ރިފްއަތުގެ މައްސަލައާއި އީވާގެ މައްސަލަ މާދަމާއަށް އެޖެންޑާ ކުރަން އެމްޑީޕީން އެދިއްޖެ

އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޖަވާބުދާރީވެވަޑައިގަންނަވަން މަޖިލީހުގެ ތަޅުމުގައި. ފޮޓޯ: މަޖިލީހުގެ އިދާރާ

އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޖަވާބުދާރީވެވަޑައިގަންނަވަން މަޖިލީހުގެ ތަޅުމުގައި. ފޮޓޯ: މަޖިލީހުގެ އިދާރާ

އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ކަނޑައަޅަން އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަަލަ އާއި މަޖިލީހުގެ ނައިބު ރައީސް އީވާ ވަކިކުރަން އެމްޑީޕީން ހުށަހެޅި މައްސަލަ މަޖިލީހުގައި މާދަމާ (ހޯމަ ދުވަހު) ބާއްވާ ޖަލްސާއަށް އަލުން އެޖެންޑާކުރަން އެމްޑީޕީން އެދިއްޖެ އެވެ.

މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިޔުޝާއަށް ފޮނުވި ސިޓީގައި ބުނީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްދެއްވަން "ތަކުރާރުކޮށް" ދަންނަވާ ކަމަށެވެ.

އޭޖީ ރިފްއަތުގެ އިތުބާރު ނެތްކަމަށް ކަނޑައަޅަން ހުށަހެޅި މައްސަލަ މަޖިލީހަށް އެންމެ ފަހުން އެޖެންޑާކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އެހެން ނަމަވެސް ރިޔާސަތުން ރައްުޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިޖުރާއީ މައްސަލަތަކެއް ދެއްކެވުމަށް ފަހު އެ މައްސަލަ ޕާކްކުރީ އެވެ. އެމަނިކުފާނު އެ މައްސަލަ ޕާކްކުރެއްވީ އޭޖީ މަޖިލީހުގެ އިމްތިޔާޒަށް އަރާވަޑައިގެންފައިވާ ކަމަށް ތުހުމަތުކޮށް، ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމް މެމްހަރު ހުސައިން މުހައްމަދު ލަތީފު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރުގެ ހައިސިއްޔަތުން އަސްލަމް ނިޔުޝާއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ރިފްއަތުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ އެޖެންޑާކުރުމަށް ފަހު ތަޅުމުގައި ބަހުސްކޮށްގެން ކުރިއަށް ގެންދަން ތަކުރާރުކޮށް އެދޭ ކަމަށެވެ. އެޖެންޑާކުރުމަށް ފަހު އެ މައްސަލަ ޕާކްކުރީ ގަވައިދާ ހިލާފަށް ކަމަށް ވެސް އެ ސިޓީގައި ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާގެ އެޖެންޑާގައި ހިމަނަންޖެހެ އެވެ. އެ އެ މައްސަލަ ނުހިމަނައި ވަނީ އެޖެންޑާ ނެރެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ރ. ގައި ބުނެފައި އޮންނަ ގޮތުން، އެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ވަކި ކުރާ ގަރާރު މަޖިލީހަށް އިއްވައިފި ނަމަ އިތުރު މަސައްކަތެއްގެ ބަހުސް ކުރެވޭނީ ގަރާރާ މެދު ގޮތެއް ނިންމުމަށްފަހެވެ.

އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ދެކެނީ ރައްޔިތުންގެ މަޖިލީހުގައި މިހާރު އިތުރު މަސައްކަތެއް ކުރެވޭނީ އީވާ ވަކި ކުރަން ހުށަހަޅާފައި އޮތް ގަރާރާމެދު ގޮތެއް ނިންމުމަށްފަހު ކަމަށެވެ.

އީވާގެ މައްސަލަ އެޖެންޑާކުރުމަށް އެދި ކުރިން ވެސް އެމްޑީޕީން ސިޓީ ފޮނުވާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox