އިނގިރޭސިވިލާތުގެ ބިލިއަނަރު ސަ ރިޗާޑް ބްރޭންސަންގެ ވާޖިން އެޓްލާންޓިކް އެއާލައިނުގެ ދަތުރުތައް އޮކްޓޯބަރު މަހު ރާއްޖެއަށް ފަށާނެކަން ހާމަކޮށްފި އެވެ.
އެ އެއާލައިނުގެ ވެބްސައިޓުން މިހާރު ޓިކެޓު ވިއްކަން ފަށާފައިވާއިރު ފުރަތަމަ ފްލައިޓު ލަންޑަނުގެ ހީތުރޯއިން ރާއްޖެއަށް އަޅާނީ އޮކްޓޯބަރު 22, 2022 ގަ އެވެ.
ފިނި މޫސުމާ ދިމާކޮށް ކުރާ ދަތުރުތަކުގެ ތެރެއިން އެ އެއާލައިނުން ހަފްތާއަކު ތިން ފްލައިޓު ރާއްޖެއަށް އަޅާނެ އެވެ.
ނޮވެމްބަރު މަހަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަން ފެށޭނެ މަހެވެ. ބޭޭރުގެ އެއާލައިންތަކުގެ ތެރެއިން ގަވާއިދުން ދަތުރުނުކުރާ އެއާލައިންތައް އެ ދުވަސްކޮޅާ ދިމާކޮށް އަބަދުވެސް ހާއްސަ ފްލައިޓުތައް ބާއްވަ އެވެ.
ވާޖިން އެޓްލާންޓިކުން ދަނީ ދުނިޔޭގެ 32 މަންޒިލަކަށް ދަތުރުކުރަމުންނެވެ. އަދި, އެ އެއާލައިނުގެ ފްލީޓުގައި 41 ފްލައިޓު އެބައޮތެވެ.









