ނަޝީދާ މެދު އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ޝަކުވާ ފުންޏެއް، އެކަމަކު ވަކިކުރުމެއް ނެތް

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު.ފޮޓޯ: އަބްދުﷲ ޝަފީގު

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު.ފޮޓޯ: އަބްދުﷲ ޝަފީގު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދެވި ގޮތާއި މެދު މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ގިނަ ޝަކުވާތަކެއް އެބަހުރި ކަމަށް އެ ގްރޫޕުން ބުނެފި އެވެ.

އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރުނެތް ކަމަށް ކަނޑައަޅަން މަޖިލީހަށް ހުށަހެޅި މައްސަލައިގެ ބަހުސް މިއަދު ހުއްޓައިލީ މަޖިލީހުގެ ތަޅުމުގައި މެމްބަރުން އަޑުގަދަކުރައްވައި ނިޒާމު ގެއްލުވައިލުމުންނެވެ.

ޖަލްސާ ކުއްލިއަކަށް ނިންމައިލުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހުގެ އިދާރާގައި ބޭއްވި މީޑިއާ ބްރީފިން އެއްގައި އެ ގްރޫޕްގެ ތަރުޖަމާނު، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ މިއަދުގެ ޖަލްސާގައި ރިޔާސަތުން އަމަލުކުރެއްވީ "ވަރަށް ހައިރާންކުރުވަނިވި ގޮތަކަށް" ކަމަށެވެ. އޭޖީގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައިގައި މަޖިލީހުގެ ރިޔާސަތުންނާއި އިިދިކޮޅު މެމްބަރުން ކަންތައް ކުރެއްވި ގޮތާ މެދުގައި ވެސް އެމްޑީޕީގެ މެމްބަރުންގެ ބޮޑެތި ކަންބޮޑުވުންތައް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޖަލްސާ ފެށިގެން ކުރިއަށް ދާން ފެށުމާ އެކީގައި އިދިކޮޅު ފަރާތްތަކުން، ހާއްސަ ގޮތެއްގައި ތިން މެމްބަރަކު ، ރިޔާސަތާ ވަރަށް ކައިރިއަށް އަދި ބަންޑާރަނައިބާ ވެސް ވަރަށް ކައިރިއަށް ވަޑައިގެން އެ ބޭފުޅުން އިހުތިޖާޖް ކުރައްވަމުން ގެންދިޔަ، އެހެން ނަމަވެސް ރިޔާސަތުން އެ ބޭފުޅުންނަށް އެއްވެސް އިންޒާރެއް ނުދެއްވާ،" މުހައްމަދު ވިދާޅުވި އެވެ.

އޭނާ ތުހުމަތުކުރެއްވި ގޮތުގައި އޭގެ ބަދަލުގައި ރިޔާސަތުން ހުއްޓުވީ އެމްޑީޕީގެ މެމްބަރުންގެ ވާހަކަތަކެވެ. މިއަދު މަޖިލީހުގެ ޖަލްސާ ހޫނުވި ވަގުތު އެމްޑީޕީގެ ބައެއް މެމްބަރުންގެ ނަން ރިޔާސަތުން އިއްވައި އެ މެމްބަރުންނަށް ނަސޭހަތް ދެއްވި އެވެ. މުހައްމަދު ވިދާޅުވީ އެމްޑީޕީގެ ހަތަރު މެމްބަރެއްގެ ނަން އިއްވި ނަމަވެސް ޖަލްސާއިން ބޭރު ނުކުރައްވާ ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަދި އަޅުގަނޑުމެންގެ ޕާލަމެންޓްރީ ގްރޫޕް ގަބޫލުކުރާ ގޮތުގައި މިއޮތީ ވަރަށް ބޭ އިންސާފުން ރިޔާސަތުން ކަންތައްކުރައްވާފައި،" އޭނާ ވިދާޅުވި އެވެ.

ނަޝީދު ރިޔާސަތުން ދުރުކުރުމެއް އަދި ނެތް

މިއަދުގެ ޖަލްސާއާއި މަޖިލީހުގެ އެހެން ޖަލްސާ ތަކުގައި ވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަމަލުކުރައްވާ ގޮތާ މެދު އެމްޑީޕީގެ މެމްބަރުން ގެންދަވަނީ ކަންބޮޑުވުންތައް ފާޅުކުރައްވަމުންނެވެ. ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން އެމްޑީޕީން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވެސް ގެންދަވަނީ ކުރައްވަމުންނެވެ.

އެކަން އެހެން އޮތް އިރު ނަޝީދު މަޖިލީހުގެ ރިޔާސަތުން ދުރު ނުކުރަނީ ކީއްވެތޯ ނޫސްވެރިއަކު ސުވާލުކުރުމުން މުހައްމަދު ވިދާޅުވީ އެމަނިކުފާނަކީ އެމްޑީޕީގެ ރައީސް ކަމަށާއި އެހެންވީމާ، މައްސަލަތަކެއް ތަކުރާރު ވިޔަސް، އެމަނިކުފާނުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް "ޓަސްލާފައި" ނުވައްދަފާނެ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ރިޔާސަތުގައި އެ އިންނެވީ އަޅުގަނޑުމެން ޕާޓީގެ ވެސް ރައީސް. އެހެންވީމާ އަޅުގަނޑުމެން އަދި ދިމާވާ މައްސަލަތަކެއް ދިމާވަމުން ދާއިރު ޓަސްލާފައި، ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ކުރިއަށް ގެންގޮސްފާނެ،" މުހައްމަދު ވިދާޅުވި އެވެ.

އެހެން ނަމަވެސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމާ މެދު ފުންކޮށް ވިސްނަމުން ގެންދަވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމްގެ ފަރާތްޕުޅުން އެނގިވަޑައިގެންފައިވާ ކަމަށް ވެސް މުހައްމަދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox