މިވަރަށް ވަކި ފަރާތަކަށް ޖެހިގެން އަމަލު ކުރައްވާ ރިޔާސަތެއް ނުދެކެން: އަސްލަމް

އެމްޑީޕީގެ ޕީޖީ ގުރޫޕު ލީޑަރު، މުހައްމަދު އަސްލަމް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެމްޑީޕީގެ ޕީޖީ ގުރޫޕު ލީޑަރު، މުހައްމަދު އަސްލަމް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ރިޔާސަތުގައި ނޫނީ މި މިންވަރަށް ވަކި ފަރާތަކަށް ޖެހިގެން އަމަލު ކުރައްވާ އެއްވެސް ރިޔާސަތެއް މާޒީގައި ދެކެފައި ނުވާ ކަމަށް އެމްޑީޕީގެ ޕާލަމަންޓަރީ ގުރޫޕުގެ ލީޑަރު، މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

"އަދަދު" ނޫހުގެ އެތެރެފުށް ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ މީގެ ކުރީގައި ވެސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ބައެއް ރައީސުންގެ ކިބައިން ވަކި އަތަކަށް ޖެހިގެން މަސައްކަތް ކޮށްފައި ވެސް އެބަހުރި ކަމަށެވެ. އެހެންނަމަވެސް މިހާރުގެ ރިޔާސަތުން ވަކި އަތަކަށް ޖެހިގެން އެ މަސައްކަތް ކުރައްވާ މިންވަރަށް ކުރެއްވި އެއްވެސް ރިޔާސަތެއް މީގެ ކުރިން ދެކެފައި ނުވާ ކަމަށެވެ.

"ގަވާއިދުން ބޭރުގައި، ވަރަށް ބޮޑު ހުދުމުހުތާރުކަމެއް ވެސް ފެނިގެންދިޔަ ޒަމާނެއް ވެސް ދިޔަ، އެއީ މަސީހުގެ ރިޔާސަތުގައި، އެހެންނަމަވެސް އެ މަނިކުފާނު ވެސް ހަމަ ގިނަ ކަންކަން ހަމަ ވަރަށް ރަނގަޅަށް ކުރައްވާފައި ހުރީ، ކޮންމެވެސް ހަމައެއް އަޅުއްވައިގެން ގަވާއިދަށް ނޫނީ ބަދަލެއް ގެންނަވާފައި ބައެއް ކަންކަން ކުރައްވަމުން ގެންދެވީ، އެހައި ބޮޑުތަނުން ހަމަ ސީދާ ކަނޑައެޅިގެން ނުހަދާނަމޭ، ނުކުރާނަމޭ، މަށެއްނުންހޭ؟ އެކަހަލަ ބަސްފުޅެއް ވިދާޅެއް ނުވޭ،" އަސްލަމް ވިދާޅުވި އެވެ.

މިވަގުތު ތިއްބެވި މެންބަރުންގެ ތެރެއިން އެންމެ ގިނަ ދުވަހު މަޖިލިސް މެންބަރެއްގެ ގޮތުގައި މެދުކެނޑުމެއް ނެތި ހުންނެވި އެއް މެންބަރު، އަސްލަމް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ބަހުސްގައި ވެސް އަދި ކޮމެޓީތަކަށް ވަޑައިގެން ކޮމެޓީތަކުގެ ބަހުސްގައި ވެސް ބައިވެރި ނުވެވޭނެކަމަށް ކަނޑައެޅިގެން މަޖިލީހުގެ ގަވާއިދުގައި އޮތް ނަމަވެސް ނަޝީދު އަމަލު ކުރައްވަނީ އެއާ ހިލާފަށް ކަމަށެވެ.

"މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އެކިއެކި މައްސަލަތަކުގައި ދެކެވަޑައިގަންނަވާ ގޮތް އެބަ ވިދާލުވަމުން ގެންދަވާ، ކޮމެޓީތަކުގައި ވެސް ދެކެވަޑައިގަންނަވާ ގޮތް، އެ މައްސަލަ ގެންދަވަން ފެނިވަޑައިގަންނަވާ ގޮތް، ހައްދަވަން ވާގޮތް، ބައެއްފަހަރު ހުށަހަޅުއްވަންވާ ބައެއް ހުށަހެޅުންތައް ހުށަހަޅުއްވަން ވާގޮތް، އެ ލެވެލްގައި ބައެއްފަހަރު އަމަލުތައް ގެންގޮސްފައި އެބަހުރި،" އެފަދަ ކަންކަމަކީ އެއްވެސް ވަރަކަށް ކޮށްގެން ވާނެ ކަންކަމެއް ނޫންކަން ފާހަގަ ކުރައްވައި އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ހަގީގަތުގައި މަޖިލީހަށް ވަޑައިގެން، މަޖިލީހުގެ އެއްވެސް ކަމެއްގައި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އިންނެވުމުގެ އެއްވެސް އޮތޯރިޓީއެއް ނަޝީދަށް ލިބިވަޑައިގެން ނުވާ ކަމަށެވެ.

"އޮތޯރިޓީއެއް ނެތް ހަގީގަތުގައި އަޅުގަނޑު ގަބޫލު ކުރާ ގޮތުން، އައިސްފައިި މަޖިލީހުގެ އެއްވެސް ކަމެއްގައި މަޖިލީހުގެ ރައީށްގެ ހައިސިއްޔަތުން އިންނަވާކަށް،"

އަސްލަމ އެފަދައިން ވިދާޅުވެފައި ވާއިރު، މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ. އޭގެތެރެއިން އީވާގެ މައްސަލައިގެ ނޯޓިސް މުއްދަތު މާދަމާއަށް ހަމަވާއިރު، މަޖިލިސް ކުރިއަށް ގެންދެވިދާނެ ކަމާ މެދު ވަނީ ހިޔާލު ތަފާތުވުން އުފެދިފަ އެވެ.

އެމްޑީޕީގެ މެންބަރުން ވިދާޅުވަމުން ގެންދަވަނީ މަޖިލިސް ކުރިއަށް ގެންދިއުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. ނަމަވެސް ރައީސް ނަޝީދަށް ތާއީދު ކުރައްވާ މަޖިލިސް މެންބަރުން ހިމެނޭހެން، އިދިކޮޅުން ބުނަމުން ގެންދަނީ މަޖިލިސް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ގަވާއިދު ތަން ނުދޭ ކަމަށާއި މަޖިލިސް އޮތީ މަރުތަޅު އެޅިފައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox