ހަޅުތާލުކޮށް، މަސައްކަތް ހުއްޓުވުމުން ގަޑިއެއްގެ ތެރޭގައި ޖަލްސާ ނިންމާލައިފި

މީގެ ކުރިން ބޭއްވި ޖަލްސާއެއްގެ ރިޔާސަތުގައި އަފީފު: ގަވާއިދުވާ ގޮތުން އީވާ ވަކި ކުރަން ހުށަހަޅާފައި އޮތް ގަރާރު އިއްވަން މިއަދު ޖަލްސާއެއް ބާއްވަންޖެހޭ -- ފޮޓޯ: މަޖިލިސް

މީގެ ކުރިން ބޭއްވި ޖަލްސާއެއްގެ ރިޔާސަތުގައި އަފީފު: ގަވާއިދުވާ ގޮތުން އީވާ ވަކި ކުރަން ހުށަހަޅާފައި އޮތް ގަރާރު އިއްވަން މިއަދު ޖަލްސާއެއް ބާއްވަންޖެހޭ -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަކި ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ ގަރާރު އިއްވުން އެޖެންޑާ ނުކޮށް މިއަދުގެ ޖަލްސާ ކުރިއަށްގެންދަން އުޅުމުން މެމްބަރުން އެކަމާ ހަޅުތާލުކޮށް، މަސައްކަތް ހުއްޓުވުމުން ރިޔާސަތުން ޖަލްސާ ނިންމާލައިފި އެވެ.

އީވާ ވަކި ކުރަން ހުށަހަޅާފައި އޮތް މައްސަލަ މިއަދު ބާއްވަން މަޖިލީހުގެ ގަވާއިދުން ލާޒިމު ކުރެ އެވެ. ނަމަވެސް, އެ ޖަލްސާގެ އިންތިޒާމު ކަނޑައަޅަންޖެހޭ އާންމު ކޮމެޓީ ފުރިހަމަ ނުވާ ކަމަށް ބުނެ އަމީން އާންމު ފާތިމަތު ނިޔުޝާ އެ މައްސަލަ އެޖެންޑާ ކުރަން ވަނީ ދެކޮޅު ހައްދަވައިފަ އެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް އަންގާފައި އޮތުމުންނެވެ. ގަވާއިދުގައިވާ ގޮތަށް ރިޔާސަތާ ހަވާލުވާނެ މެމްބަރެއް ކަނޑައެޅުއްވީ ނަޝީދެވެ.

Advertisement

އަފީފު ރިޔާސަތާ ހަވާލުވެވަޑައިގެން ޖަލްސާ ފެއްޓެވުމުން ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ވަނީ މިއަދު އެޖެންޑާ ކޮށްފައި އޮތް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރަސް އަޅުއްވައި، ހަޅުތާލުކޮށްފަ އެވެ.

"މިއަދުގެ މި ޖަލްސާ މި ހިނގަނީ ރައްޔިތުންގެ މަޖިލީހުގެ 205 ވަނަ މާއްދާއާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ. އެއާ ހިލާފަށް އެޖެންޑާ އޮތީ،" އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވި އެވެ. "[އީވާގެ އިތުބާރު ނެތްކަމުގެ] މައްސަލަ އެޖެންޑާނުކޮށް މަޖިލިސް ކުރިއަކަށް ނުގެންދެވޭނެ."

އަފީފު ރިޔާސަތާ ހަވާލުވެވަޑައިގެން އިންނެވީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި އީވާ ވަކިކުރުމުގެ މައްސަލަ އެޖެންޑާނުކޮށް އެހެން މަސައްކަތެއް މަޖިލީހުން ކުރިއަށްގެންދަން މަސައްކަތް ކުރަނީ ވެސް ގާނޫނާ ހިލާފަށް ކަމަށް މެމްބަރުން ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑު ހިތާމަ ކުރަނީ އިއްޒަތްތެރި ރައީސް ގާނޫނު އަސާސީއާ ތި ގޮނޑީގައި އިންނާތީ. ގާނޫނު އަސާސީއަށް ރުޖޫއަވެވަޑައިގަންނަވާ އަދި އަމީން އާންމު ވެސް [ކައުންސިލް ޖެނެރަލް ފާތިމަތު] ފިލްޒާ ވެސް [ގާނޫނު އަސާސީއަށް] ރުޖޫއަވެވަޑައިގަންނަވާށޭ،" ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ނިޒާމީ ނުކުތާއެއް ނަންގަވައި އަފީފަށް ނިސްބަތް ކުރައްވާ ވިދާޅުވި އެވެ.

ޖަލްސާގައި އެޖެންޑާކޮށްފައި އޮތް މަސައްކަތް ކުރިއަށް ނުގެންދެވިގެން އަފީފު ޖަލްސާ މެދުކަނޑާ ވެސް ލެއްވި އެވެ. އެކަމަކު އަލުން ޖަލްސާ ފެށިއިރު ވެސް އޮތީ ނިޒާމު ގެއްލިފަ އެވެ. އެހެންކަމުން އެންމެ ފަހުން މިއަދުގެ ޖަލްސާ ކުރިއަށްނުގެންދެވޭނެ ކަމަށް ކަނޑައަޅައި މަޖިލިސް ނިންމާލީ އެވެ.

"އިއްޒަތްތެރި މެމްބަރުން ޖަލްސާ ކުރިއަށްގެންދިއުމަށް ފުރުސަތު ނުދޭ ކަމަށްވަންޏާ އަޅުގަނޑަށްޖެހޭނީ ޖަލްސާ މި ހިސާބުން ނިންމާލަން،" ޖަލްސާ ނިންމާލެއްވުމުގެ ކުރިން އަފީފު ވިދާޅުވި އެވެ. "ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 13 ޖޫން 2023 ވާ އަންގާރަ ދުވަހު ހެނދުނު 9:00 ޖަހާއިރު. ވަލްހަމްދުލިﷲ ރައްބިލްއާލަމީން. މަޖިލިސް ނިމުނީ."

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ނ. ގައި ބުނެފައި އޮންނަ ގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ ވަކި ކުރަން ހުށަހެޅުމުން އެކަން އަމީން އާންމު ރައީސްއަށާއި މެމްބަރުންނަށް ރަސްމީ ތިން ދުވަހުގެ ތެރޭގައި އަންގައި ނޯޓިހެއް ފޮނުވަންޖެހެ އެވެ. އަދި, އެ ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަސް ދިނުމަށްފަހު ދެން އެންމެ އަވަހަށްޖެހޭ ރަސްމީ ބަންދު ނޫން ދުވަހެއްގައި ރައީސް މަގާމުން ވަކި ކުރުމުގެ ޖަލްސާ ބާއްވަންޖެހެ އެވެ.

އިވާގެ މައްސަލައިގައި ނޯޓިސް ހަމަވެ، ޖަލްސާ ބާއްވަންޖެހޭ ތާރީހަކީ މިއަދެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ވަކި ކުރުމުގެ އިޖުރާއަތުގެ ތެރެއިން ގަރާރު އިއްވަން ބާއްވާ ޖަލްސާ އެޖެންޑާާ ނުކުރެއްވުމަށްފަހު އެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ ވިދާޅުވީ އެ ޖަލްސާ އެޖެންޑާ ކުރެވޭނީ އާންމު ކޮމެޓީ އެކުލަވާލެވިގެން ކަމަށެވެ.

ކޮމެޓީތަކުގެ މަސައްކަތް ހުއްޓިފައި އޮތީ އެމްޑީޕީގެ 13 މެމްބަރަކު އެ ޕާޓީން ވަކިވުމުން ކޮމެޓީތަކުގެ ރޭޝިއޯއަށް ބަދަލު އައުމުންނެވެ. އިދިކޮޅު މެމްބަރުން އަދި އަމީން އާންމު ވިދާޅުވަނީ އީވާގެ މައްސަލަ އެޖެންޑާ ކުރެވޭނީ ކޮމެޓީގެ ފުރިހަމަވުމުން ކަމަށެވެ.

އެމްޑީޕީގެ މެމްބަރުން ވިދާޅުވަނީ ކޮމެޓީތައް ދެމި އޮތް ކަމަށާއި ކޮމެޓީތަކުގެ މަސައްކަތަށް ގޮވާލުމަކީ އަމީން އާންމުގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް, މިދިޔަ ހަފުތާގައި ކުރެވުނު މަޝްވަރާއިން ވެސް ހުރިހާ ޕާޓީތައް އެއްބަސްނުވެގެން ކަމަށް ބުނެ ކޮމެޓީ އެކުލަވާނުލެވުނެވެ. ކޮމެޓީ އެކުލަވާލަންޖެހެނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އާއި މައިނޯރިޓީ ލީޑަރުންގެ މަޝްވަރާގެ މަތިން މަޖިލީހުގެ ރައީސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox