ރިޔާސަތަށް ތާއީދު ނެތް ކަމަށް ވިދާޅުވުމުން ނަޝީދަށް "ބޮޑު ހިތާމައެއް"

ަރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް ބައެއް މެމްބަރުން މިއަދު ވިދާޅުވި

ަރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް ބައެއް މެމްބަރުން މިއަދު ވިދާޅުވި

އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަަމަށް ކަނޑައަަޅަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދަވާ ގޮތާ ހެދި މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުންނާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ވަަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އިތުބާރުގެ މައްސަލާގައި މަޖިލީހަށް ޖަވާބުދާރީ ވެވަަޑައިގަންނަވަން އެޓާނީ އޭޖީ ރިފްއަތު މަޖިލީހަށް މިއަދު ވަޑައިގެންނެވި އެވެ. އެހެން ނަމަވެސް, ޖަލްސާ ފެށުމާ އެކު އިދިކޮޅު މެމްބަރުން އޭނާއާ ދެކޮޅަށް އަޑުއުފުއްލަވަން ފެށްޓެވުމުން މައްސަލަ ކުރިއަށް ނުގެންދެވި ގިނަ ވަގުތުތަކެއް ހޭދަވި އެވެ.

އެހެންވެ، އޭނާ މަޖިލީހަށް ޖަވާބު ދެއްވަން ފުރުސަތު ލިބިވަޑައިގެންނެވީ މަޖިލީހުގެ ސައިގަޑިއަށް ޖަލްސާ މެދުކަނޑައިލުމަށް ފަހު އަލުން ފެށުމުންނެވެ.

އެހިސާބުން ނިޒާމާ ބެހޭ މައްސަލަތައް ކަމަށް ވިދާޅުވެ ފުރުސަތު ހޯއްދަވައިގެން އިދިކޮޅު މެމްބަރުން ރިފްއަަތަށް ފާޑުވިދާޅުވާން ފެއްޓެވި އެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީ މެމްބަރުން ހަމަ އެގޮތަށް ފުރުސަތު ހޯއްދަވައިގެން އިދިކޮޅަށް ރައްދު ދެއްވަން ފެއްޓެވި އިރު ބައެއް މެމްބަރުން ފާޑުވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ. އެމަނިކުފާނަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް މެމްބަރަކީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފެވެ.

"މި މަޖިލިސްގެ މެމްބަރުން ސުވާލު ކުރަންވީ ގޮތަކާއި ސުވާލު ނުކުރަންވީ ގޮތެއްގެ މަޝްވަރާއާ އަދި ހިނގަމުންދާ މައްސަލައާ މެދު ހިޔާލުފާޅުކުރުމަކީ މަޖިލީހުގެ ރިޔާސަތަށް މަޖިލީހުގެ ގަވައިދު ހުއްދަކޮށްފައި އޮތް ކަމެއް ނޫން. މަޖިލީހުގެ ރިޔާސަތުން ތިޔަ އަމަލުކުރައްވަނީ ހަމަ މުތުލަގަށް މަޖިލީހުގެ ގަވައިދާ ހިލާފަށް," އޭނާ ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ޝަރީފު ނެންގެވި ނުކުތާއަކީ ނިޒާމާ ބެހޭ މައްސަލައެއް ކަަމަށް ނުބައްލަވާ ކަމަށާއި ރިޔާސަތުން އަމަލުކުރަނީ ގަވައިދާ އެއްގޮތަށް ކަމަށެވެ.

ނަޝީދުގެ ދިފާއުގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ތެދުވެވަޑައިގެން ވިދާޅުވީ އެމަނިކުފާނު އަމަލުކުރައްވަމުން ގެންދަވަނީ ގަވައިދާ ހިލާފަށް ކަަމަަށް އެމްޑީޕީގެ މެމްބަރުން ތަކުރާރުކޮށް ވިދާޅުވާ އިރު މަޖިލީހުގެ މެޖޯރިޓީ އޮތީ އެ ޕާޓީއަށް ކަަމަށެވެ.

"މަޖިލީހުގެ ރައީސް ކީއްވެތޯ ތިޔަ ގޮނޑިކޮޅުގައި ބައިންދައިގެން އެ ތިއްބަވަނީ. ގަވައިދާ ހިލާފަށް ކުރާ ކަމަށް ވެއްޖެއްޔާ އެކަން މިތަނަށް ހުށަހަޅައިގެން ކުރިއަށް ގެންދަންވީނުންތޯ؟" އާޒިމް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ ފުރިހަމަ އިތުބާރު އެމަނިކުފާނަށް އެބަ އޮތް ކަމަށެވެ. އެހެން ވިދާޅުވުމުން އެމަނިކުފާނަށް ރައްދު ދެއްވައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ އެމަނިކުފާނަށް މިހާރު ތާއީދު ނުކުރައްވާ ކަމަށެވެ.

"އިއްޒަތްތެރި ރައީސް އަޅުގަނޑު ހަމަ ރެކޯޑަށް ޓަކައި ދަންނަވައިލަން މަޖިލީހުގެ ގަވައިދާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ރިޔާސަތުން ގެންދަވާތީ ރިޔާސަތަށް އަޅުގަނޑުގެ ތާއީދެއް ނެތް،" އީސަ ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އެހެން ވިދާޅުވީމާ ވަރަށް ހިތާމަފުޅު ކުރައްވާ ކަމަށެވެ.

"ވަރަށް ހިތާމަކުރަން ތިޔަ މައްސަލައިގައި. ކެނދިކުޅުދޫ ދާއިރާގެ މެމްބަރު ތިޔަހެން ވިދާޅުވީމާ ވަރަށް ހިތާމަކުރަން،" ހިނިފުޅު ވަޑުވަމުން ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އީސަ އެގޮތުގައި ހުންނަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެކަމާ ދާއިރާގެ ރައްޔިތުންނާ މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ދެކެވަޑައިގަންނަވާ ކަމަށެވެ.

"ކޮންމެވެސް އެހެން ސަބަބަކަށްޓަކައި އިއްޒަތްތެރި މެމްބަރު ދެންމެ ތިޔަ ވިދާޅުވި ވާހަކަ ތިޔަ ވިދާޅުވީ. އަޅުގަނޑު އެއްގޮތަކަށް ވެސް އިއްޒަތްތެރި މެމްބަރު ތިޔަ ވިދާޅުވި ވާހަކަ ގަބޫލެއް ނުކުރަން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ މެމްބަރުންނާއި ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ދެބައިވުމުގެ ކުރިން އީސައަކީ ނަޝީދާ ވަރަށް އަރިސްކޮށް އުޅުއްވި ބޭފުޅެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox