ޕީޕީއެމް އުފެދުނީއްސުރެ ހިދުމަތް ކުރަމުން އައި މީދޫ އިބްރާހިމް ދީދީ އެމްޑީޕީއަށް

އިބްރާހިމް ދީދީ މިއަދު އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު އޭނާގެ ފޯމު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހަވާލުކުރައްވަނީ

އިބްރާހިމް ދީދީ މިއަދު އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު އޭނާގެ ފޯމު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހަވާލުކުރައްވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޑޫ ހުޅުމީދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، މީދޫ ދާއިރާގެ ޕީޕީއެމްގެ އިސް ހިދުމަތްތެރިއެއް ކަމަށްވާ މުހައްމަދު އިބްރާހިމް ދީދީ (ބޭބެ) މިއަދު އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.

އިބްރާހިމް ދީދީ އެމްޑީޕީއަށް ސޮއިކުރެއްވީ މިއަދު މީދޫ ޝަމްސުއްދީން ސްކޫލުގައި ރައީސް ސޯލިހު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

އެމްޑީޕީއަށް ސޮއި ކުރެއްވުމަށްފަހު، އިބްރާހިމް ދީދީ މީޑިއާތަކަށް ވިދާޅުވީ، އޭނާއަކީ ޕީޕީއެމް އުފެދުނީއްސުރެ އެ ޕާޓީގެ ހަރަކާތްތައް އިންތިޒާމު ކުރުން ފަދަ އެކި ހިދުމަތްތައް ކުރަމުން އައި މީހެއް ކަމަށެވެ.

އެކަމަކު، ޕާޓީއަށް ޓަކައި އޭނާ ވި ގުރުބާނީ މިއަދު ޕީޕީއެމްގެ އިސް ބޭފުޅުން ހަނދާނެއް ނެތް ކަމަށް ވިދާޅުވި އެވެ. އަދި, އޭނާގެ މަސައްކަތްތައް ބަލައިގެންފައި ވެސް ނުވާ ކަމަށް ވިދާޅުވި އެވެ.

އެއާ ހިލާފަށް ރައީސް ސޯލިހަކީ ރައްޔިތުންނާ ވަރަށް ގާތް ގުޅުމެއް ގެންގުޅުއްވާ ބޭފުޅެއް ކަމަށް މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ. އަދި, އެމަނިކުފާނުގެ ސަރުކާރުގައި ރާއްޖޭގެ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި ތަރައްގީގެ މަޝްރޫއުތައް ހިންގަމުންދާ ކަމަށް ވިދާޅުވި އެވެ.

އައްޑޫގައި ސަރުކާރުން ފެށި ބިން ހިއްކުމުގެ މަޝްރޫއާއި ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ ވަރަށް މުހިންމު މަޝްރޫއުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދިm މުސްތަގުބަލުގައި އެކަމުން އަތޮޅަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.

އިބްރާހިމް ދީދީ މިއަދު ވިދާޅުވި ގޮތުގައި، އޭނާއާއެކު އެމްޑީޕީއަށް 50 އެއްހާ މީހުން ސޮއި ކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox