ނަޝީދު ވިދާޅުވަނީ މަޖިލިސް އޮތީ މަރުތަޅެއްގައި ކަމަށް، އެއީ ހީލަތްތެރި ރޭވުމެއް ކަމަށް!

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވި ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާހަކަފުޅުދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވި ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާހަކަފުޅުދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ ވަކިކުރުމުގެ މައްސަލަ އެކު އެކުގައި ހުށަހެޅުމަކީ މަޖިލިސް މަރުތަޅު އެޅުވުން ކަމަށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފި އެވެ.

ނަޝީދުގެ ނުރަސްމީ ޓްވިޓާ ހޭންޑުލް "އެމްއެން އަންއޮފިޝަލް" އިން މިރޭ ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ތުހުމަތުކުރެއްވި ގޮތުގައި އެމްޑީޕީން އެގޮތަށް ކަންތައް ކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރޭއްވެވުމަކުންނެވެ. އެއީ "ހީލަތްތެރި ރޭވުމެެއް" ކަމަށް ވެސް އެމަނިކުފާނު ސިފަކުރެއްވި އެވެ.

މަރުތަޅެއް އެޅުމަކީ ކުރިއަށް ދެވޭނެ އެއްވެސް ގޮތެއް ނޯންނަ ހާލަތަކަށް އައުމެވެ. މަޖިލީހުގައި އެހާލަތު އުފެދުނު ގޮތް ނަޝީދު ތަފްސީލުކޮށް ނުދެއްވިޔަސް، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ސޯޝަލް މީޑިއާގައި އެކަން ތަފްސީލުކުރައްވައިފަ އެވެ.

"މެޖޯރިޓީ ލީޑަރު ވިދާޅުވަނީ އިތުބާރު ނެތްކަމުގެ މައްސަލައެއް އޮއްވާ މަޖިލީހުގެ ރައީސަކަށް ރިޔާސަތެއް ނުބެލެހެއްޓޭނެކަމަށް. ދެން ވިދާޅުވަނީ ނައިބުރައީސްގެ މައްސަލަ ނުނިންމައި ކުރިއަކަށް ނުދެވޭނޭ. މަޖިލީހުގެ ގަވައިދުގައި ބުނަނީ ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހަޅާ މައްސަލައެއް ކުރިއަށް ދާއިރު ރިޔާސަތު ބެލެހެއްޓެވޭނީ ރައީސަށޭ،" އީވާ ވިދާޅުވި އެވެ.

އެއީ ރިޔާސީ އިންތިހާބަށް އެންމެ ތިން މަހަށް ވެފައި ވާއިރު ސަރުކާރުން ރާވައިގެން ކުރާ ކަމެއް ކަމަށް ވެސް އޭނާ ތުމަތުކުރެއްވި އެވެ.

މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރުގެ މައްސަލައެއް ހުށަހަޅައި ނޯޓިސް ހަމަވެފައި ވަނިކޮށް އެހެން ކަމެއް ކުރިއަށް ގެންދަން މަޖިލީހުގެ ގަވައިދު ތަންނުދޭ ކަމަށެވެ. އީވާ ވަކިކުރަން ހުށަހެޅި މައްސަލައިގެ ނޯޓިސް އަންނަ ހޯމަ ދުވަހު ހަމަވާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ރ) ގައި ވާ ގޮތުން ރައްޔިތުންގެ މަޖިލީހުގައި އިތުރު އެއްވެސް ކަމަކާ ބަހުސް ކުރެވޭނީ މަޖިލީހުގެ ރައީސްގެ ނުވަތަ ނައިބުރައީސްގެ މައްސަލައެއް ހުށަހެޅި ނޯޓިސް ދެވި، ނޯޓިސްގެ މުއްދަތު ހަމަވެފައި ވާ ނަމަ އެއްވެސް މަަސައްކަތެއް ކުރިއަށް ގެންދެވޭނީ އެ މައްސަލާގައި ގޮތެއް ނިންމުމަށް ފަހު،" އަސްލަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި އެގޮތަށް އެކަން އޮތް ނަމަވެސް އެ މައްސަލަ ކުރިއަށް ނުގެންދަން ރިޔާސަތުން ނިންމަވައިފާނެ ކަމަށާއި އެހާލަތުގައި އެމްޑީޕީން ކަންތައްކުރާނީ ކިހިނެތްތޯ ނޫސްވެރިއަކު ސުވާލުކުރުމުން އަސްލަމް ވިދާޅުވީ ގާނޫނާ އެއްގޮތަށް ކަންތައް ކުރަން ހުރިހާ ބޭފުޅުންނަށް ވެސް އިލްތިމާސްކުރައްވާ ކަމަށެވެ.

"ހިތް އެދޭ ގޮތަށް، ބައެއް ބޭފުޅުންނަކީ ގާނޫނުތައް މާނަކުރައްވާ ބޭފުޅުން، އަދި ބައެއް ބޭފުޅުންނަކީ ގާނޫނަށް އެހައި ބޮޑަށް ބައްލަވައިލެއްވުމެއް ނެތި ގާނޫނާ ދުރަށް ޖެހިވަޑައިގަންނަވާ ބޭފުޅުން. ދެން އެފަދަ ބޭފުޅުންނަށް، އެބޭފުޅުން ގާނޫނުން ބޭރުވާނީ ކިހާ މިންވަރަކަށްކަން އެނގިވަޑައިގަންނަވާނީ،" އަސްލަމް ވިދާޅުވި އެވެ.

އިިލްތިމާސަކީ ހުރިހާ ބޭފުޅުން ވެސް ގާނޫނުގެ އިމުގެ ތެރެއަށް ވެދެވަޑައިގެން ގާނޫނީ ހުކޫމަތެއް ހިނގާތަން ދެއްކެވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox