ކޮމެޓީގެ ހަމަ ޖެހޭނީ ފާސް ކުރަން، އެ މަސައްކަތް ކުރަން ހުރަހެއް ނެތް: ނިޔުޝާ

މަޖިލީހުގެ އަމީން އާންމު ނިޔުޝާ؛ ވިދާޅުވީ ކޮމެޓީތަކުގެ މަސައްކަތް ހިންގޭނީ މެމްބަރުން ހިމެނޭ ހަމަތައް ކަނޑައަޅައިގެން ކަމަށް -- ފޮޓޯ: މަޖިލިސް

މަޖިލީހުގެ އަމީން އާންމު ނިޔުޝާ؛ ވިދާޅުވީ ކޮމެޓީތަކުގެ މަސައްކަތް ހިންގޭނީ މެމްބަރުން ހިމެނޭ ހަމަތައް ކަނޑައަޅައިގެން ކަމަށް -- ފޮޓޯ: މަޖިލިސް

ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންތަކެއް އެ ޕާޓީން ވަކިވުމުން، ކޮމެޓީތަކުގެ ހަމަ ބަދަލުވެފައިވާ ކަމަށާއި ކޮމެޓީތަކުގައި ޕާޓީތައް ނިސްބަތްވާ އަދަދު ޖެހޭނީ މަޖިލީހުން އަލުން ފާސް ކުރަން ކަމަށާއި އެ މަސައްކަތް ކުރަން ހުރަހެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކި ކުރަން ހުށަހަޅާފައިވާ ގަރާރު ހުށަހަޅަން ގަވާއިދު ބުނާ ގޮތުން މާދަމާ ޖަލްސާއެއް ބާއްވަންޖެހެ އެވެ. އެ ޖަލްސާގައި ވާހަކަ ދައްކާނެ މެމްބަރުންގެ އަދަދާއި ވަގުތު ކަނޑައަޅަންޖެހެނީ އާންމު ކޮމެޓީންނެވެ.

އެކަމަކު ކޮމެޓީތައް އެކުލަވާލެވިފައި ނެތުމުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެ ޖަލްސާ މާދަމާއަށް އެޖެންޑާކޮށްފައެއް ނުވެ އެވެ.

އެ މައްސަލައިގައި އެމްޑީޕީން ބުރާސްފަތި ދުވަހު ބުނީ މަޖިލީހުގެ ދާއިމީ ކޮމެޓީތައް ދެމިއޮންނާނެ ކަމަށާއި އެ ކޮމެޓީގެ މަސައްތަކަށް ގޮވާލުމަކީ އަމީން އާންމުގެ ޒިންމާއެއް ކަމަށެވެ. އެމްޑީޕީން އެކަމުގައި ދެކޭ ގޮތް ސިޓީއަކުން ހާމަކޮށްފައި އޮއްވައި މަޖިލީހުން ދިން ޖަވާބުގައި ނިޔުޝާ ވިދާޅުވީ މިހާރު ކުރިއަށްދަނީ މަޖިލީހުގެ މައިނޯރިޓީ އަދި މެޖޯރިޓީ ލީޑަރުގެ މަޝްވަރާގެ މަތިން ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ކޮމެޓީތަކުގައި ހިމެނޭ ނިސްބަތް ކަނޑައެޅުން ކަމަށާއި ކޮމެޓީތަކުގެ މަސައްކަތް ހިންގޭނީ އެއަށްފަހު ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަޖިލީހުގެ ދާއިމީ ކޮމެޓީތައް ހިންގެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 131 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގައި ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިގެންނުވާ މެމްބަރުން ހިމެނިވަޑައިގަންނަވާ ނިސްބަތަށް އަންނަ ބަަދަލުތައް މަޖިލީހުން ފާސް ކުރައްވައިގެން،" ނިޔުޝާ ވިދާޅުވެފައިވެ އެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާތީ ދެން މަޖިލީހުން އިތުރު މަސައްކަތެއް ކުރެވެނީ އެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހު ކަމަށް އެމްޑީޕީން ފޮނުވި ސިޓީގައި ބުނެފައިވާ މަޖިލީހުން ބުނެފައިވެ އެވެ. ނަމަވެސް އަމީން އާންމު މިއަދު ވިދާޅުވީ މަޖިލީހުން އިތުރު މަސައްކަތެއްނުކޮށް ގަރާރާމެދު ގޮތެއް ނިންމަންޖެހޭނީ ގަރާރު މަޖިލީހަށް އިއްވުމަށްފަހު ކަމަށެވެ.

"މަޖިލީހުގެ 50 މެމްބަރުން ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހަޅުއްވައ،ި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 206 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ ގަވާއިދުގެ 205 ވަނަ މާއްދާގެ ނ. ގައިވާ ގޮތުގެމަތިން އެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ މެމްބަރުންނަށާއި މަޖިލީހުގެ ނައިބު ރައީސްއަށް ދީފައިވީ ނަމަވެސ،ް އެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް އަދި ހުށަހެޅިފައިނުވާކަން ފާހަގަކުރަން،" އަމީން އާންމު ވިދާޅުވެފައިވެ އެވެ.

ނައިބު ރައީސް ވަކި ކުރަން ގަރާރެއް ހުށަހަޅައިފި ނަމަ، ރަސްމީ ތިން ދުވަހުގެ ތެރޭގައި، މަޖިލީހުގެ މެމްބަރުންނަށް އެ މަޖިލީހުގެ އިދާރާއިން އެކަމުގެ ނޯޓިހެއް ފޮނުވަންޖެހެ އެވެ. އަދި އެ ނޯޓިހުގެ ތާރީހުން 14 ދުވަހުގެ މުއްދަތު ދިނުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހު އެ ގަރާރު މަޖިލީހުގައި އިއްވަންޖެހެ އެވެ.

މާދަމާއަކީ އެ ގަރާރު މަޖިލީހުގައި އިއްވުމަށް ޖަލްސާ ބާއްވަންޖެހޭ ދުވަހެވެ. ނަމަވެސް އޭގެ ކުރިން ކުރަންޖެހޭ ބައެއް މަސައްކަތް ނުވެ އޮތުމުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެސް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި އޮތުމުން، އީވާ ވަކި ކުރަން ބޭނުންވާ ގަރާރު އިއްވޭނެ ކަމެއް ނޭނގެ އެވެ.

ސަރުކާރާ އިދިކޮޅު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބުނަނީ މިއަދުގެ ޖަލްސާ ބާއްވަން ޖެހުނު ނަމަވެސް ބޭއްވޭނެ ގާނޫނީ މަގެއް ނެތް ކަމަށެވެ. އަދި އެކަމަށް ގާނޫނާއި ގަވާއިދުގައި ފަރުވާއެއް ލިޔެވިފައި ނެތް ކަމަށް ވެސް އެ މެމްބަރުން ދެކެ އެވެ. އެކަމަކު، ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ބުނަނީ، ޖަލްސާ ބާއްވައި މަޖިލިސް ކުރިއަށް ގެންދަން ހުރަހެއް ނެތް ކަމަށެވެ. މަޖިލީހުގެ ގަވާއިދު އޮތީ މަރުތަޅު އެޅޭނެ ގޮތަށް ނޫން ކަމަށް އެ މެމްބަރުން ދެކެ އެވެ.

ޖަލްސާ ނުބޭއްވޭނެ ކަމަށް ބުނާ މައިގަނޑު ސަބަބަކީ ކޮމެޓީތަކުގެ ޖަލްސާގައި ވާހަކަ ދައްކާނެ މެމްބަރުން އާންމުނ ކޮމެޓީން ކަނޑަނޭޅި އޮތުމާއި ރައީސް އަދި ނައިބު ރައީސްގެ މައްސަލަ އެއް ފަހަރާ ހުށަހަޅާފައި އޮތުމުންނެވެ. އިދިކޮޅުން ބުނަނީ، ނައިބު ރައީސް ވަކި ކުރާ ޖަލްސާގެ ރިޔާސަތު ރައީސް ބަލަހައްޓަންޖެހޭއިރު، ރައިސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާފައި އޮއްވައި ރިޔާސަތުގައި ނީންދެވޭނެ ކަމަށެވެ.

ނަމަވެސް އެމްޑީޕީން ބުނަނީ ކޮމެޓީތައް ދެމި އޮތް ކަމަށާއި އެހެންކަމުން އާންމު ކޮމެޓީގެ މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި އޮތް ނަމަވެސް ގަރާރު އިއްވާފައިނުވާތީ ނައިބު ރައީސް ވަކި ކުރާ މައްސަލައިގެ ރިޔާސަތު ރައީސްއަށް ބެލެހެއްޓޭނެ ކަމަށް އެމްޑީޕީން ދެކެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފައިސަލްއަށް ކުރާ ތުހުމަތުތައް އާއިލާއިން ދޮގުކޮށްފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އަގުވައްޓާލުމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެމަނިކުފާނުގެ އާއިލާއިން ނޫސްބަޔާނެއް މެދުވެރިކޮށް ވަނީ ދޮގުކޮށްފައި. އާއިލާގެ 10 މެންބަރަކު ސޮއިކޮށް ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ފަތުރާ މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް.

ހިލޭ ޑިގްރީ ފުރިހަމަކުރި ދަރިވަރުންގެ އަދަދު ނުބަލަހައްޓާ

ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔެވި ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަކުރި އަދަދު އެނގޭނެހެން މައުލޫމާތު ބަލަހައްޓާފައި ނުވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައި. މި ނިޒާމުގެ ބަލިކަށިކަމުން، ކޯސް ފުރިހަމަނުކުރާ ދަރިވަރުންނާއި ކުރިން ޑިގްރީ ހާސިލުކޮށްފައިވާ ދަރިވަރުންނަށް ވެސް މިލިއަނުން ފައިސާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވިފައިވޭ.

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އާއި އަބްދުއްރަހީމް ބައްދަލުކޮށްފި

މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ޕާކިސްތާނު އަދާކުރާ ރޯލު މަޖިލީހުގެ ރައީސް އަބްދުއްރަހީމް ފާހަގަ ކުރެއްވި ކަމަށް ވެސް ނޫސްތަކުގައި ލިޔެފައި އޮތެވެ.

ޗައިނާގެ ގައުމީ ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

"އާބަން ސަރަހައްދުތައް ތަރައްގީ ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ރަށްތައް ތަރައްގީ ކުރުމާއި ތައުލީާއި ޓެކްނިކަލް އަދި އިންސްޓިޓިއުޝަނަލް ސަޕޯޓުގެ ދާއިރާއިން ޗައިނާ ދަނީ ރާއްޖެއަށް އެހީވަމުން،" ރައީސް ވިދާޅުވި އެެވެ.

ތިލަފުށީ ބަނދަރުގެ މަސައްކަތް ކުރަން ކުންފުންޏެއް ހަދައިފި

މޯލްޑިވްސް ޕޯޓް ޑިވެލޮޕްމަންޓްގެ މެނޭޖިން ޑިރެކްޓަރަކީ އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީގެވެ. ބޯޑު މެންބަރުންގެ ގޮތުގައި ތިއްބެވީ އޭނާގެ އިތުރުން އަލީ ޒުހައިރު، ޝިމާދް އިބްރާހިމް، މުހައްމަދު ނިޒާމް، އަހުމަދު ސާލިމް އަދި މުހައްމަދު ލަމްއާން އެވެ.

އާރްޑީސީއާ ހަވާލުކުރި ލިންކް ރޯޑު ޕްރޮޖެކްޓް ޗައިނާ ބަޔަކަށް ދީފި

އެ މަސައްކަތް މިއަދު ހަވާލު ކުރީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްއާ އެވެ. އެއީ ހުޅުމާލޭގެ މަގުތައް ހަދަން ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ. އަދި ހުޅުމާލޭގައި ވެއާހައުސްތަކެއް ހެދުމުގެ މަސައްކަތް ވެސް ހަވާލު ކުރީ އެކުންފުންޏަށެވެ.

"ޕްލާސްޓިކް ހޮޅި މަނާކޮށްގެން އެކަށީގެންވާ ހައްލެއް ނުލިބޭ"

ސިންގަލް ޔޫސް ޕްލާސްޓިކް ހޮޅި މަނާކުރުމުން އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށާއި، ބޭނުންވަނީ ކަރުދާސް ހޮޅިއަށްވުރެ ފެންވަރު ރަނގަޅު ބަދަލެއް ހޯދުން ކަމަށް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވި. މިކަމާ ގުޅިގެން، ކުރިން މަނާކޮށްފައިވާ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމުގެ މުއްދަތު 2031 އަށް ސަރުކާރުން ވަނީ އިތުރުކޮށްފައި.

Newsletter

Get the latest news delivered straight to your inbox