އެމެރިކާގެ ރަސްމީ ވެބްސައިޓްތަކުގަ ހެކްކޮށްދިނުން އިސްތިހާރުކޮށްފި

ވެބްސައިޓެއްގައި ކޮށްފައިވާ އިސްތިހާރެއް - ފޮޓޯ: ޓެކްކްރަންޗް

ވެބްސައިޓެއްގައި ކޮށްފައިވާ އިސްތިހާރެއް - ފޮޓޯ: ޓެކްކްރަންޗް

އެމެރިކާގެ އެކި އިދާރާތަކުގެ ރަސްމީ ވެބްސައިޓްތަކުގައި، ހެކްކޮށްދިނުމުގެ އިސްތިހާރުތަކެއް ސްކޭމަރުން އާންމުކޮށްފި އެވެ.

އެމެރިކާގެ ސްޓޭޓްތައް، ކައުންޓީ، ލޯކަލް ގަވަމަންޓްތައް އަދި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގައި އާންމުކޮށްފައިވާ އިސްތިހާރުތަކުގައިވަނީ ހެކްކޮށްދިނުމުގެ ހިދުމަތްދޭ ކަމަށް ބުނެފަ އެވެ. މި އިސްތިހާރުތަކަކީ ޑޮޓް ޖީއޯވީ ވެބްސައިޓްތަކަށް އަޕްލޯޑްކުރި ޕީޑީއެފް ފައިލްތަކެއްގައި ހުރި އިސްތިހާރުތަކެކެވެ. ސްކޭމަރުން ވަނީ މިފަދަ އިސްތިހާރު ޑޮޓް އެޑިއު އެތައް ވެބްސައިޓަކަށް ވެސް އަޕްލޯޑްކޮށްފަ އެވެ.

މި ވެބްސައިޓްތަކުގެ އިތުރުން، ސްޕެއިންސް ރެޑް ކްރޮސް، ރޮކްވެލް ކޮލިންސް ނަމަކަށް ކިޔާ ކުންފުންޏެއް އަދި އަޔަލެންޑްއަށް ނިސްބަތްވާ ޓޫރިސްމް ކުންފުންޏެއްގެ ވެބްސައިޓަށް ވެސް ވަނީ އިސްތިހާރުތައް އަޕްލޯޑްކޮށްފަ އެވެ.

އަޕްލޯޑްކޮށްފައިވާ ޕީޑީއެފްތަކުގައި ވަނީ ބައިވަރު ވެބްސައިޓް ލިންކްތަކެކެވެ. މި ވެބްސައިޓްތަކުގައި ވަނީ ހެކްކޮށްދޭ އެކި އެއްޗެހި އާންމުކޮށްފަ އެވެ. އެގޮތުން އިންސްޓަގްރާމް، ފޭސްބުކް އަދި ސްނެޕްޗެޓް ފަދަ ސޯޝަލް މީޑިއާތައް ހެކްކޮށްދޭ ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން ވީޑިއޯ ގޭމްތަކުގެ ހެކާއި ފޭކް ފޮލޮވަރުން އިތުރުކުރުމުގެ ހެކްތައް ވެ އެވެ.

މި އިސްތިހާރުތައް ހޯދާފައިވަނީ ސޮފްޓްވެއާ ތައްޔާރުކުރާ ކުންފުންޏެއް ކަމަށްވާ ސިޓިޒެން ލެބްގެ ސީނިއާ ރިސާޗާ، ޖޯން ސްކޮޓް ރެއިލްޓަން އެވެ. މި ފައިލްތަކުގެ ތާރީހުތަކަށް ބަލާލުމުން މިއީ ވަރަށް ގިނަ ދުވަސްވެފައިވާ ފައިލްތަކެއްކަން އެނގޭކަމަށް އޭނާ ބުނެފައިވެ އެވެ.

މިފަދަ ހުރިހާ އިސްތިހާރުތަކެއްވެސް ހުރީ ގާތްގަގަނޑަށް އެއްގޮތަކަށް ކަމުން މިއީ އެކަކު ނޫނީ އެއްބަޔަކުގެ މަސައްކަތެއްކަމަށް ގަބޫލުކުރެވޭކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

މިކަމާއި ގުޅިގެން އެމެރިކަން ސައިބާ ސެކިއުރިޓީ އެޖެންސީ ބުނެފައިވަނީ މި މައްސަލަތައް އެފަރާތުގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި މިކަންކުރަމުންދާ ގޮތް ވެސް އެނގޭ ކަމަށެވެ. އަދި މައްސަލަ ދިމާވެފައިވާ ހުރިހާ ވެބްސައިޓްތަކަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

އިންޑިއާގައި ޓެލެގްރާމް ބްލޮކްކުރުން ކޯޓުން ދަމަހައްޓައިފި

ކޯޓުން ނިންމީ އިމްތިހާނުގެ ސައްހަކަން ހިފެހެއްޓުމަށް ސަރުކާރުން އެޅި މި ފިޔަވަޅަކީ ގާނޫނީ ގޮތުން ސައްހަ ނިންމުމެއް ކަމަށް. ނަމަވެސް ޓެލެގްރާމުން ވަނީ ސަރުކާރުގެ ނިންމުމަށް ފާޑުކިޔާފައި.

އެންވީޑިއާއިން ޕީސީތަކަށް ހާއްސަ އޭއައި ޗިޕެއް ތައާރަފްކޮށްފި

އެންވީޑިއާއިން ޕާސަނަލް ކޮމްޕިއުޓަރުތަކަށް ހާއްސަ "އާރްޓީއެކްސް ސްޕާކް" އޭއައި ޗިޕް ތައާރަފުކޮށް، ކޮމްޕިއުޓަރުތަކަކީ އަމިއްލަ އެހީތެރިއެއްގެ ގޮތުގައި ބޭނުންކުރެވޭނެ މަގު ފަހިކޮށްދީފިއެވެ. ދުނިޔޭގެ މަޝްހޫރު ކޮމްޕިއުޓަރު އުފައްދާ ކުންފުނިތަކުން މި ޗިޕް ބޭނުންކުރަން ނިންމާފައިވާއިރު، މިއީ އެޕަލް އަދި އިންޓެލް ފަދަ ކުންފުނިތަކަށް މާކެޓުގައި ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.

ސިރީގެ މައްސަލައިގައި އެޕަލްއިން 250 މިލިއަން ޑޮލަރު ދައްކަނީ

ސިރީގެ އާޓިފިޝަލް އިންޓެލިޖެންސް ފީޗާތައް ތައާރަފުކުރުން ލަސްވުމުގެ ސަބަބުން ހިއްސާދާރުން ކުރި ދައުވާ، 250 މިލިއަން ޑޮލަރު ދެއްކުމަށްފަހު ކޯޓުން ބޭރުގައި ހައްލުކުރުމަށް އެޕަލް އިން އެއްބަސްވެއްޖެއެވެ. މި މައްސަލައަކީ އޭއައި ފީޗާތައް ނެރުން ލަސްވުމުން ކުންފުނީގެ ހިއްސާގެ އަގަށް ނޭދެވޭ އަސަރުކޮށް، އިންވެސްޓަރުންނަށް މާލީ ގެއްލުންވި ކަމަށް ބުނެ ހުށަހެޅި ދައުވާއެކެވެ. އެޕަލް އިން މި ފައިސާ ދޭން އެއްބަސްވި ނަމަވެސް، އެ ކުންފުނިން އެއްވެސް ގޯހެއް ހެދިކަމަކަށް އިއުތިރާފެއް ނުވެއެވެ.

ސިކުނޑީގެ ސެލްތަކާ މުއާސަލާތުކުރާ އާޓިފިޝަލް ސެލްތަކެއް

ސިކުނޑީގެ ސެލްތަކާ މުއާމަލާތްކުރުމުގެ ގާބިލުކަން ލިބިފައިވާ އާޓިފިޝަލް ނިއުރޯންތަކެއް އެމެރިކާގެ ސައިންސްވެރިން އުފައްދައި، ކާމިޔާބުކަމާއެކު ޓެސްޓުކޮށްފިއެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ބަލިތަކަށް ފަރުވާ ހޯދުމަށާއި، ހަކަތަ މަދުން ހޭދަވާ މާ ފުރިހަމަ ކޮމްޕިއުޓިންގް ސިސްޓަމްތައް ބިނާކުރުމަށް އާ މަގުތަކެއް ހުޅުވިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox