދެއް ނޫން ކަމަށާއި މިއީ މަސައްކަތް ކުރެވެމުންދާ ހަގީގަތެއް ކަމަށް އޭނާ ބުނެފައިވެ އެވެ.

"ފްރީ ސްޕީޗް އެބްސޮލޫޓިސްޓް" އެއް ކަމަށް އަމިއްލައަށް ބުނެފައިވާ އިލޯން މަސްކް، ޓްވިޓާ ގަތުމަށް ފަހު ވަނީ އެ މަންސާގެ ކޮންޓެންޓް މޮޑަރޭޝަން ޕޮލިސީސް އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އަދި, ހަގީގީ "ފްރީ ސްޕީޗް" އަށް ތަންދޭ ތަނަކަށް ޓްވިޓާ ހަދާނެ ކަމަށް މަސްކް ބުނެފައިވެ އެވެ.

އެގޮތުން, މަސްކްވަނީ މީގެ ކުރިން ބޭންކޮށްފައިވާ، އާންމު ގާނޫނާއި ގަވާއިދުތަކާ ދެކޮޅަށް ތާއީދުކުރާ ބައެއް ޓްވިޓާ އެކައުންޓްތައް އަލުން ހިންގުމަށް ފުރުސަތު ދީފަ އެވެ. މީގެ ނަތީޖާއަކަށްވީ ގިނަ އެޑްވަޓައިޒަރުން ޓްވިޓާ ދޫކޮށްލުމެވެ. މިކަމާ ހެދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޓްވިޓާގެ އާމްދަނީ ވަނީ އޭގެ ކުރި އަހަރާ ބަލާ އިރު 40 އިންސައްތަ ދަށަށް ގޮއްސަ އެވެ.

މަސްކް ސީއީއޯ ކަމުން ދުރުވެ ޔަކަރީނޯއާ މި މަގާމު ހަވާލުކުރީ މިފަދަ ކަންކަން ހައްލުކޮށް، މަސްކްގެ އަމާޒުތަކަށް ވާސިލުވާނެ އައު ގޮތްތަކެއް ހޯދުމަށް ކަމަށް ބެލެވެ އެވެ. ޔަކަރީނޯ ވަނީ މީގެ ކުރިން އައު ޓެކްނޮލޮޖީތަކުގެ ތެރެއިން، ކާމިޔާބުކަމާއެކު އެންބީސީ ޔުނިވާސަލް ކުރިއަށް ގެންގޮސްފަ އެވެ.

އެގޮތުން އޭނާގެ ބެލުމުގެ ދަށުން ވަނީ އެކުންފުނީގެ އެޑްވަޓައިސިން ސޭލްސްއަށް ބޮޑު ކުރިއެރުމެއް ގެނެއްސަ އެވެ. އަދި އެންބީސީގެ ސްޓްރީމިން ޕެލްޓްފޯމް "ޕީކޮކް" ލޯންޗްކުރުމުގައި ވެސް ޔަކަރީނޯ ވަނީ ބޮޑު ދައުރެއް އަދާކޮށްފަ އެވެ.

ޓްވިޓާގެ ހިންގުމާ ޔަކަރީނޯ ހަވާލުވުމާއެކީ މަސްކް ދެން އަދާކުރާނެ ރޯލަކީ އެކްޒެކެޓިވް ޗެއާމަން އަދި ޗީފް ޓެކްނޮލޮޖީ އޮފިސާގެ ރޯލެވެ. ޓްވިޓާގެ ހިންގުމާއި ހަވާލުވެ ހުރެ އެހެން ވިޔަފާރިތަކަށް ސަމާލުކަން ދިނުމަކީ ގޮންޖެހުމަކަށް، ދުނިޔޭގެ އެންމެ މުއްސަދި އެއް ފަރާތްކަމުގައިވާ މަސްކަށް ވަނީ ވެފަ އެވެ. އެހެންކަމުން ޔަކަރީނޯއާއި ޓްވިޓާ ހިންގުން ހަވާލުކުރުމަށް ފަހު ޓެސްލާ އާއި ސްޕޭސްއެކްސް ފަދަ އޭނާގެ އެހެން ކުންފުނިތަކަށް މަސްކަށް އިތުރު ވަގުތު ދެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox