މަޖިލިސް ހުއްޓިފައި އޮތް މައްސަލާގައި އަމީން އާންމު ނިޔުޝާއާ އެމްޑީޕީން ބައްދަލުކުރަނީ

މެޖޯރިޓީ ލީޑަރު އަސްލަމް އަދި އަމީން އާންމު ނިޔުޝާ: އަސްލަމް ވިދާޅުވަނީ އާންމު ކޮމެޓީގެ މަސައްކަތަށް ގޮވާލައި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ޖަލްސާ އެޖެންޑާ ކުރުމަކީ ނިޔުޝާގެ ޒިންމާއެއް ކަމަށް -- ފޮޓޯ: މަޖިލިސް

މެޖޯރިޓީ ލީޑަރު އަސްލަމް އަދި އަމީން އާންމު ނިޔުޝާ: އަސްލަމް ވިދާޅުވަނީ އާންމު ކޮމެޓީގެ މަސައްކަތަށް ގޮވާލައި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ޖަލްސާ އެޖެންޑާ ކުރުމަކީ ނިޔުޝާގެ ޒިންމާއެއް ކަމަށް -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށްގެންދިޔުމަށް ހުރަސް އަޅައި މަޖިލިސް ހުއްޓުވާފައިވާތީ ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާއާ ބައްދަލުކުރަމުން އެބަދެ އެވެ.

އީވާ ވަކި ކުރަން ހުށަހަޅާފައި އޮތް މައްސަލަ މިއަދު ބާއްވަން މަޖިލީހުގެ ގަވާއިދުން ލާޒިމު ކުރެ އެވެ. ނަމަވެސް, އެ ޖަލްސާގެ އިންތިޒާމު ކަނޑައަޅަންޖެހޭ އާންމު ކޮމެޓީ ފުރިހަމަ ނުވާ ކަމަށް ބުނެ އަމީން އާންމު އެ މައްސަލަ އެޖެންޑާ ކުރަން ވަނީ ދެކޮޅު ހައްދަވައިފަ އެވެ. އީވާގެ އިތުރުން މަޖިލިސް ރައީސްގެ އިތުބާރުގެ މައްސަލައެއް ވެސް ވަނީ ހުށަހަޅާފަ އެވެ.

ކޮމިޓީތަކުގެ މެމްބަރުން ހަމަނުވާ ކަމަށް ބުނެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވި ދައުލަތުގެ އެއް ބާރު ވަނީ އެއްކޮށް ހުއްޓިފަ އެވެ. އެމްޑީޕީގެ ޕީޖީން ވަނީ ތަކުރާރުކޮށް އެ މައްސަލަ އެޖެންޑާގައި ހިމަނައި މަޖިލިސް ކުރިއަށްގެންދެވޭނެ ގޮތެއް ހޯދައިދިނުމަށް މިއަދުގެ މަޖިލީހުގައި ވެސް ރިޔާސަތުގެ ކިބައިން އެދިފަ އެވެ. އެހެން ނަމަވެސް, ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ މަޖިލީހުގެ ނިޒާމު ގެއްލިފައި އޮތުމުން ޖަލްސާ ނިންމާލައްވާފަ އެވެ.

Advertisement

އެމްޑީޕީގެ ޕީޖީ ގްރޫޕުގައި ހިމެނޭ މެމްބަރަކު ވަނީ އެކަމާ ގުޅިގެން އަމީން އާންމު ނިޔުޝާ އަދި އިދާރީ އިސް މުވައްޒަފުންނާ އެކު ޕީޖީ ލީޑަރު މުހައްމަދު އަސްލަމް މިވަގުތު ބައްދަލުކުރައްވަމުން ގެންދަވާކަން "އަދަދު" ނޫހަށް ކަށަވަރުކޮށްދެއްވާފަ އެވެ.

އެ ބައްދަލުވުމުގައި މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދިޔުމަށް މިހާރު ހުރި ހުރަސްތައް ނައްތާލައި ޖަލްސާތައް އަލުން ފެށޭނެ ގޮތެއް ހޯދުމަށް މަޝްވަރާކުރަމުންދާކަން ވެސް ވަނީ އެނގިފަ އެވެ. އަދި, ކޮމިޓީތައް އެކުލަވާލުމާ ގުޅޭގޮތުން ވެސް މަޝްވަރާތައް ކުރިއަށްގެންދާކަން ވަނީ އެނގިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ނ. ގައި ބުނެފައި އޮންނަ ގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ ވަކި ކުރަން ހުށަހެޅުމުން އެކަން އަމީން އާންމު ރައީސްއަށާއި މެމްބަރުންނަށް ރަސްމީ ތިން ދުވަހުގެ ތެރޭގައި އަންގައި ނޯޓިހެއް ފޮނުވަންޖެހެ އެވެ. އަދި, އެ ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަސް ދިނުމަށްފަހު ދެން އެންމެ އަވަހަށްޖެހޭ ރަސްމީ ބަންދު ނޫން ދުވަހެއްގައި ރައީސް މަގާމުން ވަކި ކުރުމުގެ ޖަލްސާ ބާއްވަންޖެހެ އެވެ.

އިވާގެ މައްސަލައިގައި ނޯޓިސް ހަމަވެ، ޖަލްސާ ބާއްވަންޖެހޭ ތާރީހަކީ މިއަދެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ވަކި ކުރުމުގެ އިޖުރާއަތުގެ ތެރެއިން ގަރާރު އިއްވަން ބާއްވާ ޖަލްސާ އެޖެންޑާާ ނުކުރެއްވުމަށްފަހު އެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ ވިދާޅުވީ އެ ޖަލްސާ އެޖެންޑާ ކުރެވޭނީ އާންމު ކޮމެޓީ އެކުލަވާލެވިގެން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox