ޕްރެޝަރަށް ވިސްނާއިރު މެސީގެ ނިންމުން ރަނގަޅު: ޒަވީ

Jun 9, 2023, 5:58 AM
ޕްރެޝަރަށް ވިސްނާއިރު މެސީގެ ނިންމުން ރަނގަޅު: ޒަވީ

ބާސެލޯނާ (ޖޫން 9) - މި ވަގުތު އޮތް ހާލަތާއި ޕްރެޝަރަށް ވިސްނާއިރު، ބާސެލޯނާ އަށް އެނބުރި ނައިސް އެމެރިކާގެ އިންޓަ މިއާމީ އަށް ބަދަލުވާން ލިއޮނަލް މެސީ ނިންމި ނިންމުން ރަނގަޅު ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ޕީއެސްޖީއާ އެކު އޮތް ދެ އަހަރުގެ ކޮންޓްރެކްޓް ފުރިހަމަކޮށް، މެސީ، 35، މިހާރު ނިންމައިގެން ހުރީ އެމެރިކާ ލީގުގެ އިންޓަ މިއާމީ އަށް ބަދަލުވާށެވެ. އަލުން، ބާސެލޯނާ އަށް ދާން މެސީ އަށް ފުރުސަތު އޮތް ނަމަވެސް އެ ގޮތަށް ކުރިއަށް ނުދާން ނިންމި ސަބަބަކީ މި ވަގުތު ބާސެލޯނާގައި އޮތް ހާލަތު ކަމަށް މެސީ ވަނީ ބުނެފަ އެވެ.

ޓްވިޗް މެދުވެރިކޮށް މެސީގެ ޓްރާންސްފާއާ ގުޅޭގޮތުން ވާހަކަދައްކަމުން ޒަވީ ބުނީ މިދިޔަ ދެ އަހަރު ޕީއެސްޖީގައި މެސީ އަށް ކުރިމަތިވީ ވަރަށް ޕްރެޝަރު ހާލަތްތަކެއް ކަމަށާއި އެކަން ކަމަށް ބަލާއިރު، އިންޓަ މިއާމީ އަށް ދާން މެސީ އިހުތިޔާރުކުރި ސަބަބު އެނގޭ ކަމަށެވެ.

"މިއީ، ޕާސަނަލް ނިންމުމެއް، ހާލަތު މި ވަގުތު އޮތް ގޮތުން ލިއޯ (މެސީ) ޕްރެޝަރުތަކެއް ނަގަން ބޭނުމެއް ނުވާނެ. އަހަރެމެންނަށް މެސީ ވިސްނާ ގޮތަށް އެ ހާލަތަށް ބަލައިގެން އެއްޗެއް ނުބުނެވޭނެ. ޔަގީނުން ވެސް އެއީ ތާރީހު ދުށް މޮޅު ކުޅުންތެރިޔާ،" ޒަވީ ބުންޏެވެ.

މުސްތަގުބަލާ ގުޅޭގޮތުން މެސީއާ ގިނަ ވާހަކަތަކެއް ދެކެވުނު ކަމަށް ޒަވީ ވެސް ވަނީ ބުނެފަ އެވެ. އެ ގޮތުން، މި ފަހުން މެސީގެ ވާހަކަތައް ވަރަށް ބޮޑަށް ބަދަލުވެގެން ދިޔަ ކަމަށް ޒަވީ ވަނީ ބުނެފަ އެވެ.

"މެސީ އަށް ވުމަކީ ފަސޭހަ ކަމެއް ނޫން. ވިސްނާލަންވީ ދުނިޔޭގެ ކޮންމެ ދިމާލެއްގައި ވެސް މެސީ އަށް އެ އޮންނަ ފޯކަސް، އެ ވަރުގެ ފޯކަސް އެއް އޮތުމަކީ އަބަދުވެސް ކަންކަން ވީ އެންމެ ރަނގަޅަށް ކުޅުމުގެ ޕްރެޝަރު އޮންނާނެ ސަބަބެއް،" މެސީއާ އެކު ގިނަ އަހަރުތަކެއް ވަންދެން ބާސެލޯނާ އަށް ކުޅުނު ޒަވީ ބުންޏެވެ.

ބާސެލޯނާ އަށް ދިއުމަށް ޒަވީ އާއި ރައީސް ޖޮއާން ލަޕޯޓާއާ ވާހަކަ ދެެކެވުނުއިރު، ކޮންޓްރެކްޓެއްގެ ވާހަކަ ސީދާކޮށް ނުދެކެވޭ ކަަމަށް ވެސް މެސީ ބުނެފައިވެ އެވެ. އެ އަށް އިޝާރާތްކޮށް، ޒަވީ ބުނީ ވާހަަކަތައް ދެކެވުނުއިރު، ބާސެލޯނާގެ ވިސްނުން ވެސް ހުރީ މެސީ އަށް އެންމެ ރަނގަޅު ހާލަތަށް ކްލަބް ގެނެސްފައި ކޮންޓްރެކްޓާއި ދެން ހުރި ކަންކަމާ ހަމައަށް ދިއުމަށް ކަމަށެވެ.

މި މަހު 36 އަހަރު ފުރޭ މެސީ ވަނީ ބާސެލޯނާގެ ކުޅުންތެރިންތަކެއް ވިއްކާލައި، ބައެއް ކުޅުންތެރިންގެ މުސާރަ ކުޑަކޮށް އެ ހުރިހާ ކަމެއް ކޮށްގެން އަލުން ބާސެލޯނާ އަށް ދާން ބޭނުންނުވާ ކަމަށް ވެސް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox