އިންޖީނު ގަންނަން ހޭދުކުރި ފައިސާ އަނބުރާ ލިބޭ ޕްރޮމޯޝަނެއް

އިންޖީނު ގަންނަން ހޭދުކުރި ފައިސާ އަނބުރާ ލިބޭ ޕްރޮމޯޝަނެއް

ޔަމަހާ އިންޖީނެއް ގަންނަން ހޭދުކުރާ ފައިސާ އަނބުރާ ލިބޭ ޕްރޮމޯޝަނެއް އެލިއާ އިންވެސްޓުމަންޓްސްއިން ފަށައިފި އެވެ.

މިއަހަރުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަނުގައި ކޮންމެ ދެ މަހަކުން އެއްފަހަރު ގުރުއަތުން ހޮވޭ ފަރާތަކަށް، އޭނާ އިންޖީނު ގަންނަން ހޭދަކުރި ފައިސާ އަނބުރާ ދޭން ނިންމާފައި ވަކަމަށް އެލިއާއިން ބުންޏެވެ.

އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އެލިއާ އިންވެސްޓްމަންޓުން ވިއްކާ 60 ހޯސް ޕަވަރުގެ އިންޖީނު ގަންނަ ފަރާތްތަކަށެވެ.

އެ ޕްރޮމޯޝަނުގެ ފުރަތަމަ ނަސީބުވެރިޔާ ވަނީ މިދިޔަ މަހު ހޮވައިފަ އެވެ. އިންޖީނު ގަންނަން ހޭދަކުރި ފައިސާ އަނބުރާ ލިބުނު ފުރަތަމަ ނަސީބުވެރިއަކީ ޝޫހޫދު އަހުމަދެވެ. އެ ޕްރޮމޯޝަނުގެ ދަށުން ދެން ގުރުއަތެއް ނަގާނީ އަންނަ ޖުލައި މަހު އެވެ.

އެލިއާއަކީ ޔަމަހާގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރެވެ. އެ ކުންފުނިން ރާއްޖޭގައި ވިޔަފާރި ކުރަމުން އަންނަތާ މިހާރު 59 އަހަރު ވެއްޖެ އެވެ.

އެލިއާއިން ބުނީ އެހައި ގިނަ ދުވަހަށް ދެމިގެންދާ ޕްރޮމޯޝަނެއް ހިންގުމުގެ މައިގަނޑު މަގުސަދަކީ ޔަމަހާއަށް ކަސްޓަމަރުން ކުރާ އިތުބާރު ވަރުގަދަކޮށް ކަސްޓަމަރުންނާ ގާތުން ހިދުމަތް ފޯރުކޮށްދީ ގާތް ގުޅުމެއް އުދެއްދުން ކަމަށެވެ.

އެލިއާއިން ޔަމަހާ ބްރޭންޑުގެ އައުޓުބޯޑު އިންޖީނުގެ އިތުރުން ޔަމަހާ ސައިކަލާއި މޫދު ކުޅިވަރުގައި ބޭނުން ކުރާ އުޅަނދާއި ގޮލްފު ކާރާއި ޕަވާ ޕްރޮޑަކްޓްތަކާއި އިތުރުން ޔަމަހާ އިންޖީނު އޮއިލް ވެސް ވިއްކަ އެވެ. ޔަމަހާ ބްރޭންޑުގެ ސްޕެއާ ޕާޓްސް ވެސް އެ ކުންފުނިން ވިއްކަ އެވެ.

ޔަމަހާ 60 ހޯސްޕަވަރުގެ އިންޖީނު

ޔަމަހާ 60 ހޯސްޕަވަރުގެ އިންޖީނަކީ ކުޑަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފުރިހަމަ ދުވެލި ލިބިގަތުމުގެ ގާބިލުކަން ލިބިފައިވާ އިންޖީނެކެވެ. އެހެން އިންޖީނުތަކާ ހިލާފަށް އުޅަނދު ބަރުކޮށްގެން ވެސް ހަލުވި ދުވެލީގައި ދުއްވާލެވޭ އެ އިންޖީނު ފަރުމާ ކޮށްފައިވަނީ ޔަމަހާގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ގެ އެހީގަ އެވެ.

ރާއްޖޭގެ ކަނޑުގައި އެތައް ދުވަހެއް ވަންދެން ދުއްވައި، ޓެސްޓުތައް ހެދި އަދި ދިވެހި ކަނޑުގެ ތަޖުރިބާގެ އަލީގައި އެތަކެއް ބަދަލުތަކެއް އިންޖީނު އުފެއްދުމަށް ގެނެސް ފަރުމާކޮށްފައިވާ ޔަމަހާ އިންޖީނުތަކަކީ ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އިތުބާރު ހުރި އިންޖީނެއްކަމަށް އެލިއާއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox