ގައްދޫ އިސް މެޖިސްޓްރޭޓުކަމުގައި ހުންނެވި ޝަނީޒް ހައި ކޯޓަށް އައްޔަންކޮށްފި

ގައްދޫ ކޯޓުގެ އިސް މެޖިސްޓްރޭޓުކަން ކުރެއްވި ޝަނީޒްއަށް ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ލިޔުން ހަވާލުކުރަނީ

ގައްދޫ ކޯޓުގެ އިސް މެޖިސްޓްރޭޓުކަން ކުރެއްވި ޝަނީޒްއަށް ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ލިޔުން ހަވާލުކުރަނީ

ގދ. ގައްދޫ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓުކަމުގެ މަގާމުގައި ކުރިން ހުންނެވި، މުހައްމަދު ޝަނީޒް އަބްދުﷲ މިއަދު ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކޮށްފި އެވެ.

ހައި ކޯޓުގެ ބެންޗުން ދެ މަގާާމެއް ހުސްވީ، އެ ކޯޓުގެ އިސް ފަނޑިޔާރުކަން ކުރެއްވި ހާތިފް ހިލްމީ އާއި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އާއި ރިޓަޔާ ކުރެއްވުމުންނެވެ.

އޭގެ ތެރެއިން އެއް މަގާމަށް މީގެ ކުރިން ބޭފުޅަކު އައްޔަންކޮށްފައިވާއިރު، މިއަދު ޝަނީޒް އެ ކޯޓަށް އައްޔަން ކުރުމުން ބެންޗު މިހާރު ވަނީ ފުރިހަމަވެފަ އެވެ. އޭނާ އައްޔަން ކުރަން ނިންމީ، މެއި 24، ގައި ބޭއްވި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބައްދަލުވުމުގަ އެވެ.

އޭނާ އަކީ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ބެޗެލާސް އިން ޝަރީއާ އެންޑް ލޯ އަދި ވިލާ ކޮލެޖުން މާސްޓާސް އޮފް ޝަރީއާ އެންޑް ލޯ ހާސިލުކުރައްވައިފަ އެވެ. އޭނާ ވަނީ ފާއިތުވި ނުވަ އަހަރު ޝަރުއީ ދާއިރާއަށް ހިދުމަތްކުރައްވައިފަ އެވެ.

ޝަނީޒްގެ އިތުރުން ދެން އެ މަގާމަށް ކުރިމަތިލެއްވީ:

  1. މަރްޔަމް ވަހީދު, ބެލޫން, ސ.ފޭދޫ
  2. އަލީ އަހްމަދު, ބިއްދޮށުގެ, ފ.ނިލަންދޫ
  3. މުހައްމަދު މިންހާޖް, ހިރިލަންދޫގެ, ސ.ފޭދޫ

އެ ދެ މަގާމުގެ ތެރެއިން މަގާމަކަށް ފަނޑިޔާރަކު ހޮވަން އިއުލާނު ކުރުމުން ކުރިމަތިލި ބޭފުޅުންގެ ތެރެއިން މީގެ ކުރިން އައްޔަންކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވި އަހުމަދު ޝަކީލެވެ.

ޝަކީލަކީ ވ. އާރަށް ވިއްކާލި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި މަނީލޯންޑަރިން އަދި ރިޝްވަތު ހިފުމުގެ މައްސަލަ ބެއްލެވި ގާޒީ އެވެ.

ފަނޑިޔާރުން އައްޔަން ކުރުމަށް މިއަދު ޖޭއެސްސީއިން ބޭއްވި ރަސްމިއްޔާތުގައި ކްރިމިނަލް ކޯޓަށް އާއިޝަތު ނުޒުހާ އަދި ގއ. ވިލިނގިލީ ކޯޓަށް އައިޝަތު ޝިހާބު ވެސް އައްޔަންކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox