ބާސެލޯނާ ގޯސް ހާލަތެއްގައި އޮއްވައި އެނބުރި ދާން މެސީ ބޭނުމެއް ނުވި

Jun 8, 2023, 3:41 AM
ބާސެލޯނާ ގޯސް ހާލަތެއްގައި އޮއްވައި އެނބުރި ދާން މެސީ ބޭނުމެއް ނުވި

ޕެރިސް (ޖޫން 8) - އަލުން ބާސެލޯނާއާ ގުޅެން އެ ޓީމުގެ އެކި ފަރާތްތަކާ ވާހަކަ ދައްކައި، އެ ގޮތަށް އެކަން ކުރަން ބޭނުންވި ނަމަވެސް ބާސެލޯނާގެ މާލީ ހާލަތު އޮތްގޮތުން އެ ކްލަބާ ގުޅެން ބޭނުމެއްނުވި ކަމަށް އެމެރިކާ ލީގުގެ އިންޓަ މިއާމީ އަށް ބަދަލުވާން ނިންމި ލިއޮނަލް މެސީ ބުނެފި އެވެ.

ޕީއެސްޖީ އަށް މިދިޔަ ދެ އަހަރު ކުޅެދިނުމަށް ފަހު، އެ ކްލަބްގެ ކޮންޓްރެކްޓް ފުރިހަމަކޮށް، މެސީ، 35، މިހާރު މިސްރާބު ޖަހާފައި މިވަނީ ސީނިއާ ކެރިއަރުގައި ފުރަތަމަ ފަހަރަށް ޔޫރަޕުން ބޭރުގެ ޓީމަކަށް ކުޅުމަށް ކަމަށެވެ. ހަތް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީ ދެން ފެންނާނީ މަޝްހޫރު ފުޓްބޯޅަ ތަރި، ޑޭވިޑް ބެކަމްގެ ހިއްސާ އޮންނަ އިންޓަ މިއާމީންނެވެ.

އިންޓަ މިއާމީ އަށް ބަދަލުވާން ނިންމި ނިންމުމާ ގުޅޭގޮތުން ވާހަކަ ދައްކަމުން މެސީ ބުނީ ޔޫރަޕުން އޭނާ އަށް ގިނަ އޮފާތަކެއް ލިބުނު ކަމަށާއި ބާސެލޯނާ އަށް އޮތް އިހުތިރާމެއްގެ ސަބަބުން ޔޫރަޕްގެ އެހެން ޓީމަކަށް ދެން ދާން ބޭނުންނުވީ ކަމަށެވެ.

ބާސެލޯނާ އަށް ދިއުމަށް އޮތް ހުރަހަކަށްވީ އެ ކްލަބަށް ދިމާވެފައި އޮތް މާލީ ހާލަތް ކަމަށް ދޭހަވާ ގޮތަށް މެސީ ވަނީ ވާހަކަ ދައްކައިފަ އެވެ.

"އަހަންނަށް އަޑު އިވުނު އެ މީހުން (ބާސެލޯނާ) ޖެހޭނީ ކުޅުންތެރިންތަކެއް ވިއްކާލަން ނޫނީ ގިނަ ކުޅުންތެރިންތަކެއްގެ މުސާރަ ބޮޑުކުރަން ކަމަށް (އަހަރެންގެ ޑީލް ނިންމަންޏާ). އެ ގޮތަށް އެކަން ކުރަން އަހަރެން ބޭނުމެއް ނޫން. އަހަރެން ކްލަބް ދޫކޮށްލިއިރު ވެފައި ހުރި ގޮތްތައް އަލުން ތަކުރާރުވާން ނޭދެން، ވާނެ ގޮތެއް ބަލައި އިންތިޒާރެއްގައި މި ކަހަލަ ކަންކަމުގައި ހުރުން ވެސް ރަނގަޅެއް ނޫން،" މީގެ ދެ އަހަރު ކުރިން، މާލީ ހާލަތު ގޯސްވެ، ކޮންޓްރެކްޓް އާ ނުކުރެވިގެން ބާސެލޯނާ ދޫކޮށްލަން ޖެހުނު ގޮތަށް އިޝާރާތް ކޮށް މެސީ ބުންޏެވެ.

މި މަހު 36 އަހަރު ފުރޭ މެސީ ބުނީ ފައިސާ އަށް ކްލަބް ބަދަލުކުރާނަމަ މި ފަހަރު އޭނާ ބަދަލުވާނީ ސައުދީ އަރަބިއްޔާގެ ޓީމަކަށް ކަމަށެވެ. ސައުދީ އަރަބިއްޔާގެ އަލް ހިލާލް އިން މެސީ އަށް 500 މިިލިއަން ޑޮލަރުގެ އަގުހުރި ކޮންޓްރެކްޓެއް ހުށަހަޅާފައިވެ އެވެ. އެކަމަކު، މެސީ އެ އަށް އެއްބަހެއްނުވެ އެވެ.

އަނެއްކޮޅުން، ބާސެލޯނާ އިން މެސީ އަލުން އެ ޓީމަށް ގެންދަންކުރި މަސައްކަތުގައި އެއްވެސް އިރެއްގައި ކޮންޓްރެކްޓް ޕްރޮޕޯސަލެއް ރަސްމީ ސިފައެއްގައި ނާންނަ ކަމަށް މެސީ ވަނީ ބުނެފަ އެވެ.

އެ ގޮތުން، އަލުން ބާސެލޯނާ އަށް ދިއުމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް އާއި ރައީސް ޖޮއާން ލަޕޯޓާއާ ވާހަކަ ދެެކެވުނުއިރު، ކޮންޓްރެކްޓެއްގެ ވާހަކަ ސީދާކޮށް ނުދެކެވޭ ކަަމަށް ވެސް މެސީ ބުނެފައިވެ އެވެ. އޭގެ އިތުރުން، އޭނާ އަލުން ބާސެލޯނާ އަށް ދިއުމާ މެދު ހިތްހަމަނުޖެހޭ ފަރާތްތަކެއް ވެސް އެ ކްލަބްގައި ހުރިކަން މެސީގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.

މެސީ، އިންޓަ މިއާމީ އަށް ބަދަލުވާން ނިންމިކަން އިއުލާނުކުރިތާ މާ ގިނައިރެއްނުވެ، ބާސެލޯނާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބާސެލޯނާގެ ރައީސް ލަޕޯޓާ، އަށް މެސީގެ ނިންމުން ގަބޫލުކުރެވޭ ކަމަށާއި އެ ގޮތަށް ނިންމި އެންމެ ބޮޑު ސަބަބަކީ އެހާ ވާދަވެރި ނޫން ލީގެއްގައި ޕްރެޝަރު މާހައުލުން ބޭރުގައި މެސީ ފުޓްބޯޅަ ކެރިއަރުގެ ދެން އޮތް ބައި ކުރިއަށް ގެންދަން ބޭނުންވުން ކަމަށެެވެ.

ކެރިއަރުގެ މިހާ ހިސާބުން މެސީ ވިސްނުމަކީ އާއިލާ އަށް ވަގުތު ދެވޭ ގޮތަށް ކަންކަން ރޭވުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox